ދެ ޖަލްސާ ބާއްވައިގެން ވެސް ގަރާރު ކުރިއަށް ނުގެންދެވުނު: އެންގީ ގަރާރު އަލުން ހުށަހަޅަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާާރު ނެތްކަމަށް އެމްޑީޕީއިން ހުށަހެޅި ގަރާރު މަޖިލީހުގެ ގަވާއިދާ ޚިލާފުކަމަށް ނިންމައި ގަރާރު އަލުން ހުށަހެޅުމަށް އަންގައިފިއެވެ. ސްޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމާއެކު މަޖިލީހުގެ މިއަދު ޖަލްސާގެ އެޖެންޑާގައި އޮތީ ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރު މަޖިލީހަށް ހުށަހެޅުމެވެ. މިއަދު ވެސް މަޖިލީހުގެ ނައިބު ރައީސް ސަލާމުގައި ހުންނެވުމުން ރިޔާސަތު ބެލެހެއްޓެވީ ވިލިފުށި ދާއިރާގެ މެމްބަރު ޙަސަން ޢަފީފެވެ. ނަޝީދު ވަކިކުރަން އެމްޑީޕީއިން ހުށަހެޅި ގަރާރުގައި […]
ޖޭއެސްސީގެ މެމްބަރު މާނިއު އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު, ހއ. އިހަވަންދޫ އަންބަރީގެ އަލްއުސްތާޒު ޢަބްދުލްމާނިޢު ޙުސައިން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މާނިއު މެންބަރުކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވި ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ. “ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ.“ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފޮނުއްވި ސިޓީގައިވެއެވެ. ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރި ގާނޫނީ ވަކީލުގެ ގޮތުގައި ޖޭއެސްސީގައި […]
މިއީ އޮމާންކަމާއެކު ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު ކަމަށް ވިދާޅުވުމުން މައުމޫން ރައްދު ދެއްވައިފި

މިއީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުންދާ ހަމައެކަނި ފަހަރު ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވުމުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ރައްދު ދެއްވައިފިއެވެ. މިއީ އޮމާންކަމާއެކު ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު ކަމަށް ރައީސް ޞާލިޙް ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. “ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ […]
މި 5 އަހަރު ޝަރުއީ ދާއިރާއާއި މުއައްސަސާތައް އޮތީ ސިޔާސީ ނުފޫޒުން މިނިވަންވެފައި: ރައީސް

މި 5 އަހަރު ޝަރުއީ ދާއިރާއާއި މުއައްސަސާތައް އޮތީ ސިޔާސީ ނުފޫޒުން މިނިވަންވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާއާއި ފުލުހުންނާއި ސިފައިން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ ގައުމަށް ކޮންމެހެން ބޭނުންކަމެއް ކަމަށެވެ. އެގޮތުން ނުފޫޒުން އެއްކިބާވެ މަސައްކަތް ކުރުމުގެ ފުރުސަތު އެ ދާއިރާތަކަށް މި 5 އަހަރު ލިބިދެވުނު ކަމަށް […]
ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށް ވާންޖެހޭ: އިންތިޚާބީ ރައީސް

ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށާއި ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ.މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ. “މިއަދާާ ހަމައަށް އައިއިރު މި ޖުމްހޫރީ ނިޒާމް މިއަދާ ހަމައަށް ގެނެސްދިނުމުގައި މަސައްކަތް ކުރެއްވި ހުރިހާ ރައީސުންނާއި ހުރިހާ ކެބިނެޓުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ވިޔަފާރިވެރިންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މިހެންގޮސް ގައުމު މި ހިސާބަށް ގެނައުމުގައި ޖުމްހޫރީ ވެރިކަން […]
އައިއެސްގެ ރާއްޖޭގެ ލީޑަރުކަމަށް ބުނާ އަމީން 27 އަހަރަށް ޖަލަށް
ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓުކޮށް ހަނގުރާމައަށް މީހުން ފޮނުވަން އެހީތެރިވާކަމުގެ ތުހުމަތުގައި ފުވައްމުލަކު ސިޓީ, ކަރިއްޔާވިލާ މުޙައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ 27 އަހަރަށް އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. އަމީންގެ މައްޗަށް އުފުލީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި, […]
އިންޑިއާ ސިފައިން ރާއްޖޭގައި ސްޓޭޝަންވެގެން ތިބިކަން ޔަގީން: އިންތިޚާބީ ރައީސްގެ އޮފީސް

އިންޑިއާގެ ސިފައިން ރާއްޖޭގައި ސްޓޭޝަންވެގެން މަސައްކަތް ކުރަން ތިބިކަން ޔަގީންވާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ބުނެފިއެވެ. އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް އިއްޔެ ވިދާޅުވީ އިންޑިއާ ސިފައިން ތިބި ސީދާ އަދަދު ޔަގީން ނުވި ނަމަވެސް އިންޑިއާގެ ސިފައިން ރާއްޖޭގައި ސްޓޭޝަންވެގެން މަސައްކަތް ކުރަން ތިބިކަން ޔަގީންވާ ކަމަށެވެ. ފިރުޒުލް ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ސީދާ އަދަދުު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި އިންތިޚާބީ […]
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 12 ވަނަ ދުވަސް ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމައިިފިއެވެ. މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. މިކަމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް އާޓްސް, ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ގައުމީ ފެންވަރެއްގައި އަދި […]
ރާއްޖެ އެތެރެކުރި 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ކުރިއަރ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ބުނީ ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހުގައި ކުރިއަރ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި 2.389 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 7 ސެޕްޓެމްބަރުގައި ކުރިއަރ މެދުވެރިކޮށް ޗައިނާއިން އެތެރެކުރި 510 ގްރާމް ސިންތެޓިކް ކެތިނޯންއާއި28 ސެޕްޓެމްބަރުގައި ޕޯސްޓް މެދުވެރިކޮށް ނެދަލޭންޑްސްއިން އެތެރެކުރި 100 ގްރާމް ސިންތެޓިކް […]
ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ވިނަރެސް ފުލެޓު ވިއްކުން މަޑުޖައްސާލައިފި

ވިނަރެސް ފުލެޓުތަކުގެ ތެރެއިން ނުވިކި ހުރި ފުލެޓުތައް ގަތުމަށް ފޯމު ހުޅުވައިލުމުން އޮންލައިން ޕޯޓަލްއަށް ޓެކްނިކަލް މައްސަލަތަކާ ދިމާވުމުގެ ސަބަބުން ފުލެޓު ވިއްކުން މެދުކަނޑާލައިފިއެވެ. ވިނަރެސް މަޝްރޫއުއިން ފުލެޓު ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފުލެޓު ގަތުމަށް ޝަރުތުހަމަވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަރުހަލާތައް ނިންމައި މި ފަރާތްތަކުން ފުލެޓު އިޚުތިޔާރުކޮށް ނިމުމުން އަދި އެޕްލިކޭޝަން ދޫކޮށްލުމަށް އެދިފައިވާ ފަރާތްތަކުގެ އަދަދަށް ބެލުމަށްފަހު ވެސް ބާކީ ފުލެޓުތަކެއް ނުވިކި ހުންނާނެކަމަށް ވަނީ އަންދާޒާކުރެވިފައެވެ. އެ ގޮތުން […]