ޖޭއެސްސީގެ މެމްބަރު މާނިއު އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު, ހއ. އިހަވަންދޫ އަންބަރީގެ އަލްއުސްތާޒު ޢަބްދުލްމާނިޢު ޙުސައިން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މާނިއު މެންބަރުކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވި ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

“ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ.“ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފޮނުއްވި ސިޓީގައިވެއެވެ.

ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރި ގާނޫނީ ވަކީލުގެ ގޮތުގައި ޖޭއެސްސީގައި އިންނަވާ މާނިއު އެ މަގާމަށް އައްޔަންކުރެއްވީ 31 ޖުލައި 2019 ގައެވެ.

އޭނާ އެ މަގާމަށް ހަމަޖެއްސެވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ.

Loading

One Response

  1. ގައިމުތާ ވަކިވާނެކަން. އެހެނަސް ތުރަވިކަން އެނގިހުރެ މިހާދުވަހު ކީއްކުރަން ތިޔަ ހުރީއެކީ؟ 17 ހެދުނު ތެދުވެ އިސްތިއުފަ ދިންނަމަ މާ ރަނގަޅެއްނުވީސްތޯއެވެ! އަދި މިވެސް ޚަބަރަކަށް ހަދައިފިދޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް