ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 12 ވަނަ ދުވަސް ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ

Loading

Facebook
Twitter
WhatsApp

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމައިިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް އާޓްސް, ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ގައުމީ ފެންވަރެއްގައި އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރަމުން އައި މަސައްކަތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތުން ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން 2019 ވަނަ އަހަރު ސެޕްޓެމްބަރު 12 ވަނަ ދުވަހު ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ތަސްދީގުކުރެއްވުމުގެ ސަބަބުން ރާއްޖޭގެ ސަގާފީ ތަރިކައަށް ކުރިން ނުލިބި އޮތް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންގޮސްފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ފާހަގަކުރާނަމަ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ވުޖޫދަށް އައި ތާރީޚުކަމަށްވާ ސެޕްޓެމްބަރު 12 ވަނަ ދުވަސް ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ކަނޑައެޅުމަކީ އެންމެ އެކަށީގެންވާ ގޮތްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އެރުވި ލަފާފުޅުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހު ވަނީ, މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމަވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް