މި 5 އަހަރު ޝަރުއީ ދާއިރާއާއި މުއައްސަސާތައް އޮތީ ސިޔާސީ ނުފޫޒުން މިނިވަންވެފައި: ރައީސް

Loading

Facebook
Twitter
WhatsApp

މި 5 އަހަރު ޝަރުއީ ދާއިރާއާއި މުއައްސަސާތައް އޮތީ ސިޔާސީ ނުފޫޒުން މިނިވަންވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާއާއި ފުލުހުންނާއި ސިފައިން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ ގައުމަށް ކޮންމެހެން ބޭނުންކަމެއް ކަމަށެވެ. އެގޮތުން ނުފޫޒުން އެއްކިބާވެ މަސައްކަތް ކުރުމުގެ ފުރުސަތު އެ ދާއިރާތަކަށް މި 5 އަހަރު ލިބިދެވުނު ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނެސް ސަރުކާރާ ޚިޔާލު ތަފާތުވުމުގެ އަގު ޖަލުގެ އަނިޔާއިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމަށް ކަމަށާއި ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތައިލުމަށް ކަމަށް ކަމުގައެވެ. އަދި ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނެސް, ރައްޔިތުން މި މަސްއޫލިއްޔަތު މަތިކުރީ ނުލިބިހުރި ޒަމާންވީ އަސާސީ ޚިދުމަތްތައް ހޯދުމަށާއި ޑިމޮކްރަސީއާއި އިންސާނީ ކަރާމަތާ މިނިވަން ސިޔާސީ މާޙައުލު ރާއްޖެއަށް ގެނައުމަށް ކަމަށް ކަމުގައެވެ.

“އޭރުގެ ބިރުވެރި ހާލަތު ފިލައިގޮސް މަގުތަކުގެ އަމާންކަން މިއަދު އިޙްސާސްވޭ. ޚިޔާލު ތަފާތުވެ ހުރެ ވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރުކޮށްދީފިން. ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައިފިން. އެ ދުވަހު ރައްޔިތުން ބޭނުންވި އަސާސީ ޚިދުމަތްތައް މުޅި ރާއްޖެއަށް އާންމުކޮށްފިން.“

އަދި ފާއިތުވި ފަސް އަހަރު ގައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްހަމަސަލަސް ކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުން ކަމުގައި ވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ވެރިކަމުގެ ހައްގުތައް އަދާކުރުމުގައި ހަމަހަމަކަމާއެކު އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް މި ފަސް އަހަރު އިސްކަންދެއްވާފައިވާނެ ކަމަށާއި ވާޖިބު އަދާކުރުމުގައި އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް “އަޅުގަނޑު މަސައްކަތް ކުރިން“ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް