ހުވަފެނެއް ނުދައްކާނަން, ވައުދުތައް ފުއްދާނަން: ރައީސް

ރައްޔިތުންނަށް ހުވަފެނެއް ނުދައްކަވާނެ ކަމަށާއި ވެވަޑަައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ގައުމާ މުޚާޠަބު ކުރައްވައި ރައީސް ވިދާޅުވީ މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި މި ވަގުތަކީ ވަރަށްް އުންމީދީ ވަގުތެއް ކަމަށެވެ. “އިރާދަަކުރެއްވީތީ މިއަދަަކީ ޒަަމާންތަކަކަށްފަހު ދިވެހިން ދިވެހިންގެ ރާއްޖެއަށް އަލުން އެނބުރި ދިއުމުގެ ޚާއްސަ ދަތުރަށް ރިޔާ ކޮށަައިލި ދުވަސް‘ މިވަގުތަކީ ދިވެހިންގެ އުންމީދުތައް ހާސިލުކޮށްދީ ކަންބޮޑުވުންތައްް ހަައްލުކޮށްދިނުމުގެ ލޮބުވެތި ވިންދުތައް ’އަޅުގަނޑުމެންގެ […]

ޑރ.މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރައްވައިފި

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ރައްޔިތުން އިންތިޚާބު ކޮށްފައިވާ ޑރ.މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރައްވައިފިއެވެ. ޑރ.މުޢިއްޒު ހުވާކުރެއްވީ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ޖަލްސާ ފެށީ ގައުމީ ސަލާމުންނެވެ. އެއަށްފަހު ގުރުއާނުގެ ބަރަކާތުންނެވެ. އެއަށްފަހު މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ މަޖިލީހުގެ ރައީސް މުޙައްްމަދު އަސްލަމް ވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި މަޖިލީހުގެ މެންބަރުންގެ އަދަަދު ހާމަކުރައްވައިފައެވެ. އަސްލަމް ވިދާޅުވި ގޮތުން ޖަލްްސާއަށް ހާޒިރުވެވަޑައިގެން […]

ޑރ.މުޢިއްޒު މޭޔަރުކަމުން އިސްތިއުފާދެއްވައިފި

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު މާލޭ ސިޓީގެ މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މާލެ ސިޓީގެ މޭޔަރުކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ.މުޢިއްޒު ވިދާޅުވީ މި ފުރުސަތުގައި މާލެ ސިޓީ ކައުންސިލުގެ އެންމެހާ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުން އެމަނިކުފާނަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި، ކުރެއްވި ބުރަ މަސައްކަތްޕުޅަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ. “އަދި މާލެ ސިޓީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑު މޭޔަރ ކަމަށް ހޮވުމަށް ކުރެއްވި […]

އޭސީސީގެ ތަހުގީގަށް އެއްބާރުލުންދިން އިންތިގާލީ އިންސާފުގެ އޮފީހުގެ ތިން މުވައްޒަފުން ސަސްޕެންޑްކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަމުންދާ މައްސަލައަށް އެއްބާރުލުން ދެއްވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ތިން މުވައްޒަފުން ސަސްޕެންޑް ކުރި މައްސަލަ އޭސީސީއިން ކުށްވެރިކޮށްފިއެވެ. އޭސީސީއިން މިއަދު ބުނީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ދިޔަ އެ ކޮމިޝަންގެ ތަހުގީގު ޓީމުތަކަށް އެ އޮފީހުގެ ބައެއް އިސްވެރިން ހުރަސްއަޅައި އަދި ތަހުގީގަށް އެއްބާރުލުން ދެއްވި މުވައްޒަފުންގެ މަސައްކަތަށް ހުރަސް އަޅައި މުވައްޒަފުންނަށް ދީފައިވާ ބައެއް އެކްސަސްތައް ކަނޑާލައި އެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްުޔަތުން ސަސްޕެންޑްކޮށް […]

އީސީގެ މެންބަރުކަމަށް ނަޝާތު އައްޔަން ކުރައްވައިފި

އިލެކްޝަންގެ ކޮމިޝަނުގެ މެމްބަރުކަމަށް އިތުރު ދައުރަކަށް ޢަލީ ނަޝާތު އައްޔަން ކުރައްވައިފިއެވެ. ނަޝާތުގެ މެމްބަރުކަމުގެ ދައުރު ހަމަވީ ޖުލައި 15 އަށް ހަމަވުމުން ދެވަނަ ދައުރަކަށް އޭނާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވީ މިދިޔަ މެއިމަހުއެވެ. ދެވަނަ ދައުރަކަށް ނަޝާތު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށްމަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ނިންމި ގޮތަށް ދެވަނަ ދައުރަކަށް ނަޝާތު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ އިއްޔެގައެވެ. […]

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު މަހްޖޫބު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ މަހްޖޫބު ޝުޖާއު އެ މަގާމުތަކުން އިސްތިއުފާ ދެއްވައިފިއެވެ. މިއަދުން ފެށިގެން އޭނާ އެ މަގާމުތަކުން އިސްތިއުފާ ދެއްވުމުން ވަގުތީ ގޮތުން އެމްއޭސީއެލް ހިންގުމާ ހަވާލުވެ ހުންނަވާނީ ޑެޕިއުޓޯ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޠާހާއެވެ. ޠާހާ އެ މަސްއޫލިއްޔަތު އަދާކުރައްވާނީ އާ ސަރުކާރުން އެމްޑީއެއްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަން ދެނެވެ. އެމްއޭސީއެލް ހިންގުން މަހުޖޫބާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް 18 […]

މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި އެ އިދާރާއިން ހޯދަމުންދަނީ ހއ. ދިއްދޫ / ޕެލަސް، އިބްރާހީމް ޝަފީޤް (40އ) އެވެ. އޭނާ ހޯދަމުންދަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައާ ގުޅިގެން ހުޅުމާލެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ. ފުލުހުންގެ މައްޗަށް […]

ފުލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓާއި ފުލެޓުތަކުގެ އަގު އާންމުކޮށްފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓާއި ފުލެޓުތަކުގެ އަގު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު އާންމުކޮށްފިއެވެ. ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓްގައި ޝާއިއުކޮށްމިނިސްޓްރީން މިއަދު ބުނީ ދާއިމީ ލިސްޓް އާންމުކުރީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް ރިޔާއަތްކޮށް ބެލުމަށްފަހު ކަމަށެވެ. ލިސްޓަށް އައިސްފައިވާ ބަދަލާއެކު ފުރަތަމަ ބުރުގައި 3 ކޮޓަރީގެ […]

އިންތިޚާބީ ރައީސް ކެމްޕޭނުގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތެއް ނެރެފި

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމެނޭ ފޮތެއް ނެރެފިއެވެ. ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވައި ފޮތުގެ ފުރަތަމަ ކޮޕީ ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމާ ހަވާލު ކުރައްވައިފައެވެ. ޖުމްލަ 900 ސޮފުހާ ހިމެނޭ މި ފޮތުގައި ވަނީ މިދިޔަ އޮގަސްޓުމަހުގެ 07 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އިންތިޚާބީ ރައީސް […]

”ދަ ރެޒިލިއެންޓް މޯލްޑިވްސް: ޓޫރިޒަމް ރިކަވަރީ ފްރޮމް ކޮވިޑް-19“ ވީޑިއޯ ޑޮކިއުމެންޓަރީ މިރޭ ރިލީސް ކުރަނީ

ކޮވިޑް-19 ގެ ގޮންޖެހުންތަކުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން އާރާސްތުކުރުމަށް ދިވެހިރާއްޖޭގެ އެންމެން ޝާމިލުވާ ގޮތަށް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން ކުރެވުނު މަސައްކަތްތައް ދައްކުވައިދޭ ”ދަ ރެޒިލިއެންޓް މޯލްޑިވްސް: ޓޫރިޒަމް ރިކަވަރީ ފްރޮމް ކޮވިޑް-19“ ވީޑިއޯ ޑޮކިއުމެންޓަރީ މިރޭ ރިލީސް ކުރަން ނިންމައިފިއެވެ. ޓޫރިޒަމް މިނިސްޓްރީއިން މިއަދު ބުނީ މި ވީޑިއޯ ޑޮކިއުމެންޓަރީ އާންމުކުރާނީ މިރޭ 10:15 ގައި ކަމަށެވެ. މިނިސްޓްރީއިން ބުނީ 45 މިނިޓްގެ ދިގު މި ޑޮކިއުމެންޓަރީގައި ކޮވިޑް ރާއްޖެއަށް ފެތުރެންފެށި ދުވަސްތަކުގެ ހާލަތުން ފެށިގެން […]