ކެބިނެޓަށް އައްޔަންކުރެއްވި މެންބަރުންނަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓަށް އައްޔަންކުރެއްވި މެންބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ, މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މި މަހުގެ 17 ވީ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވަނީ 22 ބޭފުޅުންނެވެ. ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށްޓަކައި މަޖިލީހަށް ފޮނުއްވީ މި […]
ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައި, އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ. ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު (20-11-2023) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ގ. އަތަ, ޔޫސުފް މާނިޢު މުޙައްމަދެވެ. މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަޙާޒު […]
ރާާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ސަރުކާރުން ހާމަކޮށްފި

ރާާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ސަރުކާރުން މިއަދު ހާމަކޮށްފިއެވެ. ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް އަންޑާ ސެކްރެޓަރީ މުޙައްމަދު ފިރުޒުލް ވިދާޅުވީ ސަރުކާރަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި ގާއިމުވެ ތިބީ އިންޑިއާގެ 77 ސިފައިންނެވެ އޭގެތެރެއިން 24 ސިފައިން ތިބީ އިންޑިއާއިން ހަދިޔާކުރި އެއް ހެލިކޮޕްޓަރު ދުއްވަން ކަމަށާއި އަނެއް ހެލިކޮޕްޓަރު ދުއްވަން 26 ސިފައިން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ. ދެން […]
ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަން ހަމަޖައްސަވައިފި

ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލުތަކާއެކު ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަން ހަމަޖައްސަވައިފިއެވެ. އަލަށް އުފެއްދަވާފައިވާ ވުޒާރާތަކުގެތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ, މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ, މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސް, މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އަދި އޮފީސް ފޮރ ސިވިލް ރައިޓްސްއެވެ. ވުޒާރާތަކަށް ދިވެހިބަހުންކިޔުމަށް ހަމަޖެހިފައިވާ ގޮތް: މިނިސްޓްރީ އޮފް […]
ރާއްޖޭގެ މަސްލަހަތު އިސްކޮށްގެން ކުރިއަށްދާން ވާހަކަ ނުދައްކާނެ އެއްވެސް ފަރާތެއް ނޯންނާނެ: ރައީސް

ރާއްޖެއަށްޓަކައި ރާއްޖޭގެ މަސްލަހަތު އިސްކޮށްގެން ކުރިއަށްދާން ވާހަކަ ނުދައްކާނެ އެއްވެސް ފަރާތެއް ނޯންނާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އާ ގަޑިބުރު އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތް ހަގީގަތުގައި އިއްޔެ ފެށިއްޖެ ކަމަށެވެ. ހެނދުނު ހެނދުނާ އަޅުގަނޑުމެން, ހޮނިހިރު ދުވަހެއްވިޔަސް އަޅުގަނޑު އޮފީހަށްދިޔަގޮތަށް ގެޔަށް އާދެވުނުއިރުގައި ހަގަޑިބައި ވެއްޖެ. ބޭރުގެ ވަރަށްގިނަ ވަޒީރުންނާއި، އެކިއެކި އެމްބެސެޑަރުންނާއި، ސްޕެޝަލް އެންވޯއިންނާ، މިފަދަ ބޭފުޅުންނާ ބައްދަލުކުރެވުނު.“ އެ ހުރިހާ ބޭފުޅުންވެސް […]
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ރިޓަޔަރ ކުރައްވައިފި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް ޢަބްދު ޝަމާލް ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޒައާމަތުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު 12 ވަނަ ދުވަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވި ޝަމާލް ސިފައިންގެ ޚިދުމަތުން ރިޓަޔަރ ވެވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުއެވެ. އެމްއެންޑީއެފްއިން ރޭ ބުނީ 35 އަހަރަށްވުރެ ގިނަދުވަހު ކުރެއްވި ޚިދުމަތަށްފަހު ޝަމާލް ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ […]
ކުރީގެ ރައީސް ޞާލިޙް މާފު ދެއްވައި މިނިވަން ކުރެއްވުމާއެކު އަދީބު ރާއްޖެއިން ފުރާވަޑައިގެންފި

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާފު ދެއްވައި މިނިވަން ކުރެއްވުމުން ރާއްޖެއިން ފުރާވަޑައިގެންފިއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ޚިޔާނާތްތެރިވުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގ ގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާއަށް އިއުތިރާފުވެވަޑައިގަތުމުން އަދީބަށް […]
މުސާރަ ނުނަންގަވާ ގޮތަށް ރައީސް އެޑްވައިޒަރަކަށް ޖަނާހު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާޙް އައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ މަގާމުގެ ހުވާކުރެއްވުމަށްފަހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައިފައެވެ. އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ ރޭ 20:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން ރައީސްގެ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް […]
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒަށް ސިފައިންގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) އިން ލިބިދޭ ބާރުގެ ދަށުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އައްޔަން ކުރެއްވީ ރޭ އިރާކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްދިޔަ ރަސްމިއްޔާތުގައެވެ. ޢަބްދުއްރަޙީމް މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. ޢަބްދުއްރަޙީމް މި […]
މިނިވަންކަމާއި ސިޔާދަތީ “ރަތް ރޮނގު“ ދަމައިލާނީ ފިސާރި ފަލަކޮށް: ރައީސް

ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތީ “ރަތް ރޮނގު“ ދަމައިލާނީ ފިސާރި ފަލަކޮށް ކަމަށާއި ރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހައްދަވާނެކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޖުމްހޫރީ މައިދާނުގައި މިއަދު މަގާމުގެ ހުވާކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ދިވެހި ގައުމުގެ ސިޔާސަތު ބިނާވާންވާނީ ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށާއި އެމަނިކުފާނަކީ ދިވެއްސެއް ކަމަށާއި ދިވެހި ރައްޔިތުން އަންނަނީ ލިސްޓުގެ އެއްވަނައަށް ކަމަށެވެ. އަދި […]