ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ރިޓަޔަރ ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް ޢަބްދު ޝަމާލް ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޒައާމަތުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު 12 ވަނަ ދުވަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވި ޝަމާލް ސިފައިންގެ ޚިދުމަތުން ރިޓަޔަރ ވެވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުއެވެ.

އެމްއެންޑީއެފްއިން ރޭ ބުނީ 35 އަހަރަށްވުރެ ގިނަދުވަހު ކުރެއްވި ޚިދުމަތަށްފަހު ޝަމާލް ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒަށް ސިފައިންގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) އިން ލިބިދޭ ބާރުގެ ދަށުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ އައްޔަން ކުރައްވައިފައެވެ.

މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް