މިދިޔަ ސަރުކާރާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކުގެ އިންކުއަރީއެއް ހަދަން އެދެނީ

މިދިޔަ ފަސް އަހަރު ވެރިކަން ކުރި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ޕަބްލިކް އިންކުއަރީއެއް ހެދުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި އެދެން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައިވަނީ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކާގުޅޭ އިންކުއަރީ މަޖިލީހަށް ހުށަހަޅައިގެން ބެލުމަށެވެ. އޭގެތެރޭގައި ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބޭކަމާއި އެ މީހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގައިލަން ރާވަމުންދިޔަ […]
ޕީސީބީއަށް އިތުރު މެންބަރަކު އައްޔަން ކުރައްވައިފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އިތުރު މެންބަރަކު އިއްޔެ އައްޔަން ކުރައްވައިފިއެވެ. ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީއަށް އިއްޔެ އައްޔަން ކުރެއްވީ މީގެކުރިން މާލެ ސިޓީ ކައުންސިލްގެ މެނޭޖްމަންޓް ކޮންސަލްޓަންޓުގެ މަގާމުގައި ހުންނެވި ޙަސަން ޒަރީރެވެ. ޒަރީރަކީ އިނގިރޭސިވިލާތުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް މީގެކުރިން ވަނީ ޕީސީބީއަށް ޙަމްދީ ޢަޤީލް (ރައީސް) އާއި […]
ޕޮލިސް ބޯޑަށް މެންބަރުން އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕޮލިސް ބޯޑަށް ބައެއް މެންބަރުން އައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން އިއްޔެ ބުނީ ރައީސްޕޮލިސް ބޯޑުގެ ބައެއް މެންބަރުން ވަކިކުރައްވައި ޕޮލިސް ބޯޑަށް ބައެއް މެންބަރުން އިއްޔެ އައްޔަން ކުރައްވާފައިވާ ކަމަށެވެ. އިއްޔެ އައްޔަން ކުރެއްވި މެންބަރުން: ތ.ހިރިލަންދޫ/ގުލްފާމުގޭ އަޙްމަދު ޝަރީފް. (ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުގެ ގޮތުގައި) އަލްއުސްތާޒު ޢަލީ ނަޞީރު ޤާސިމް. (ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރުގެ ގޮތުގައި) ސ.މަރަދޫފޭދޫ ބަގީޗާގޭ އަޙްމަދު އަޒީމް. (ފަންނީ ދާއިރާއަކުން ތައުލީމާއި […]
އާބަންކޯގެ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

އާބަންކޯއިން ދެމުންދާ ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ޚިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ރައީސް އޮފީހުން ފަށައިފިއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ޚިދުމަތެއް މިހާރު ދެމުން ގެންދަނީ އާބަންކޯއިންނެވެ. ނަމަވެސް މި ބަދަލުތައް އެކީ ފުރިހަމަވުމުން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތްތައް ވެސް ދެމުން ގެންދާނީ މާލެ ސިޓީ ކައުންސިލުންނެވެ. މާލެ ސިޓީގެ […]
މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ލަމްހާ ބަންދުން ދޫކޮށްލައިފި

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ޅ. ހިންނަވަރު/މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުން ދޫކޮށްލައިފިއެވެ. ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ލަމްހާ 180 ދުވަހަށް ބަންދުން ދޫކޮށްލީ ބައެއް ޝަރުތުތައް ކުރުމަށްފަހުއެވެ. އެގޮތުން މާލެއިން ބޭރަށްދާނަމަ ކޯޓަށް އަންގައި, ކޯޓުން އަންގާ ވަގުތުތަކުގައި ކޯޓަށް ހާޒިރުވުމަށް ވަނީ ޝަރުތުކޮށްފައެވެ. މީގެއިތުރުން ރޭގަނޑު 22:00 އިން ހެނދުނު 06:00 އާ ހަމައަށް ގެއިން ބޭރުގައި […]
ޕީސީބީގެ ރައީސަކަށް ޙަމްދީ އައްޔަން ކުރައްވައިފި

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް ހެންވޭރު ރަންގަލި 4, ޙަމްދީ ޢަޤީލް އައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕީސީބީގެ ރައީސްކަމަށް ޙަމްދީ އައްޔަން ކުރެއްވީ އިއްޔެގައެވެ. އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމަރސް ހާސިލުކުރައްވާފައިވާ ޙަމްދީ ޢަޤީލް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ […]
ޕީސީބީގެ މެންބަރުކަމަށް ސްޓެލްކޯގެ ކުރީގެ އެމްޑީ މުޣުނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙަސަން މުޣުނީ އައްޔަން ކުރައްވައިފިއެވެ. ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ޙަސަން މުޣުނީ އައްޔަން ކުރެއްވީ މިއަދުއެވެ. ޙަސަން މުޣުނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް […]
ޕާޓީ ބަދުނާމުކޮށް ބައިބައި ކުރުމަށް މަސައްކަތް ކުރާކަމަށް ބުނެ ޕީޕީއެމްއިން މަލީހް ސަސްޕެންޑްކޮށްފި

ޕީޕީއެމްގެ ސެނެޓަރެއްގެ މަގާމުގައި ހުންނަވައިގެން ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އަމަލު ކުރައްވާފައިވާކަމަށް ބުނެ,ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ސަސްޕެންޑްކޮށްފިއެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މަލީހަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ މަލީހް އިސްވެ ހުންނަވައި ޕާޓީ ބަދުނާމު ކުރައްވައި ޕާޓީ ބައިބައި ކުރުމުގެ މަސައްކަތްތަކެއް ކުރާކަން ލީޑާޝިޕަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ލީޑާޝިޕަށާއި ސެނެޓަށް އެނގުމަކާއި […]
މި މަހުގެ ފަހުކޮޅު ރައީސް ޑރ.މުޢިއްޒު ދުބާއީއަށް!

މި މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގަންނަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ. ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ވަޑައިގަންނަވާނެކަން ރައީސް އިއުލާނުކުރެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭ ގެ މުނާސަބަތުގައި ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭ މި ހަފުލާ ބޭއްވީ ހޮޓެލް ޖެންގައެވެ. ރައީސް ވިދާޅުވީ މި އަހަރުގެ ކޮޕް ބައްދަލުވުމަކީ ޚާއްސަކޮށް ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ […]
ރޯދައިގެ ކުރިން މަޖިލިސް އިންތިޚާބު ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައުމަށް އީސީއިން ހުށަހަޅައިފި

އަންނަ ރަމަޟާން މަހުގެ ކުރިން ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވޭނެ ގޮތެއް ހަމަޖެއްސުމަށް ގާނޫނަށް އިސްލާހެއް ގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ މެއިމަހުގެ 28 ގެ ނިޔަލަށެވެ. ގާނޫނުގައިވާ ގޮތުން އޭގެ 120 ދުވަސް ކުރިން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް […]