ފްލެޓްތަކުގެ ފިނިޝިންއަށް ފައިސާ ދޭން ނިންމި ގޮތް ބަލަން ވަޒީރާ ސުވާލު ކުރައްވަނީ

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހިނގި ޚަރަދުގެ ފައިސާ ދޭން ރާވާފައިވާ ގޮތާމެދު ހައުސިންގ މިނިސްޓަރު ޑރ.ޢަލީ ހައިދަރާ ސުވާލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ހުށަހަޅުއްވައިފިއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހިނގި ޚަރަދުގެ ގޮތުގައި އެޕާޓްމަންޓްތަކުގެ ވެރިންނަށް 200،000 ރުފިޔާ ދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. މެންބަރު ޢަލީ ނިޔާޒު ހުށަހަޅުއްވާފައިވަނީ އެކަން ކުރަން ރާވާފައިވާ ގޮތަކީ […]
ވިލިމާލެ ފަރަށް ގެއްލުންވުން: ޖޫރިމަނާ ނުދައްކަން އެފްކޮންސްއިން ކޯޓަށް, ކާމިޔާބެއްނުވި

ތިލަމާލެ ބުރިޖު އެޅުމަށް ކުރިއަށްގެންދާ ސާވޭގައި އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ތިމާވެށްޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރި ޖޫރިމަނާގެ ދެއްކުން މަޑުޖައްސައިދިނުމަށް އަމުރެއް ނެރެދޭން އެދި އެފްކޮންސްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކުންފުންޏާ ދެކޮޅަށް ނިންމައިފިއެވެ. ތިލަމާލެ ބުރިޖު އެޅުމަށް ކުރިއަށްގެންދާ ސާވޭގައި ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރީ 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 16 ވަނަ ދުވަހު […]
އިޒްރޭލުގެ ޖަރީމާތައް ތަހުގީގުކުރަން ރައީސް ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވައިިފި

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ނަމުގައި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވައިފިއެވެ. ރައީސް މުޢިއްޒު މިފަދައިން ގޮވާލެއްވީ މިއަދު ފާހަގަކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބާގައި ފޮނުއްވި މެސެޖުގައެވެ. އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވަނީ އިޒްރޭލުގެ ދިފާއީ ބާރުން ފަލަސްތީނުގައި ގަސްދުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއް ކަމަށެވެ. އެހެންކަމުން ޣައްޒާގައި ކުރަމުންދާ […]
ބައެއް ކުންފުނިތަކުގެ އެމްޑީގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިިފި

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ސަރުކާރު ހިއްސާާވާ ބައެއް ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ 20 ކުންފުންޏަކަށް އައްޔަން ކުރެއްވި ބޭފުޅުންގެ ނަންތައް އާންމުކޮށްފައެވެ. އައްޔަން ކުރެއްވި ބޭފުޅުންނަކީ: މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެމްޑީއަކަށް ޢަބްދުލްމަތީން މުޙައްމަދު .މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް […]
މިނިސްޓްރީތަކުގެ ނައިބުންގެ މަގާމަށް 26 ބޭފުޅުން އައްޔަން ކުރައްވައިފި

ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ނައިބުންގެ ގޮތުގައި 26 ބޭފުޅުން އައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު 13 މިނިސްޓްރީއެއްގެ ނައިބުގެ މަގާމަށް 26 ބޭފުޅުން އައްޔަން ކުރައްވާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑަށް އައްޔަންކުރެއްވީ ޞާލިޙް ޙުސައިން,ޢާއިޝަތު ޝަހުދާ, މުޙައްމަދު ޢައިޝް އަދި އަޙްމަދު ސާލިމް ސަޢީދެވެ. މިނިސްޓްރީ އޮފް ޓޫރިޒަަމަަށް އިބްރާހީމް ޔޫސުފްފުޅާއިމުޙައްމަދު ޔާމީން އަޙްމަދު އައްޔަންކުރެއްވިއިރު, މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން […]
ލުޠުފީ މިއަދު މިނިވަންވަނީ

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި އިސްކޮށްހުރި ހ.ހާޖަރާގޭ ލުޠުފީ ޖަލު ހުކުމް ތަންފީޒު ކުރުމުގެ ތެރެއިން ފިލައިގެން ދިޔަ މައްސަލާގައި ކުރި ހުކުމް ތަންފީޒުކޮށް ނިމި މިއަދު މިނިވަންވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ. ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން ލުޠުފީގެ މައްޗަށް ފުރަތަމަ އިއްވީ މަރުގެ ހުކުމް ކަމަށްވީ ނަމަވެސް އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ލުޠުފީގެ އެ އަދަބު ލުއިކޮށްދެއްވައިި 25 އަހަރުގެ ޖަލު […]
ރައީސް މުޢިއްޒު ނޫސްވެރިކަމަށް ކާމިޔާބީގެ ރަން ޒަމާނެއް ގެނެސްދެއްވާނެ: ނައިބު ރައީސް

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ އެޖެންޑާގައި މީޑިއާއާއި ނޫސްވެރިކަން ކުރިއެރުވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައިވާއިރު އެމަނިކުފާނުގެ ޒައާމަތުގައި ދިވެހި މީޑިއާތަކަށާއި ދިވެހި ނޫސްވެރިކަމަށް ކުރިއެރުމާއި ކާމިޔާބީގެ ރަން ޒަމާނެއް ގެނެސްދެއްވާނެ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް މީޑީއާ ކައުންސިލުން އިންތިޒާމްކޮށްގެން ރޭ ބޭއްވި “ނޫސްވެރިންގެ އިނާމު 2022“ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ވަނީ ނޫސްވެރިކަން […]
“އޮފީސް ފޯ ސިވިލް ރައިޓްސް“ ގެ ވެރިއަކަށް ފައެނާ ހަމަޖައްސައިފި

މަދަނީ ހައްގުތައް ލިބިދޭކަން ކަށަވަރުކުރުމާގުޅޭ މަސައްކަތްތައް ކުރުމަށް ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އުފެއްދެވި “އޮފީސް ފޯ ސިވިލް ރައިޓްސް“ ގެ ވެރިއަކަށް ވަގުތީ ގޮތުން ބަންޑާރަނައިބުގެ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސިލް ފައެނާ ފައްޔާޒް ހަމަޖައްސައިފިއެވެ. “އޮފީސް ފޯ ސިވިލް ރައިޓްސް“ ގެ ވެރިއަކަށް ވަގުތީ ގޮތުން ފައެނާ ހަމަޖެއްސިކަން ބަންޑާރަނައިބުގެ އޮފީހުން މިއަދު ވަނީ ހާމަކޮށްފައެވެ. ބަންޑާރަނައިބު އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާކަން ކުރައްވަމުން […]
ރައީސާއެކު ސާބިތުކަމާއެކު ތިއްބެވި ކަމަށް ނައިބު ރައީސާއި މިނިސްޓަރުން ހާމަކުރައްވައިފި

މި ސަރުކާރު ދަމަހައްޓަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއެކު ސާބިތުކަމާއެކު ތިއްބެވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ މިނިސްޓަރުން ހާމަކުރައްވައިފިއެވެ. ެއެ ބޭފުޅުން މިކަން ހާމަކުރެއްވީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ. ނައިބު ރައީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވެރިކަމަކީ އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާހެން އެތައް ރައްޔިތުންގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށާއި މިއީ ރައްޔިތުން ކުރި […]
ވަކި މީހަކަށްވުރެ ގައުުމު މާ ބޮޑު, ފަސް އެނބުރި ބެލުމެއްނެތި ދާނީ ކުރިއަށް: ޢަބްދުއްރަޙީމް

މި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒާއެކު ސާބިތުވެ ކަމަށާއި ފަސް އެނބުރި ބެލުމެއްނެތި ވަޑައިގަންނަވާނީ ކުރިއަށް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުއްރަޙީމް ރޭ ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެ ޕާޓީން އިސްތިއުފާ ދެއްވައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށްޓަވާފައިވަނިކޮށް އަދުރޭ ވިދާޅުވީ ޕީޕީއެމް-ޕީއެންސީއަކީ އެންމެ ފުރަތަމަ ގައުމު އިސްކުރާ ދެ ޕާޓީ ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް […]