ވިހޭ ކުއްޖާ އެއްލައިލި އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އދ.ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ 30 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ދިގުރަށުގެ ގެސްޓު ހައުސްއެއްގައި މަސައްކަތް ކުރަމުން އައި ސްރީލަންކާ މީހެކެވެ. އިއްޔެ އޭނާ ހައްޔަރުކުރީ ގައުމަށް ފުރަން ގޮސް ހުއްޓާ އެއާޕޯޓުންނެވެ. ގަސްދުގައި ކުޑަ ކުއްޖަކު މެރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް […]

ދިފާއީ ގުޅުން ބަދަހިކުރަން އިންޑިއާ ސަފީރާއެކު މަޝްވަރާކޮށްފި

ރާއްޖެއާއި އިންޑިއާއިން ދެ ގައުމުގެ ދިފާއީ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާ ކުރައްވައިފިއެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް އިއްޔެ ވަނީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ. އިންޑިއާ ހައިކޮމިޝަނުން ބުނީ މި ބައްދަލުވުމުގައި ދިފާއީ ދާއިރާއިން ރާއްޖެއާއި އެމެރިކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައިި ހެދިފައިވާ […]

ޑިމޮކްރެޓްސްގެ އިންތިޚާބުގެ ނަތީޖާ އިއުލާނެއް ނުކުރެވުނު: ވޯޓުން ވައްކަންކުރި ކަމުގެ ތުހުމަތު

ދަ ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި އެ ޕާޓީގެ ފުރަތަމަ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން ލަސްވާތީ ފާޑުކިޔުން އަމާޒުވެއްޖެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ޕާޓީއެއްގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ އިއުލާނު ނުކުރެވި ލަސްވެގެންދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ވެސް އެރޭ 21:00 ކުރިން ވަނީ ލިބިފައެވެ. ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި އެ ޕާޓީގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. މި އިންތިޚާބުގައި 5833 […]

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލައިފައި އޮތް ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

އދ.ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދު 09:20 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ. ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެވި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ރައީސްގެ ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަސްތެރޭ ޚަރަދުތައް ހާމަކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވާ ކޮންމެ ރަސްމީ ދަތުރުފުޅެއް ނިމޭތާ 15 ދުވަސްތެރޭ އެ ދަތުރުފުޅެއްގެ ޚަރަދުތައް ހާމަކުރަން ނިންމައިފިއެވެ. ރައީސް އޮފީހުން މިއަދު އެކްސްގައިި ކުރި ޕޯޯސްޓެއްގައި ބުނެފައިވަނީ, ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ. މިގޮތަށް ނިންމެވި އެއް ސަބަބަކީ ރަސްމީ ދަތުރުފުޅުތަކުގެ މައުުލޫމާތު ހޯދަން އަބަދުވެސް ނޫސްވެރިން ވަރަށް މަސައްކަތްކުރަން ޖެހޭަކަން […]

ގުޅުން ބަދަހިކުރަން ރާއްޖެއާއި އިންޑިއާއާއި ދެ ގައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލަނީ

ދިވެހިރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުން ހިމެނޭހެން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާ ލުކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދެވީ ކޮޕް 28 ކޮންފަރެންސްގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މީގެ ދެ ހަފްތާގެ ކުރިން މަގަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި މަރުހަބާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒާއި މޯދީ […]

ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޕް 28 ކޮންފަރެންސްގައި ޗައިނާއިން ބައިވެރިވި މަތީ ފެންވަރުގެ ވަފުދުގެ އިސްވެރިޔާ، ޗައިނާގެ ފަރސްޓް ވައިސް ޕްރިމިއަރ ޑިންގް ޝުއެޝިއެންގް އާ އިއްޔެ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. އެކުވެރި އަރަބި އިމާރާތުގެ ދުބާއީގައި ކުރިއަށްދިޔަ ކޮޕް 28 ކޮންފަރެންސްގެ ހަވާސާގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ. އަދި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ އެންމެ […]

މަންޑޭގެ 7 މިލިއަންގެ އަގުބޮޑު އެޕާޓްމަންޓުން 7 މިލިއަންގެ މުދާ ފެނުނު, 225 ދައުވާއެއް އުފުލަނީ

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި މަކަރާއި ހީލަތް ހަދާފައިވާ މައްސަލާގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ޙަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 225 ދައުުވާ އުފުލޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ. ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ މަމްދޫޙު އިސްކޮށް ހުރެ ކޭޕާކުގެ 41 ފުލެޓު 107 މީހަކަށް ވިއްކާފައިވާ ކަމަށެވެ. ޝަމީމް ވިދާޅުވީ […]

ރާއްޖެ-ތުރުކީ ގެ ގުޅުމުގެ އާ ބާބެއް ވަނީ ފެށިފައި: ރައީސް

ތުރުކީއަށް ކުރެއްވި ދަތުރުފުޅާއެކު ރާއްޖެ-ތުރުކީ ގެ ގުޅުމުގެ އާ ބާބެއް ފެށިފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މި މަހުގެ 26 ގައި ތުރުކީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ކޮޕް 28 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ފުރާވަޑައިގަންނަވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުުރުފުޅާ ގުޅިގެން އެކްސްގައި ރައީސް ވިދާޅުވީ މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. މި […]

ކޮޕް 28 އަށް ރައީސް މުޢިއްޒު ދުބާއީއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ދުބާއީއަށް ވަޑައިގެންފިއެވެ. ރައީސް މުޢިއްޒު ދުބާއީއަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކޮޕް 28 ގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ މަތީ ފަންތީގެ ވަފްދުވެސް ވަޑައިގެންނެވިއެވެ. ސަރުކާރުން ބުނީ ކޮޕް 28 ބައްދަލުވުން ވެގެންދާނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ […]