ޑިމޮކްރެޓްސްގެ އިންތިޚާބުގެ ނަތީޖާ އިއުލާނެއް ނުކުރެވުނު: ވޯޓުން ވައްކަންކުރި ކަމުގެ ތުހުމަތު

Loading

Facebook
Twitter
WhatsApp

ދަ ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި އެ ޕާޓީގެ ފުރަތަމަ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން ލަސްވާތީ ފާޑުކިޔުން އަމާޒުވެއްޖެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ޕާޓީއެއްގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ އިއުލާނު ނުކުރެވި ލަސްވެގެންދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ވެސް އެރޭ 21:00 ކުރިން ވަނީ ލިބިފައެވެ.

ޑިމޮކްރެޓްސްއިން އިއްޔެ ބޭއްވި އެ ޕާޓީގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. މި އިންތިޚާބުގައި 5833 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބުނެވެ. ނަމަވެސް ވޯޓު ލީ ކިތައް މީހުން ކަމެއް އަދި ނޭނގެއެވެ. ޑިމޮކްރެޓްސްއިން ރޭ އެކްސްގައި ބުނެފައިވަނީ ވަގުތީ ނަތީޖާ މިއަދުގެ ވަގުތެއްގައި އިއުލާނު ކުރާނެ ކަމަށެވެ.

މި އިންތިޚާބުގައި ޑިމޮކްރެޓްސްގެ ރައީސްއާއި ނައިބު ރައީސް ހިމެނޭހެން 23 މަގާމަކަށް ބޭފުޅުން އިންތިޚާބުކުރުމަށް ވޯޓު ލާފައިވެއެވެ. ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފާއި އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރެވެ. ވަގުތީ ނަތީޖާ އިއުލާނު ނުކުރަނީސް ޙަސަން ވަނީ ‏ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކަނީ ބޮޑު ތަފާތަކުން އޭނާއަށް އިންތިޚާބު ކާމިޔާބު ވެއްޖެކަމަށް ވިދާޅުވެފައެވެ. “މިއަދު މުޅި ރާއްޖޭގައި އެ ހިންގުނީ މުހިއްމު ސިޔާސީ ހަރަކާތެއް. ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުން. ހުރިހާ މެންބަރުންނަށް މަރުހަބާ އާއި ޝުކުރު ދަންނަވަން.“ ރޭގެ ވަގުތެއްގައި އޭނާ އެކްސްގައި ލިޔުއްވާފައިވެއެވެ. އޭގެފަހުން އަމްރު ވިދާޅުވެފައިވަނީ “މިއަދުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ނުލިބެނީސް ކާމިޔާބު އިއުލާން ނުކުރާން މިތިބީ“ މިހެންނެވެ.

އަމްރު މިއަދު ވިދާޅުވީ މި އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމ ނުޖެހުނަސް އިތުރަށް އެ ނަތީޖާއާމެދު އެއްޗެއް ނުދަންނަވާނެ ކަމަށެވެ. މި އިންތިޚާބުގެ ކަންކަންދާ ގޮތުން ޕާޓީގެ އާންމު މެންބަރުން އަންނަނީ ފާޑުކިޔަމުންނެވެ. އެ މީހުން ބުނަނީ އިންތިޚާބުގެ ވޯޓުން ވައްކަންކޮށްފައިވާ ކަމަށެވެ.

Loading

One Response

Leave a Reply

ފަހުގެ އަޕްޑޭޓް