ވިހޭ ކުއްޖާ އެއްލައިލި އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Loading

Facebook
Twitter
WhatsApp

އދ.ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ 30 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ދިގުރަށުގެ ގެސްޓު ހައުސްއެއްގައި މަސައްކަތް ކުރަމުން އައި ސްރީލަންކާ މީހެކެވެ. އިއްޔެ އޭނާ ހައްޔަރުކުރީ ގައުމަށް ފުރަން ގޮސް ހުއްޓާ އެއާޕޯޓުންނެވެ.

ގަސްދުގައި ކުޑަ ކުއްޖަކު މެރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކުއްޖާ ވިހެއުމަށްފަހު ކަޅު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނީ އެރަށު ކުނިގޮނޑުންނެވެ. އެ ކުއްޖާ ފެނުނުއިރު ވެސް އޮތީ މަރުވެފައި ކަމަށް ކުއްޖާ ބެއްލެވި ޑޮކްޓަރު ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް