ރައީސްގެ ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަސްތެރޭ ޚަރަދުތައް ހާމަކުރަނީ

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވާ ކޮންމެ ރަސްމީ ދަތުރުފުޅެއް ނިމޭތާ 15 ދުވަސްތެރޭ އެ ދަތުރުފުޅެއްގެ ޚަރަދުތައް ހާމަކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު އެކްސްގައިި ކުރި ޕޯޯސްޓެއްގައި ބުނެފައިވަނީ, ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ. މިގޮތަށް ނިންމެވި އެއް ސަބަބަކީ ރަސްމީ ދަތުރުފުޅުތަކުގެ މައުުލޫމާތު ހޯދަން އަބަދުވެސް ނޫސްވެރިން ވަރަށް މަސައްކަތްކުރަން ޖެހޭަކަން ރައީސަށް އެނގިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ރަސްމީ ދަތުުރުފުޅު ކުރެއްވީ ތުރުކީވިލާތަށެވެ. އެ ދަތުުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިނުގަންނަވައި އެމަނިކުފާނު ވަޑައިގެންނެވީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށެވެ. އެއީ އެ ގައުމުގައި ކުރިއަށްދާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގައި ބައިވެރިވެވަޑައިިގަތުމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް