ދިފާއީ ގުޅުން ބަދަހިކުރަން އިންޑިއާ ސަފީރާއެކު މަޝްވަރާކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖެއާއި އިންޑިއާއިން ދެ ގައުމުގެ ދިފާއީ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާ ކުރައްވައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް އިއްޔެ ވަނީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ މި ބައްދަލުވުމުގައި ދިފާއީ ދާއިރާއިން ރާއްޖެއާއި އެމެރިކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައިި ހެދިފައިވާ ސަލާމަތީ ޕާޓްނަރޝިޕްތައް އިތުރަށް ވަރުގަދަ ކުުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ރާއްޖެއާއި އިންޑިއާއިން ދެ ގައުމުގެ ދިފާއީ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާ ކުރައްވާފައިވާއިރު ރާއްޖޭގައި ބޭރު ސިފައިން ނުބޭތިއްބުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުުދުފުޅެކެވެ.ކެމްޕޭނު ތެރޭގައި ވެސް އެންމެ ބޮޑަށް ދެއްކެވި ވާހަކަފުޅަކީ ރާއްޖޭގައި ބޭރުން ސިފައިންނަށް ނުތިބެވޭނެ ކަމުގެ ވާހަކައެވެ. އޭގެފަހުން ނޮވެމްބަރު 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ދެއްވި ތަގުރީރުގައި ވެސް ވިދާޅުވީ ހިމޭން ރީތި މިންގަނޑުގެ އެހީގައި ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން ކަމަށެވެ.

ރައީސް އިއްޔެ ވިދާޅުވި ގޮތުން އިންޑިއާ ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމަށް އެއްބަސްވެފައެވެ. މިހާރު ޓެކްނިކަލް ލެވެލްގައި މަސައްކަތްތައް ކުރެވޭ ކަން ވެސް ފާހަގަކުރެއްވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް