މަސްވެރީންނަށް ނުދެވި ހުރި ފައިސާ ވީ އެންމެ އަވަހަކަށް ދޫކުރަން އެބަ މަސައްކަތްކުރަން: ރައީސް

މިހާރު މަސްވެރީންނަށް ނުދެވި ހުރީ 140 މިލިއަނެއްހައި ރުފިޔާ ކަމަށާއި މި ފައިސާ ވެސް ވީ އެންމެ އަވަހަކަށް މަސްވެެރީންނަށް ދޫކުރެއްވުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ބޭއްވި ”މަސްވެރިންގެ ގުންޒަރު 2023″ގައި ބައިވެރިވެވަޑައިގެން ރައީސް ވިދާޅުވީ މަސްވެރީންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި […]

އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއް ނެތް: މިނިސްޓަރު

ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއް ނެތް ކަަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަޢީދު ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލުއައުމަކީ އެކި ދުވަސްވަރުހިނގާ ކަންކަން ކަމަށާއި ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. “ރައީސް މުޢިއްޒުގެ އެއްމެ އިސްކަން ދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިނު ދުވަސްވަރުން ފެށިގެން އޮފީހާއި ރަސްމީކޮށް ހަވާލުމަށްފަހު ވެސް […]

ރާއްޖޭގައި ހިންގާ މަޝްރޫއުތައް އިތުރުކުރާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފި

ރައީސުލްޖުމްޖޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް އިތުރުކުރާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ރޭ ވިދާޅުވެއްޖެއެވެ. މިނިސްޓަރު ސަޢީދު މިކަން ހާމަކުރެއްވީ ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ގައި ބައިވެރިވެވަޑައިގަންނަވާ އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ސަޢީދު ވިދާޅުވީ ވިޔަފާރިއާއި ފަތުރުވެރިން އިތުރުކުރުމުގައި ރާއްޖެއާއި ޗައިނާއާދެމެދު އިތުރު ފްލައިޓްތައް ބާއްވާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފައިވާ […]

އަޅުގަނޑުގެ ސަރުކާރު ކޮރަޕްޓެއް ނުވާނެ: ރައީސް

މި ސަރުކާރު ކޮރަޕްޓްނުވެ ހިންގާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުގެ އެއްވެސް ފަރާތެއް ކޮރަޕްޝަންގެ އަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެފަރާތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅުއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ގައުމީ މަސައްކަތަކަށް ހަދަންޖެހޭކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، ކޮންމެ މީހަކުވެސް އެމީހަކާ ހަމައިން ކޮރަޕްޝަނަށް […]

ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީ މި މަހުގެ 23 ގައި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ. މި ގޮތަށް ހަމަޖެއްސީ އެ ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ރޭ ބޭއްވި ބައްދަލުވުމުގައެވެ. ރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވީ ސެނެޓުގެ ބައްދަލުވުމުގައި މަޖިލިސް އިންތިޚާބާ ގުޅޭ ގޮތުން އުސޫލެއް ފާސްކޮށްފައިވާ ކަމަށާއި ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ މިއަދުން ފެށިގެން […]

ޗާގޯސް މައްސަލަ ކެބިނެޓަށް ގެންނާނަން: ރައީސް

ޗާގޯސް މައްސަލަ ކެބިނެޓަށް ގެންނަވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރާއްޖެއާއި ޗާގޯސްއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ނިންމި ނިންމުން އިސްތިއުނާފު ކުރުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. މި މައްސަލައިގައި އިޓްލޮސް އިން […]

ނައިބު ރައީސް ޗައިނާގެ ޔުނާން ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ހުންނަ ޔުނާން ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ނައިބު ރައީސް ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބާއްވާ ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުުޅުގެ ތެރެއިިންނެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ޔުނާން ޕްރޮވިންޝަލް […]

އައްޑޫ ގުރޫޕް މާރާމާރީތަކާ ގުޅިގެން މިހާތަނަށް 11 މީހުން ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި ދެ މާރާމާރީއާ ގުޅިގެން މިހާތަނަށް 11 މީހުން ހައްޔަރުކޮށްފިއެވެ. މީގެތެރެއިން އެއް މާރާމާރީ ހިންގީ މިދިޔަ ހުކުރު ދުވަހުގެރޭގައެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ޒަޚަމްކޮށްލައިފައެވެ. އޭނާއަށް އިތުރު ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފައެވެ. ދެވަނަ މާރާމާރީ ހިންގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އާދިއްތަ ދުވަހު ހެނދުނުއެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 20 އަހަރުގެ […]

ނައިބު ރައީސް ޗައިނާއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ރޭގެ ވަގުތެއްގައި ޗައިނާއަށް ފުރާވަޑައިގެންފިއެވެ. ނައިބު ރައީސް ޗައިނާއަށް ވަޑައިގެންނެވީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި މި މަހުގެ 7-8 އަށް ބާއްވާ ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ގައި ބައިވެރިވެވަޑައިގަތުމަށެވެ. ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) މި ފޯރަމްގައި ނައިބު ރައީސް ތަގުރީރު ކުރެއްވުމަށާއި ޗައިނާގެ ބައެއް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރ އޮފް […]

އައްޑޫ ގުރޫޕް މާރާމާރީ: ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދު

މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 4 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ. ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މި މާރާމާރީއާ ގުޅިގެންހައްޔަރުކޮށްފައިވަނީ 4 ދިވެހިންނެވެ. އެއީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ ފިރިހެނަކު ވަނީ ޒަޚަމްކޮށްލާފައެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު […]