އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި ދެ މާރާމާރީއާ ގުޅިގެން މިހާތަނަށް 11 މީހުން ހައްޔަރުކޮށްފިއެވެ.
މީގެތެރެއިން އެއް މާރާމާރީ ހިންގީ މިދިޔަ ހުކުރު ދުވަހުގެރޭގައެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ޒަޚަމްކޮށްލައިފައެވެ. އޭނާއަށް އިތުރު ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފައެވެ.
ދެވަނަ މާރާމާރީ ހިންގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އާދިއްތަ ދުވަހު ހެނދުނުއެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 20 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ޒަޚަމްކޮށްލާފައެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އޭނާއަށް އަންނަނީ ފަރުވާދެމުންނެވެ.
ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީ:
މި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހޮނިހިރު ދުވަހުގެރޭ 4 ދިވެހި ފިރިހެނުން ހައްޔަރުކުރިއެވެ. އެއީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ. މީގެއިތުރުން އިއްޔެ ވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރިއިރު ރޭގެ ވަގުތެއްގައި ވެސް ވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އާދިއްތަ ދުވަހުގެ މާރާމާރީ:
މި މާރާމާރީއާ ގުޅިގެން އިއްޔެ ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ. މީގެއިތުރުން މިއަދު ވަނީ 18 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި އިތުރުު މީހަކު ހައްޔަރުކޮށްފައެވެ.
![]()
