އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއް ނެތް: މިނިސްޓަރު

Loading

Facebook
Twitter
WhatsApp

ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި ހުރަހެއް ނެތް ކަަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަޢީދު ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލުއައުމަކީ އެކި ދުވަސްވަރުހިނގާ ކަންކަން ކަމަށާއި ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ.

“ރައީސް މުޢިއްޒުގެ އެއްމެ އިސްކަން ދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިނު ދުވަސްވަރުން ފެށިގެން އޮފީހާއި ރަސްމީކޮށް ހަވާލުމަށްފަހު ވެސް ބައްލަވަމުން އައީ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ގާއިމކުރުން.“ ސަޢީދު ވިދާޅުވީ އެކަން ކާމިޔާބުކުރާނީ ދެމެހެއްޓެނިވި ވަށާޖެހޭ ހައްލަކާއެކު ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ އަންނަ މާޗުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރަން މަނާކުރަން އިންޑިއާއިން ނިންމާފައިވަނިކޮށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް