ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތައް ބުލޮކްކޮށްފި

ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް އެފަދަ ހުރިހާ ސައިޓުތަކެއް ބުލޮކް ކޮށްފިއެވެ. މިއީ ރާއްޖޭގައި މިފަދަ ނިންމުމެއް ނިންމައި އަމަލުކުރަން ފެށި ފުރަތަމަ ފަހަރެވެ. ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ބަރަހަނާ ސައިޓްތައް ބްލޮކް ކުރަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް ސަރުކާރުން އެންގީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މިކަމާ ގުޅޭގޮތުން ސަރުކާރާއި އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ. އެކަމަކު މިފަދަ ވެބްސައިޓުތަކަށް އިއްޔެއިން ފެށިގެން އެކްސެސް […]
ހިލޭ ބޯންމެރޯ ހަދާ ފުރަތަމަ ޕޭޝަންޓް ފުރައިފި

ސަރުކާރުގެ އެހީގައި ހިލޭ ބޯންމެރޯ ހަދާ ފުރަތަމަ ޕޭޝަންޓް މިއަދު ރާއްޖެއިން ބޭރަށް ފުރައިފިއެވެ. ތެލަސީމިއާއަށް ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން ނިންމީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ “ހަފުތާ 14“ ގައި ހިމެނޭ ކަންކަމުގެ ތެރެއިން 04 ހަފުތާގެ ތެރޭގައި ހާސިލުކުރެވުނު ކަންކަން ހިއްސާކުރުމަށް ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ […]
ކުރީ ސަރުކާރުން އިންޑިއާއާއެކު ހެދި ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރަން މި ސަރުކާރުން ނިންމައިފި

ރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކޮށްފައިވާ ހައިޑްރޯގްރަފީ ސާވޭ ހެދުމުގެ އެއްބަސްވުން އާ ނުކުރަން ނިންމާފައިވާކަން އިންޑިއާއަށް އަންގާފައިވާ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ “ހަފުތާ 14“ ގައި ހިމެނޭ ކަންކަމުގެ ތެރެއިން ހަތަރު ހަފުތާގެ ތެރޭގައި ފުރިހަމަވެފައިވާ ކަންކަން މީޑިއާތަކަށް ހިއްސާކުރުމަށް ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުޙައްމަދު ފިރުޒުލް ޚަލީލު ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ކަނޑުގެ […]
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޙިލްމީ އައްޔަން ކުރައްވައިިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ އައްޔަން ކުރައްވައިފިއެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޙިލްމީ އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ޙިލްމީ ކުރިން ހުންނެވީ ކޯސްޓްގާޑްގެ ކޮމާންޑަރުގެ މަގާމުގައެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. ރައީސް ޑރ.މުޢިއްޒު ހުވާކުރެއްވި ދުވަހު ވަނީ ޗީފް އޮފް […]
މެލޭޝިޔާއާ ދެމެދު އޮތް ތާރީޚީ ގުޅުމާއި ގާތް ރަހުމަތްތެރިކަމުގެ އަގު ރާއްޖެއިން ވަރަށް ބޮޑަށް ވަޒަންކުރޭ: ޒަމީރު

މެލޭޝިޔާއާއި ރާއްޖެއާ ދެމެދު އޮތް ތާރީޚީ ގުޅުމާއި ގާތް ރަހުމަތްތެރިކަމުގެ އަގު ރާއްޖެއިން ވަރަށް ބޮޑަށް ވަޒަންކުރާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.ޒަމީރު މިހެން ވިދާޅުވީ މެލޭޝިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ވައި.ބީ ޑާޓޯ ސެރީ އުތަމާ ހާޖީ މުޙައްމަދު ބިން ހާޖީ ޙަސަން ތަހުނިޔާ ވިދާޅުވެ ކުރެއްވި މެސެޖެއްގައެވެ. މިނިސްޓަރު ފޮނުއްވި މެސެޖުގައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުމާއި ގާތް ރަހުމަތްތެރިކަމުގެ އަގު ރާއްޖެއިން ވަރަށް […]
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮރިން ސެކްރެޓަރީގެ މަގާމަށް މައްޗަންގޮޅި ރެސްޓިންގ ހައުސް ފާޠިމަތު އިނާޔާ މިއަދު އައްޔަން ކުރައްވައިފިއެވެ. ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަގާމުގައި މިހާތަނަށް ހުންނެވި އިނާޔާއަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން […]
ބިދޭސީއަކު ދުއްވި ކާރެއް ހުއްޓުވައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފި

ހުޅުމާލޭގައި ބިދޭސީއަކު ދުއްވި ކާރެއް ހުއްޓުވައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފިއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއެކު 31 އަަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިއްޔެ ހިންގި މި އޮޕަރޭޝަނުގައި، އޭނާ ދުއްވި ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު 69 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް […]
ރާއްޖެއާއި ޑަބްލިއުޓީއޯގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފި

ދިވެހިރާއްޖެއާއި، ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ) ގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ކުރިމަގުގައި ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ”ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް“ އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްވިޒަރލެންޑްގެ ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ ޑަބްލިޔުޓީއޯގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ އުންގޯޒީ އޮކޮންޖޯ އިވެއެލާ އާ […]
ޢަބްދުއްރަޙީމް ފޮނަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައިި ވާދަކުރައްވަން ނިންމަވާފައިވާ ކަން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައީސްގެ ޚާއްސަ މުޝީރު ޢަބްދުއްރަޙީމް މިއަދު ހާމަކުރައްވައިފިއެވެ. ޢަބްދުއްރަޙީމް މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. “2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތައީދު އަޅުގަނޑަށް ދެއްވުމަށް ނުހަނު އިޚްލާަސްތެރިކަމާާއެކު އެދެމެވެ.“ ޢަބްދުއްރަޙީމް ވަނީ […]
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ޓްރޭނިންގ އިންސްޓިޓިއުޓެއް ގާއިމުކުރަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ޓްރޭނިންގ އިންސްޓިޓިއުޓެއް ގާއިމުކުރަން ނިންމަވާފައިވާކަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭ އިއުލާނު ކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަސްވެރިކަން ޒަމާނީކޮށް، މަސްވެރިންގެ ގަދަރު އުފުލައި، މަސްވެރިކަން ތިޔާގިކުރުމަކީ ސަރުކާރުގެ ވަރަށް ބޭނުންވާ ކަމެއް ކަމަށާއި އެކަމަށްޓަކައި މަސްވެރިކަން އިލްމުވެރިކުރުން އެއީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދުގެ މަސްވެރިންގެ ތަޖުރިބާއާއި، ޒުވާން މަސްވެރިންނަށް ފޯރަންވީ ހުނަރާއި، އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި […]