ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ޓްރޭނިންގ އިންސްޓިޓިއުޓެއް ގާއިމުކުރަނީ

Loading

December 11, 2023
profile
Facebook
Twitter
WhatsApp

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ޓްރޭނިންގ އިންސްޓިޓިއުޓެއް ގާއިމުކުރަން ނިންމަވާފައިވާކަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭ އިއުލާނު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަސްވެރިކަން ޒަމާނީކޮށް، މަސްވެރިންގެ ގަދަރު އުފުލައި، މަސްވެރިކަން ތިޔާގިކުރުމަކީ ސަރުކާރުގެ ވަރަށް ބޭނުންވާ ކަމެއް ކަމަށާއި އެކަމަށްޓަކައި މަސްވެރިކަން އިލްމުވެރިކުރުން އެއީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

އަދުގެ މަސްވެރިންގެ ތަޖުރިބާއާއި، ޒުވާން މަސްވެރިންނަށް ފޯރަންވީ ހުނަރާއި، އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި އޮތް ފަންނިއްޔާތު، ރާއްޖޭގެ މަސްވެރިކަމުގައި ޝާމިލްކުރުމަކީ އެމަނިކުފާނުގެ ހުވަފެނެއް ކަމަށާއި އެއީ ހާސިލުކުރާނެ ހަގީގަތެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިކަމަށްޓަކައި މަސްވެރިން ތަމްރީނުކުރާ މަރުކަޒު، ނުވަތަ ފިޝަރީޒް ޓްރޭނިންގ އިންސްޓިޓިއުޓް ގާއިމުކުރައްވާނެ ކަމަށާއި މި އިންސްޓިޓިއުޓް ގާއިމުކުރައްވާނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން ކަމަށެވެ.

މިކަމުގެ އިދާރީ މަސައްކަތްތައް ’ހަފުތާ 14“ އިގެ މި މުއްދަތުގެ ތެރޭގައި ހިނގަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް