މެލޭޝިޔާއާ ދެމެދު އޮތް ތާރީޚީ ގުޅުމާއި ގާތް ރަހުމަތްތެރިކަމުގެ އަގު ރާއްޖެއިން ވަރަށް ބޮޑަށް ވަޒަންކުރޭ: ޒަމީރު

Loading

December 13, 2023
Facebook
Twitter
WhatsApp

މެލޭޝިޔާއާއި ރާއްޖެއާ ދެމެދު އޮތް ތާރީޚީ ގުޅުމާއި ގާތް ރަހުމަތްތެރިކަމުގެ އަގު ރާއްޖެއިން ވަރަށް ބޮޑަށް ވަޒަންކުރާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިހެން ވިދާޅުވީ މެލޭޝިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ވައި.ބީ ޑާޓޯ ސެރީ އުތަމާ ހާޖީ މުޙައްމަދު ބިން ހާޖީ ޙަސަން ތަހުނިޔާ ވިދާޅުވެ ކުރެއްވި މެސެޖެއްގައެވެ.

މިނިސްޓަރު ފޮނުއްވި މެސެޖުގައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުމާއި ގާތް ރަހުމަތްތެރިކަމުގެ އަގު ރާއްޖެއިން ވަރަށް ބޮޑަށް ވަޒަންކުރާ ކަން ފާހަގަކުރައްވައިފައެވެ.

އަދި އެކުވެރިކަމުގެ ސަބަބުން އިގުތިސާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި ގިނަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް މަގު ފަހިވެގެން ހިނގައްޖެ ކަމަށާއި މެލޭޝިއާއަކީ ތައުލީމާއި ފަތުރުވެރިކަމަށް ދިވެހިންގެ އަދަދު އިތުރުވަމުންދާ މަންޒިލެއްކަން ވެސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެކުވެރިކަމުގެ ދެމެހެއްޓެނިވި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައި ޒަމީރު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް