ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޙިލްމީ އައްޔަން ކުރައްވައިިފި

Loading

December 13, 2023
profile
Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ އައްޔަން ކުރައްވައިފިއެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޙިލްމީ އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޙިލްމީ ކުރިން ހުންނެވީ ކޯސްޓްގާޑްގެ ކޮމާންޑަރުގެ މަގާމުގައެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

ރައީސް ޑރ.މުޢިއްޒު ހުވާކުރެއްވި ދުވަހު ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އޭނާ އައްޔަން ކުރައްވައިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް