ސީލައިފް އައްމަޓީ ފުރުން މަނާކޮށް ވަގުތީ އަމުރެއް ނެރެފި

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) ގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ނިންމި މައްސަލާގައި ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލާގައި ގޮތެއް ނިމެންދެން އައްމަޓީ ފުރުން މަނާކުރަން އެ ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ. ގދ.ތިނަދޫ/ރެޑްހައުސް, އަޙްމަދު މޫސާގެ މައްޗަށް ވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ އުފުލައިފައެވެ. އެގޮތުން ކްރިމިނަލް ކޯޓުން 2021 ގައި ޝަރީއަތް ނިމެންދެން އައްމަޓީ ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ނުވަތަ ޓްރެވަލް […]
ރައީސް މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީއަށް ހުށަހަޅަނީ

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައީސްކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ މެންބަރުންގެ ވޯޓުން އެކަނި ވެސް ރައީސް މަގާމުން ވަކިކުރެވޭގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހެޅުއްވި ޝިފާއު މިހެން ވިދާޅުވީ އެ އިސްލާހު ފާސްކުރި އާންމު ކޮމިޓީގެ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝިފާއު ވިދާޅުވީ މި އިސްލާހާ […]
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް

ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން ފާސްކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމައި އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުންނަށް ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރުހުން ހޯދަން މަޖިލީހަށް ފޮނުއްވަން ޖެހެއެވެ. އެގޮތުން ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ 17 ނޮވެންބަރު […]
’ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން‘ ތައާރަފުކުރުމަށް ސަރުކާރުން ނިންމަވައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ފަތުރުވެރިން ގެނެވޭނެ މަންޒިލުތަކަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށުމަށްޓަކައި ’ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން‘ ތައާރަފުކުރުމަށް ސަރުކާރުން މިއަދު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކުއެވެ. ސަރުކާރުން ބުނީ ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން ފެށުމުން ޗައިނާއާއި ޔޫރަޕާއި ސައުތު […]
މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތައް މާކެޓްކުރަން ޚާއްސަ ކުންފުންޏެއް އުފައްދަވަނީ

މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތަކަށް ޚާއްސަ ބްރޭންޑެއް ތައާރަފުކޮށް އެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓުކުރުމަށް ”މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން“ގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފެއްދެވުމަށް ސަރުކާރުން މިއަދު ނިންމަވައިފިއެވެ. މިފަދަ ކުންފުންޏެއް އުފެއްދެވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން މިއަދު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ވަޒީރުން ދެއްވި ލަފާފުޅުގެ މަތިންނެވެ. ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ މި […]
ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް އަކުރުތައް ސަސްޕެންޑް ކުރި ކުރުން ނިމުމަކަށް ގެންނަން ހުށަހަޅައިފި

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ބައެއް އަކުރުތައް އިސްތިސްނާކުރި ކުރުން ނިމުމަކަށް ގެނެސް މި ގާނޫނަށް އަމަލުކުރުން ފުރިހަމަ ގޮތުގައި އިއާދަކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާއިން އިސްތިސްނާކޮށްފައިވަނީ އެ މާއްދާގެ (ހ) އާއި (ރ) އަދި (ބ) އެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ އުުސޫލުތަކަށް އަމަލުކުރުން އިސްތިސްނާކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 2020 ގައެވެ. އެއީ އެ ގާނޫނުގެ 36 […]
ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑިން: ރައީސް
ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއްކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހުރަވީ ދުވަސް ފާހަގަކުރުމަށްޓަކައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް ބަލާ އިރު، އެ ކަމުގައި ތާރީޚުގެ އަލިފަރާތަކާއި ތާރީޚުގެ އަނދިރި ފަރާތެއް ވާ ކަމަށާއި ތާރީޚުގެ އަލިފަރާތުން ފެންނަނީ ދުވަހުގެ ބަތަލު މުލީގޭ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިންނާއި، […]
ބޭރުގެ އެއްވެސް ދައުލަތެއްގެ ސިފައިން ނުތިބޭ ބިމަކަށް މި ބިން ހަމަޖެހިގެންދާނެ: ރައީސް

ބޭރުގެ އެއްވެސް ދައުލަތެއްގެ ސިފައިން ގާއިމުވެ ނުތިބޭ ބިމަކަށް މި ލޮބުވެތި ދިވެހި ބިން ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން އަނެއްކާވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ހުރަވީ ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިޔުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ދިވެހި ސަރުކާރުން އެ ދައުލަތަށް އެންގިން ކަމަށާއި އެކަމާ ބެހޭ އިންތިޒާމުތަކާ ބެހޭ ގޮތުން މަތީފެންވަރުގައި ދެ ދައުލަތުގެ ދެމެދުގައި މަޝްވަރާތައް ކުރިޔަށްދާ ކަމަށެވެ. […]
މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ ނަންތައް ތަރުތީބުކޮށްފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުރު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބުކޮށްފިއެވެ. މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ޖުމްލަ ފަސް ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ: ކެންޑިޑޭޓް ނަންބަރު 01 – ޝުޢައިބް ޢަލީ (އަމިއްލަ ގޮތުން) ކެންޑިޑޭޓް ނަންބަރު 02 – ޙުސައިން ވަޙީދު (އަމިއްލަ ގޮތުން) ކެންޑިޑޭޓް ނަންބަރު […]
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ޖެނުއަރީ 26 އަދި 27 ގައި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މިޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެމްޑީޕީގެ މެމްބަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފުރުސަތު ހުޅުވާލައިފައިވަނީ މިއަދު ފެށިގެން މި މަހުގެ 25 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އާ ހަމަޔަށެވެ. އެމްޑީޕީން ބުނީ ޕްރައިމަރީ ބާއްވަންޖެހޭ ތަންތާ ޕްރައިމަރީ އޮންނާނީ 26 އަދި 27 ޖެނުއަރީ 2024 ވާ ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް […]