ކޮވިޑުގެ އާ ވޭރިއަންޓެއް ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑުގެ އާ ވޭރިއަންޓެއް ފެތުރެމުންދާތީ ޗުއްޓީ ދުވަސްވަރު އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ބުނީ އަންނަ ހަފުތާއަކީ ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކަށް ޗުއްޓީ ފެށޭ ހަފުތާކަމަށްވެފައި ގިނަ އަދަދެއްގެ މީހުން ރާއްޖެއިން ބޭރަށްށާއި އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާނެ ދުވަސްތަކަކަށްވާނެތީއާއި މީގެ އިތުރުން ރާއްޖެއިން އުމްރާގެ އަޅުކަމަށް ދިޔަ ގިނަ އަދަދެއްގެ މީހުން އެނބުރި އަންނާނެ ދުވަސްތަކަކަށްވާތީ އެހެން އަހަރުތަކަކޭ އެއްފަދައިން އަރިދަފުސް […]

ގެއްލުނު ނައީޝް ހޯދަން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ބޮޑު ސަރަހައްދެއް ބަލައިފި

އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފައިބައިގެން އުޅުމުގެތެރޭ ގެއްލުނު އެ ސިޓީގެ މަރަދޫގެ އުމުރުން 18 އަހަރުގެ މުޙައްމަދު ނައީޝް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފިއެވެ. ނައީޝް ގެއްލުނު ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 22:10 ހާއިރުއެވެ. ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލުނީ ނައީޝް އެކަންޏެވެ. އޭނާ ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެކެވެ. އެމްއެންޑީއެފްއިން […]

ދިގުރަށު ގޮނޑުގައި މަރުވެފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި

މި މަހުގެ ތިންވަނަ ދުވަހު އދ.ދިގުރަށު ކުނިގޮނޑުގައި މަރުވެފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ. މި ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ފުލުހުން މިއަދު ބުނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިދިޔަ ހުކުރު ދުވަހު ކުއްޖާގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރުކުރީ ލަންކާގެ އުުމުރުން 30 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރުކުރީ މި މަހުގެ […]

ދަތުރުކުރުމުގައި ސަމާލުވޭ, ކުރިއަށް އޮތީ ކަނޑުގަދަ ވިއްސާރަ ދުވަސްތަކެއް

ކުރިއަށް އޮތް ހަފުތާގައި ވެސް މެދުރާއްޖެތެރެއާއި ދެކުނަށް ވިއްސާރަކުރާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން ކުރިއަށް އޮތް ދުވަސްތަކަކީ ވިއްސާރަ ދުވަސްތަކެއް ކަމަށެވެ. އެގޮތުން ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެގޮތުން ކުރިއަށް އޮތް ހަފުތާގައި ވެސް މެދުރާއްޖެތެރެއާއި ދެކުނަށް ބޯކޮށް […]

ނައިބު ރައީސް ޙުސައިން މޮންޓެނީގްރޯއަށް ފުރާވަޑައިގެންފި

ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް މޮންޓެނީގްރޯއަށް ވަޑައިގެންނެވީ އެ ގައުމުގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ކޮންގްރެސް ކުރިއަށްދާނީ މި މަހު 24-26 އަށެވެ. މި ކޮންގްރެސްގައި ނައިބު ރައީސް ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. ނައިބު ރައީސްކަމާ ހަވާލުވެވަޑައިގެންނެވިފަހުން ނައިބު ރައީސް ހުސެން ވަނީ ޗައިނާ އަދި ސްވިޒަރލެންޑްއަށް ވެސް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

އައްޑޫގައި އިހި ނަގަން މޫދަށް ފޭބި މީހަކު ގެއްލިގެން ރެއިން ފަށައިގެން ހޯދަނީ

އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި މީހަކު ގެއްލިގެން ރެއިން ފަށައިގެން ހޯދަމުން އެބަދެއެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 22:10 ހާއިރުއެވެ. އެމްއެންޑީއެފްއިން ބުނީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 18 އަހަރުގެ ސ.މަރަދޫ ކުރެދުމާގޭ، މުޙައްމަދު ނައީޝް ކަމަށާއި އޭނާ ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށެވެ. ގެއްލުނު މީހާ ހޯދުމުގެ […]

އަންނަ އަހަރުގެ ހުރިހައި ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގޮތަށް ހަމަޖައްސައިފި

އަންނަ އަހަރުގެ ހުރިހައި ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގޮތަށް ހަމަޖައްސައިފިއެވެ. ފެމިލީ ކޯޓުން ކުރި އިއުލާނެއްގައިވަނީ އަންނަ އަހަރު އެ ކޯޓުން ކައިވެނިކޮށްދޭނެ ގަޑިތައް އާންމުކޮށްފައެެވެ. އެގޮތުން ރަސްމީ ދުވަސްތަކުގައި ކޯޓުގައި 09:00 އިން 11:30 އަށް, 13:00 އިން 13:30 އަށް އަދި 15:00 އިން 21:00 އަށް ކައިވެނިިކޮށްދޭނެއެވެ. ކޯޓުން ބޭރުގައި ހަފުތާގެ ކޮންމެ ދުވަހަކު 15:00 އިން 21:00 އަށް ކައިވެނިިކޮށްދޭނެއެވެ. ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑި ހަމަޖައްސާނީ […]

ދެ ކާރެއް ޖެހި އެކްސިޑެންޓުވުމުން އެއް ކާރުގައި އިން މީހާ ފިލައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ކާރެއް ޖެހި އެކްސިޑެންޓުވުމުން އެއް ކާރުގައި އިން މީހާ ފިލައިފިއެވެ. މި އެކްސިޑެންޓް ހިނގީ ރޭ 11:40 ހާއިރު ކާމިލްދީދީ ސްކޫލު ކައިރިންނެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި އެކްސިޑެންޓުގައި އެއް ކާރުގައި ތިބި ހަތަރު މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. މި ކާރު ދުއްވި މީހާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ. ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް […]

ކެމްޕޭނުގައި ދެއްކީ ހުވަފެނެއް ނޫން, އެ ކަންކަން ހަގީގަތަަކަށްވާނެ: ރައީސް

ރިޔާސީ ކެމްޕޭނުގައި ދެއްކެވީ ހުވަފެނެއް ނޫން ކަމަށާއި އެއީ ހަގީގަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ ”ކަންގަތި އެވޯޑް 2023“ ދިނުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. “ކެމްޕެއިނުގައި އަޅުގަނޑު ތިޔަބޭފުޅުންނާ ހަމައަށް ގެންދިޔައީ ފަހަރެއްގައި ވެސް ހުވަފެނެއް ނޫން. އަޅުގަނޑު ތިޔަބޭފުޅުންނާ ހަމައަށް ގެންދިޔައީ ހަގީގަތް. އެކަމަކު އޮށުން ގަސްފަޅައި މޭވާ ލިބެނީ، އެ ކަމަށް އެކަށީގެންވާ މުއްދަތު ލިބުނީމާ. އިރާދަކުރެއްވިއްޔާ، އޮށަކުން ނިރު ފަޅަންޖެހޭ މޫސުމުގައި ނިރުފަޅާ […]

މެމްބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއުއަށް ސޯޝަލްމީޑިއާގައި މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ. މި މައްސަލަ ފުލުހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. “ސޯޝަލްމީޑިއާގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއުއަށް މަރުގެ އިންޒާރުދިނުމާ ގުޅިގެން އެ މައްސަލަ ބައްލަވައި ތަހުގީގުކޮށްދެއްވުން އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ވާނީ މި އިދާރާއިން މައްސަލަ ހުށަހަޅާފައެވެ.“ ޝިފާއުއަށް ދިން އިންޒާރު ކުށްވެރިކޮށް މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މީގެއިތުރުން މެންބަރުގެ ސަލާމަތާއި ރައްކާތެރިކަން […]