އަންމަޓީގެ ޕާސްޕޯޓް ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުން ދެމެހެއްޓުމުން, މައްސަލަ ސްޕްރީމް ކޯޓަށް

ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) ގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ދެމެހެއްޓުމުން މި މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން ނިންމައިފިއެވެ. އަންމަޓީގެ މައްޗަށް ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވަނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ހައުސިން މަޝްރޫއުއް ހިންގުމަށްކަމަށް ބުނެ އެތައް ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާާ […]

ދިވެހިންނަށް ލިބިފައިވާ ނަސީބާއި ނިއުމަތްތައް ދަމަހައްޓަންޖެހޭ: ރައީސް

މީ އެއް ގައުމެއް އަދި އެއް ބައެއް ކަމަށާއި ދިވެހީންނަށް ލިބިފައިވާ ނަސީބާއި ނިއުމަތްތައް ދަމަހައްޓަންޖެހޭ ކަމުގައިރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެއްބައިވަންތަ ވެވޭނެ ހުރިހާ ސިފަތަކެއް، އޯގާވަންތަ މާތް އިލާހު ދިވެހީންނަށް ވަދީޢަތްކުރައްވާފައިވާ ކަމަށާއި އެއީ އެއްދީނަކުން ހިދާޔަތް ލިބިފައިވުމުގެ ނަސީބާއި އެއް ބަހަކުން ބަސްމޮށެ އުޅުމުގެ ޝަރަފު ކަމަށެވެ. އަދި އެއް […]

ރައީސް ޔާމީންގެ ބަންދަށް ދިން ލުއިތައް މުރާޖައާ ކުރަނީ

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ބަންދަށް ދީފައިވާ ލުއިތައް މުރާޖައާ ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ޔާމީންގެ ބަންދަށް ލުއިދިނީ މިދިޔަ އޮކްޓޫބަރުގައެވެ. އެގޮތުން ޔާމީން މިހާރު ހުންނަވަނީ ގޭބަންދުގައެވެ. ކަރެކްޝަނުން ޔާމީންގެ ބަންދަށް ލުއިދިނީ އެމަނިކުފާނުގެ ފަރާތުން ބޭސްފަރުވާ ކުރުމަށާއި ކަސްރަތުކޮށް އުުޅުމަށް އިތުރު ލުއިތަކަށް އެދިވަޑައިގަތުމުންނެވެ. ކޮންމެހެން ބައްދަލު ކުރުމަށް އެދޭ […]

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯގެ މަގާމަށް ޑރ.ޒުލްފާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މ. ވައިނުޖެހޭގެ، ޑރ.މަރްޔަމް ޒުލްފާ އައްޔަން ކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ޑރ.ޒުލްފާ މި މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމު ކުރިން ފުރުއްވި ޑރ.ޒުލްފާ މި މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ އޮސްޓްރޭލިއާގެ […]

ބްރިޖުގެ މާލެއިން ހުޅުމާލެއަށްދާ ފަޅި މިރޭ ދެގަޑިއިރަށް ބަންދުކުރަނީ

ސިނަމާލެ ބްރިޖުގެ މާލެއިން ހުޅުމާލެއަށްދާ ފަޅި މިރޭ ދެގަޑިއިރަށް ބަންދުކުރަން ނިންމައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ބްރިޖުގެ މާލެ އިން ހުޅުމާލެ އަށްދާ ފަޅި މިރޭ 1:00 އިން ފެށިގެން ދެގަޑިއިރަށް ބަންދުވާނެ ވާނެ ކަމަށެވެ. އަދި އެވަގުތުގައި ބްރިޖުގެ ހުޅުމާލެ އިން މާލެއަށް އަންނަ ފަޅި ދެކޮޅަށް ދުއްވާގޮތަށް ބަދަލުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އެ ވަގުތު ބްރިޖުން ދަތުރުކުރައްވާއިރު އެ ސަރަހައްދުގައި […]

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގޭ ލިމިޓު 1200 ޑޮލަރަށް މަތިކުރަން ނިންމައިފި

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް މަހެއްގެ މައްޗަށް ނެގޭ ޑޮލަރުގެ ލިމިޓު މަތިކުރަން ސަރުކާރުން ނިންމައިފިއެވެ. އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުން އެރުވި ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ […]

ސަރުކާރު ހިންގުމުގައި ޒުވާނުންގެ ލަފާ ހޯދަން ބޯޑެއް އެކުލަވައިލަން ނިންމަވައިފި

’ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް‘ ބޯޑު ތައާރުފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި މިފަދަ ބޯޑެއް ތައާރަފުކުރަން ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ބޯޑު އެކުލެވިގެންވަނީ 18 އަހަރާއި […]

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރަން ނިންމައިފި

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ހެލްތް އިން އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. ރައީސް އޮފީހުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް އިބްރާހިމް ވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމް އިސްލާހުކޮށް ހަރުދަނާކުރުމަށް ނިންމެވިކަން […]

ކޮމިޝަނަރ އޮފް ޕޮލިސްކަމަށް ޢަލީ ޝުޖާޢު

ކޮމިޝަނަރ އޮފް ޕޮލިސްކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިއަދު އައްޔަން ކުރައްވައިފިއެވެ. އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި މިވަގުތު ތިއްބެވި އޮފިސަރުުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރުކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ހުޅުވައިލުމުން ކުރިމަތިލެއްވީ ޝުޖާޢުއާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ޕޮލިސް ބޯޑުން ލަފާ އެރުވީ ކޮމިޝަނަރ އޮފް ޕޮލިސްކަމަށް ޝުޖާޢު އައްޔަން ކުރެއްވުމަށެވެ. އެގޮތުން ކޮމިޝަނަރ އޮފް ޕޮލިސްކަމަށް ޝުޖާޢު އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު […]

މާލެ ސަރަހައްދުން ފައިލޭރިއާގެ އިތުރު ކޭސްތަކެއް, ޕޮޒިޓިވްވި މީހުންގެ އަދަދު 32 އަށް

މާލެ ސަރަހައްދުން ފައިލޭރިއާގެ އިތުރު ކޭސްތަކެއް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ. ރާއްޖެއިން 2016 ވަނަ އަހަރު ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ކުޅުދުށްފުށި ސިޓީއިން ފެނުނީ މި މަހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހު އެ ރަށުގައި ކުރިއަށްގެންދިޔަ ބިދޭސީ މަސައްކަތެރިންގެ ސްކްރީނިންގ ކެމްޕޭނުގެ ތެރޭގައި ޓެސްޓުކުރުމުގެ ތެެރެއިންނެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ކުޅުދުށްފުށިން ޕޮޒިޓިވްވި ފަރާތްތައް ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ […]