ތަރުޖަމާނަކަށް އައްޔަންކުރެއްވިތާ 3 ހަފުތާ ނުވަނީސް ޝަހީބް މަގާމުން ވަކިކުރައްވައިފި

ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަންކުރެއްވިތާ ތިން ހަފުތާ ނުވަނީސް މުޙައްމަދު ޝަހީބް އެ މަގާމުން ވަކިކުރައްވައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވައިފިއެވެ. ސަރުކާރުން އަދި މިކަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި ޝަހީބް މިހާރު ހިމަނާފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. މިދިޔަ މަހުގެ 13 ގައި ޝަހީބް ތަރުޖަމާނަކަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާތައް […]

އާސަންދަ މެދުވެރިކޮށް އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ފަށައިފި

އާސަންދަ ސްކީމްގެ ދަށުން މިއަދުން ފެށިގެން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ. ބޮޑެތި ބަލިތައް ދުރާލައި ދެނެގަނެ ފަރުވާ ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ މަގުސަދުގައި ދިވެހި ރައްޔިތުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްްސައިދިނުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. މިއަދުން ފެށިގެން މެޑިކަލް ޗެކަޕްގެ ޚިދުމަތް ދޭން ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އަދި އުމުރުން 35 އަހަރާއި 49 ވަނަ އަހަރާ ދެމެދުގެ މީހުންނަށާއި […]

މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުންވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ރަށްރަށުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެ ގެއްލުންވެއްޖެއެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުމާ ގުޅިގެން ފ.ނިލަންދުއާއި ކ.ގުރައިދުއާއި ލ.ގަމާއި ލ.ފޮނަދުއާއި އައްޑޫ ސިޓީ މަރަދޫއިން ވެސް ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން ކ.ގުރައިދޫ ގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން އެހެން ތަންތަނަށް ބަދަލުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. މީގެއިތުރުން ފުވައްމުލަކުގައި 15 ގެއަށްވުރެ ގިނަ ގޭގައި […]

ބަނގުރަލާއެކު ހައްޔަރުކުރި ތިން ބިދޭސީއަކު ކޯޓަށް ހާޒިރުކުރުމުން ބަންދުކޮށެއް ނުދިން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ދެ އޮޮޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ބިދޭސީއަކު ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލައިފިއެވެ. ފުލުހުން މިއަދު ބުނީ ގަވައިދާ ޚިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މި މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބަންގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކާއި އިންޑިޔާގެ 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި […]

އެމްޑީޕީން އެންޓި ޑިފެކްޝަން ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް އެންޓި ޑިފެކްޝަން ގާނޫނު އެކުލަވައިލުމުގެ މަސައްކަތް އެމްޑީޕީން ފަށައިފިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވީ ސަރުކާރުތައް ބަދަލުވާއިރު ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ފެންނަ ކަމަށާއި މަޖިލީހަށް އިންތިޚާބުވާ އަދަދަށް އެއްވެސް އިރެއްގައި މެންބަރުން ހިފެހެއްޓިފައިނުވާ ކަމަށެވެ. އެގޮތުން މުސްތަގުބަލުގައި މަޖިލިސް އިސްލާހުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުން އެމްޑީޕީއާ ރަހުމަތްތެރި ޕާޓީތަކާއެކު އެންޓި ޑިފެކްޝަން ގާނޫނެއް […]

22 ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރެއްވި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާާ މިންވަރު ބަލާ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރެއްވި 22 ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެގޮތުން އެ މައްސަލަ ދިރާސާކުރުމަށްފަހު ވަޒީރުންގެ ޝަރުތު ހަމަވާކަމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ. ނަމަވެސް މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްނުކުރާ ކަމަށާއި ކޮމިޓީ […]

މަޖިލީހުގެ 13 މެންބަރަކު ޕީއެންސީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި 13 މެންބަރުންގެ ތެރެއިން 3 މެންބަރުން ފިޔަވައި ދެން ތިއްބެވި 10 މެންބަރުން ވަނީ އެ ކޯލިޝަނުގެ ލީޑަރު ރައީސް ޑރ.މުޙައްމަދު މުޢިއްޒާ މެމްބަރޝިޕް ފޯމު ހަވާލު ކުރައްވައިފައެވެ. ދެން ގުޅިވަޑައިގެންނެވި ތިން މެންބަރުން މިވަގުތު ތިއްބެވީ ރާއްޖެއިން ބޭރުގައި ކަމުން ޖަލްސާއަށް ވަޑައިނުގެންނެވުނީއެވެ. ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ މަރަދޫ […]

ރައީސް ޔާމީން މިނިވަންވުމަކީ ޖުޑިޝަރީ ތެރޭގައި އޮތް ކަމެއް: ސަރުކާރު

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންވުމަކީ ޖުޑިޝަރީ ތެރޭގައި އޮތްކަމެއް ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެންމެ ގިނައިން ދެއްކެވި އެއް ވާހަކަފުޅަކީ ރައީސް ޔާމީނަށް ހުކުމް އިއްވާފައިވަނީ ޝަރީއަތަށް ނުފޫޒު ފޯރުވައިގެން ކަމަށާއި ވެރިކަން ލިބިވަޑައިގެންފިނަމަ ގާނޫނީ ހަމަތަކުގެ ތެރެއިން އެމަނިކުފާނު މިނިވަން ކުރައްވާނެ ކަމުގެ ވާހަކައެވެ. ރައީސް ޔާމީންގެ ބަންދަށް ދިން ލުުޔާއެކު އޮކްޓޫބަރުމަހުން […]

މޮންޓަނޭގްރޯ ދަތުރުފުޅަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގެންފި

ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް މޮންޓަނޭގްރޯގެ ޑަންލޮވް-ގްރަޑްގައި ބޭއްވި އެ ގައުމުގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީޑިމޮކްރަސީއަކީ މުޖުތަމައުއެއްގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ މައިބަދައިގެ ގޮތުގައި ސިފަކުރައްވައި ޑިމޮކްރަސީއާ ނުލައި މުޖުތަމައުގައި އިންސާފާއި ހަމަހަމަކަމާއި އުފާ ފާގަތިކަން ނޯންނާނެކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ގައުމުގެ […]

ރައީސް ޑރ.މުޢިއްޒު ކުންފުނިތަކާބެހޭ ބިލު ތަސްދީގު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކުންފުނީގެ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ. ކުންފުނީގެ ބިލަކީ މި މަހުގެ 05 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ވިޔަފާރި ޝަޚްސެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި، އެކަމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުން ހިމެނެއެވެ. އަދި ކުންފުނި ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ […]