ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލައިފި

މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޑިމޮކްރެޓްސްގެ ޕްރައިމަރީ އިންތިޚާބު އަންނަ ފެބްރުއަރީ 17 ގައި ޕްރައިމަރީ ބާއްވަން ފާސްކުރީ ބިލަބޮންގ ހައި ސްކޫލުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ އެއްވަނަ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްއިން ވަނީ މަޖިލިސް އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ހުރިހާ އިންތިޚާބީ ދާއިރާކަށް […]

އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި ހުށަހެޅުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި

1948 ވަނަ އަހަރު އެކުލަވައިލި ”ކޮންވެންޝަން އޮފް ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޯސައިޑް“ އާ އިޒްރޭލުން ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި ހުށަހެޅުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ. ”ކޮންވެންޝަން އޮފް ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޯސައިޑް“ އާ އިޒްރޭލުން ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ދެކުނު އެފްރިކާއިން އައިސީޖޭއަށް […]

ޕްރައިމަރީއަކާ ނުލައި 36 ބޭފުޅަކު އެމްޑީޕީގެ މަޖިލިސް ޓިކެޓު ކަށަވަރު ކުރައްވައިފި

މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވި 36 ބޭފުޅަކު ޕްރައިމަރީއަކާ ނުލައި ޓިކެޓު ކަށަވަރު ކުރައްވައިފިއެވެ. މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލި މުއްދަތު ހަމަވީ 30 ޑިސެމްބަރުގެ ނިޔަލަށެވެ. އެމްޑީޕީން މިއަދު ބުނީ ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ބައެއް ދާއިރާތަކަށް ކުރިމަތިލައްވާފައިވަނީ އެންމެ ބޭފުޅެއް ކަމަށެވެ. އެގޮތުން އެމްޑީޕީން ވަނީ ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ޓިކެޓް ކަށަވަރު […]

މިދިޔަ 5 އަހަރު އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިން: މިނިސްޓަރު އަމީން

މިދިޔަ 5 އަހަރު އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ މިދިޔަ 5 އަހަރު 69,780 އުޅަނދު އަލަށް ރަޖިސްޓްރީކޮށްދިން ކަމަށާއި އޭގެތެރެއިން 42,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކުރީ މާލެއަށް ކަމަށާއި މިއީ އާދަޔާ ޚިލާފަށް ގިނަ އަދަދެއް ކަމަށެވެ. “މި ސްކޭލުގައި މި […]

ގޯތި އަދި ފުލެޓު ލިބޭ މީހުންނަށް މި ހަފުތާގައި ރަޖިސްޓްރީ ހަވާލުކުރަން ފެށޭނެ: ރައީސް

މިިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފުލެޓް ލިބޭނެކަމަށް ފައިނަލް ލިސްޓްގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ އެ ފަރާތްތަކަށް ގޯތި ނުވަތަ ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި ހަފުތާއާއި ކުރިއަށް އޮތް ހަފުތާގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ހަފުތާ އާއި މިއަންނަ ހަފުތާ ތެރޭ ގޯތި އަދި ފުލެޓް […]

މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު އަންނަ ހަފުތާގައި އިއުލާނުކުރަނީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު އަންނަ ހަފުތާގައި އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް އެކްސްގައި ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު އަންނަ ހަފުތާގައި އާންމުކޮށް އިއުލާން ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ އިންތިޚާބާބެހޭ ޖަލްސާ އިން ކަމަށް ޙަބީބް ވިދާޅުވިއެވެ. އިންތިޚާބުގެ އެކި […]

ސަރުކާރުގެ ދިމާނުވި ހިސާބު: މިހާރު ތިބީ އިންޑިއާގެ 88 ސިފައިން, “މުހިންމީ ފޮނުވައިލުން, އަދަދެއް ނޫން“

ރާއްޖޭގައި މިހާރު ތިބި އިންޑިއާ ސިފައިންގެ އަދަަދަކީ 88 ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ސަރުކާރުން ކުރިން ހަާމަކުރި ގޮތުގައި ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިންނެވެ. ފަހުން އެ އަދަދު 89 އަށް ބަދަލުވިއެވެ. ރައީސް އޮފީހުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ ޢަބްދުﷲ ނާޒިމް ވިދާޅުވީ އެންމެ ފަހުން ސަރުކާރުގެ އެކަމާބެހޭ ފަރާތްތަކުން ހާމަކުރި މައުލޫމާތުތަކުން ދައްކާ ގޮތުން ރާއްޖޭގައި ތިބީ އިންޑިއާގެ 88 ސިފައިން ކަމަށެވެ. […]

އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ތަސްދީގު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ތަސްދީގު ކުރައްވައިފިއެވެ. މިދިޔަ ޑިސެންބަރު 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި މި ބިލުގައި ގާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމްއިއްޔާތައް އުފެއްދުމާއި އެފަދަ ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ހައްގު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި މަސައްކަތްތެރިންގެ […]

ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ދެ ކުއްޖަކު ރާއްޖެއިން ބޭރަށް ފުރައިފި

ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ދެ ކުއްޖަކު މިއަދު ރާއްޖެއިން ބޭރަށް ފުރައިފިއެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުގެ ދަށުން ސަރުކާރުގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރަތަމަ ކުއްޖާ ރާއްޖެއިން ބޭރަށް ފުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އިތުރު ދެ ކުއްޖަކު މިއަދު ފުރާފައިވާކަން ހާމަކޮށް ހެލްތު މިނިސްޓްރީން މިއަދު ބުނީ އިތުރު ކުދިން އަންނަ ހަފްތާގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. “މިއާ އެކު […]

މީލާދީ އާ އަހަރަކީ ރާއްޖެއަށާއި ދިވެހީންނަށް އުޖާލާ އަލިވިލުމެއް: ރައީސް

އަލަށް ފެށުނު މީލާދީ އާ އަހަރަކީ ދިވެހިރާއްޖެއަށާއި ދިވެހީންނަށް އުޖާލާ އަލިވިލުމެއް ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މީލާދީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި އެންމެހައި ދިވެހި އަޚުންނާއި އުޚުތުންނަށް ފޮނުއްވައި ރައީސް ދެއްވި ޚިތާބުގައި ވިދާޅުވީ ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ، ތަރައްގީގެ ވަރަށް ޚާއްސަ މޫސުމެއް ކަމަށެވެ. މިއީ ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވައުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް […]