މީލާދީ އާ އަހަރަކީ ރާއްޖެއަށާއި ދިވެހީންނަށް އުޖާލާ އަލިވިލުމެއް: ރައީސް

Loading

Facebook
Twitter
WhatsApp

އަލަށް ފެށުނު މީލާދީ އާ އަހަރަކީ ދިވެހިރާއްޖެއަށާއި ދިވެހީންނަށް އުޖާލާ އަލިވިލުމެއް ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މީލާދީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި އެންމެހައި ދިވެހި އަޚުންނާއި އުޚުތުންނަށް ފޮނުއްވައި ރައީސް ދެއްވި ޚިތާބުގައި ވިދާޅުވީ ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ، ތަރައްގީގެ ވަރަށް ޚާއްސަ މޫސުމެއް ކަމަށެވެ.

މިއީ ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވައުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުންވާ ކަމަށާއި ތެދުވެރިކަމާއި އިޚްލާސްތެރިކަން ބޭނުންވާ ކަމަށެވެ.

“އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހަދަމާތޯ. އާ އަހަރަކީ އިވޭ އަޑުތަކާއި، ލިބޭ މައުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހަދަމާތޯ.“

އަދި އާ އަހަރަކީ ހަގީގަތް ގަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ އަހަރެއް ކަމުގައި ހެދުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.

“އަޅުގަނޑުމެން ދިވެހީންނަކީ އެއް ގައުމެއް. އެއް ބައެއް.“ ރައީސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް