ގޯތި އަދި ފުލެޓު ލިބޭ މީހުންނަށް މި ހަފުތާގައި ރަޖިސްޓްރީ ހަވާލުކުރަން ފެށޭނެ: ރައީސް

Loading

Facebook
Twitter
WhatsApp

މިިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފުލެޓް ލިބޭނެކަމަށް ފައިނަލް ލިސްޓްގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ އެ ފަރާތްތަކަށް ގޯތި ނުވަތަ ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި ހަފުތާއާއި ކުރިއަށް އޮތް ހަފުތާގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ހަފުތާ އާއި މިއަންނަ ހަފުތާ ތެރޭ ގޯތި އަދި ފުލެޓް ލިބޭނެކަމަށް ފައިނަލް ލިސްޓްގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް މިނިސްޓްރީއިން ކުރިއަށް ގެންދަވާނެ ކަމަށެވެ.

“ގޯތި އަދި ފުލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓްގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތި/ފްލެޓް ހަވާލުކުރުމަކީ އަޅުގަނޑު ވައުދުވީ ގޮތަށް ކުރިއަށްދާނެ ކަމެއް.“

މީގެއިތުރުން ރައީސް ވިދާޅުވީ ބައެއް ފަރާތްތަކަށް ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމަށްވާތީ، އެ ތަންތަން ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ބާރަށް ކުރިއަށްގެންދާނެ ކަމަށެވެ. އަދި މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ތެރެއިން ގުޅީފަޅާއި ގިރާވަރުފަޅުން އިތުރު ބިން ހިއްކުމަށް ތައްޔާރުވަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް