ޕްރައިމަރީއަކާ ނުލައި 36 ބޭފުޅަކު އެމްޑީޕީގެ މަޖިލިސް ޓިކެޓު ކަށަވަރު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވި 36 ބޭފުޅަކު ޕްރައިމަރީއަކާ ނުލައި ޓިކެޓު ކަށަވަރު ކުރައްވައިފިއެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލި މުއްދަތު ހަމަވީ 30 ޑިސެމްބަރުގެ ނިޔަލަށެވެ.

އެމްޑީޕީން މިއަދު ބުނީ ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ބައެއް ދާއިރާތަކަށް ކުރިމަތިލައްވާފައިވަނީ އެންމެ ބޭފުޅެއް ކަމަށެވެ.

އެގޮތުން އެމްޑީޕީން ވަނީ ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ޓިކެޓް ކަށަވަރު ކުރެއްވި ބޭފުޅުންގެ ނަންތައް އިއުލާނުކޮށްފައެވެ. އޭގެތެރޭގައި މިހާރު ވެސް މަޖިލީހުގެ ބައެއް ދާއިރާތައް ތަމްސީލުކުރައްވާ މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން އެމްޑީޕީން ބުނީ އެއް ކެންޑިޑޭޓަަކަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކާމެދު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް އެކަށައެޅިފައިވާ ވިލަރެސް ކޮމެޓީއިން ނިންމާ ގޮތެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

Loading

2 Responses

  1. ސީދާ ޑިމޮކްރެސީގެ ފުރިހަމަ ނަމޫނާއެއް! އެހެނީ ޕާޓީގެ އިންވެސްޓްމަން އާމް (އަތް) އެ އަތާ ނުލާ ކިހިނެއް ކެމްޕޭނެއް ހިންގާނީ. އަމުދުން ފެނަކާ ސަޢީދު އެއީ 10 އިންވެސްޓަރުނަށްވުރެވެސް ގިނަ ފައިސާ ދޭނެ މީހެއްކަމަށް ފެނެއެވެ. ހުރިހާ ލަކީ ބޭފުޅުންނަށް މަރުޙަބާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް