ބަލިވެ އިނދެ ވިހާ އަންހެނުން ވިހާ ”މަސް“ ގަނެ ސްމަގްލް ކުރާ މައްސަލައެއް ފުލުހުން ބަލަންފަށައިފި

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުގައި، ބަލިވެ އިނދެ ވިހާ އަންހެނުން ވިހާ ”މަސް“ ގަނެ ސްމަގްލް ކުރާ ބަޔަކު ފާހަގަ ކުރެވިގެން އެމައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށް ޚަބަރު ލިބެއެވެ.


މި“މަސް“ ބޭނުން ކުރަނީ މުސްކުޅި ނުވާގޮތް ހެދުމަށް ޖަހާ އިންޖެކްޝަންގައި ބޭނުން ކުރުމަށް ކަމަށް ވެއެވެ.
ޕާކިސްތާންގެ ފެޑަރަލް އިންވެސްޓިގޭޝަން އޭޖެންސީން ހާމަ ކޮށްފައިވާ ގޮތުގައި އެތައްބަޔަކު ގުޅިގެން ހިންގާ މިޖަރީމާގައި،މިފަރާތްތަކުން ކޮންމެ މަހަކުވެސް އެކިހޮސްޕިޓަޓަލް ތަކުން 200 ކިލޯއެއްހާ ”މަސް“ ގަންނަމުންދާކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. މިގޮތުން ގަންނަ ”މަސް“ ބޭރަށް ފޮނުވުމުގެ ކުރިން ހިއްކާ ޕްރޯސެސް ކުރާކަމަށް ވެއެވެ.
އިސްލާމް އާބާދުގައި މިދިޔަ ހަފްތާގައި ހިންގި ޕޮލިސް ރެއިޑް އެއްގައި ގަވާއިދާއި ޚިލާފަށް ހިންގާ ޕްރޯސެސިންގ ފެސިލިޓީ އަކުން މިފަދަ ”މަސް“ ކަމަށް ބެލެވޭ 500ކިލޯއެއްހާތަކެތި ފެނިފައިވާ ކަމަށްވެއެވެ.މިކަމާ ގުޅިގެން ފަސް މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އެފް.އައި.އޭ އިން ހާމަ ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މިފަދަ ޕްރޯސެސިންގ ފެސިލިޓީ އަކަށް ބަދަލު ކޮށްފައިވާ ގެއެއްގައި ޓްރޮލީ-ކާޓް ތަކެއްގެ މަތީގައި އަތުރާފައިވާ ޓްރޭތަކެއްގައި މިފަދަ ”މަސް“ ތަކެއް އަތުރާފައި ހުރެއެވެ.އަދި އިސްލާމް އާބާދު އެއާޕޯޓުން ވިއެޓްނާމް އަށް ފޮނުވަން ތައްޔާރު ކޮށްފައިވާ 100ކިލޯގެ ޝިޕްމަންޓެއްވެސް އެފް.އައި.އޭ ގެ އޮފިޝަލުން ވަނީ ހިފަހައްޓާފައެވެ.
ތަހްގީގަށް ހާމަވެފައިވާ ގޮތުގައި ހައްޔަރު ކުރެވުނު ފަސް މީހުން އިސްލާމް އާބާދު އަދި ރާވަލްޕިންޑީގެ ހޮސްޕިޓަލް ތަކުން ”މަހެއް“ ގަންނަނީ 800 އެއްހާ ރުޕީސް އަށެވެ.އެއީ ގާތްގަނޑަކަށް 2.90ޔޫއެސް ޑޮލަރެވެ.މިތަކެތި ދެން އެކްސްޕޯޓް ކުރަނީ ހަންގަނޑުގައި ރޫނުޖެހޭގޮތް ހެދުމަށް ޖަހާ އިންޖެކްޝަންގައި ބޭނުން ކުރުމަށް ކަމަށް ވެއެވެ.މީގެ ކޮންމެ އިނޖެކްޝަނެއް ވިއްކަނީ ހަތްލައްކަ ރުޕީސް ނުވަތަ 2،530ޔޫއެސް ޑޮލަރަށެވެ.
އެފްއައިއޭއިން ގަބޫލު ކުރާގޮތުގައި މިގްރޫޕްގެ ހަރަކާތްތައް ވަނީ އިސްލާމް އާބާދުގެ އިތުރުން ލާހޫރު،ޕެޝާވަރު އަދި ރާވަލްޕިންޑީފަދަ ބޮޑެތި ސިޓީ ތަކަށްވެސް ފުޅާކޮށްފައެވެ. ޝައްކު ކުރެވޭ ގޮތުގައި މިކަމުގައި ހޮސްޕިޓަލް ތަކުގެ މުވައްޒަފުންގެ އިތުރުން ބައެއް އިމިގްރޭޝަން އޮފިސަރުންނާއި ވޭސްޓް މެނޭޖްމަންޓު ކުންފުނި ތައް ބައިވެރި ވެއެވެ.
ޕާކިސްތާނުގައި އިންސާނީ ގުނަނުގެ ވަގުވިޔަފާރި ކުރާފަރާތްތަކަށް 10 އަހަރުގެ ޖަލު ހުކުމަކާއި އެކު 1މިލިއަން ރުޕީސްގެ ޖޫރިމަނާއެއް ކަނޑައަލާފައި ވެއެވެ.
މީގެ ކުރިން އިންސާނީ ގުނަންތައް ވަގަށް ވިއްކައިގެން ފިޔަވަޅުތައް އަޅާފައި ވީނަމަވެސް މިއީ މިގޮތަށް އިންސާނުންގެ ”މަސް“ ވިއްކައިގެން ފިޔަވަޅުއެޅޭ ފުރަތަމަ ފަހަރު ކަމަށް އެފް.އައި.އޭ އިން ފާހަގަކޮށްފައި ވެއެވެ.
ހައްޔަރު ކުރެވުނު ފަސްމީހުން ފުރަތަމަ ބުނީ އެމީހުން ވިއްކަނީ ޝީޕް ނުވަތަ ކަންބަޅީގެ ”މަސް“ ކަމަށާ ނަމަވެސް ތަހްގީގްތައް ފުޅާކޮށް ވަރުގަދަ ކުރުމުން އެމީހުން ވިއްކަނީ އިންސާނުންގެ ”މަސް“ ކަން ވަނީ ހާމަވެފައެވެ.
މަފަދަ މަހަކީ ވަރަށް ”އިންފެކްޝަސް“ ނުވަތަ އޭގައި ހުރެދާނެ ބައްޔެއް އެހެން މީހުންނަށް އެރުމުގެ ފުރުސަތު ބޮޑު އެއްޗަކަށް ވާތީ ”މަސް“ ނައްތާލުމަށް ހޮސްޕިޓަލް ތަކުގައި ވަރަށް ހަރުކަށި ގަވާއިދުތައް ހެދިފައިވާ ކަމަށް ގައިނެކޮލޮޖިސްޓުން މައުލޫމާތު ދީފައި ވެއެވެ. ހުރިހާ ގައުމުތަކެއްގައިހެން، ދަރިފުޅު ވިހެއުމާއި އެކު މެޑިކަލްވޭސްޓްގެ ގޮތުގައި ބަލާ ”މަސް“ ނައްތާލައެވެ.ހޮސްޕިޓަލުން މިކަން ނުކުރާނަމަވެސް މިކަން ކުރަންޖެހެނީ ޚާއްސަ ހުއްދައެއްދެވިފައިވާ ކުންފުނި ތަކުންނެވެ. އަދި ނައްތާލެވޭ މަހުގެ އަދަދާ އެހެން ރިކޯޑްތައް ބަލަހައްޓަން ޖެހެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް