އީސީގެ މެންބަރުކަމަށް ނަޝާތު އައްޔަން ކުރައްވައިފި

Loading

November 16, 2023
profile
Facebook
Twitter
WhatsApp

އިލެކްޝަންގެ ކޮމިޝަނުގެ މެމްބަރުކަމަށް އިތުރު ދައުރަކަށް ޢަލީ ނަޝާތު އައްޔަން ކުރައްވައިފިއެވެ.

ނަޝާތުގެ މެމްބަރުކަމުގެ ދައުރު ހަމަވީ ޖުލައި 15 އަށް ހަމަވުމުން ދެވަނަ ދައުރަކަށް އޭނާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވީ މިދިޔަ މެއިމަހުއެވެ.

ދެވަނަ ދައުރަކަށް ނަޝާތު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ނިންމި ގޮތަށް ދެވަނަ ދައުރަކަށް ނަޝާތު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ އިއްޔެގައެވެ.

ނަޝާތަށް އިތުރު ދައުރެއް ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ ވޯޓުންނެވެ.

އެގޮތުން ގާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރައީސް ޞާލިޙް މިއަދު ވަނީ އީސީގެ މެމްބަރުކަމަށް އިތުރު ދައުރަކަށް ނަޝާތު އައްޔަން ކުރައްވައިފައެވެ.

އީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ނަޝާތުއާއި ހަވާލުކުރެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން ރައީސް ޞާލިޙްގެ ކުރިފުޅުމަތީގައި ނަޝާތު ވަނީ މެންބަރުކަމުގެ ހުވައި ކުރައްވާފައެވެ. ނަޝާތުއަށް ހުވާ ލައިދެއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރުއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް