މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެ އިދާރާއިން ހޯދަމުންދަނީ ހއ. ދިއްދޫ / ޕެލަސް، އިބްރާހީމް ޝަފީޤް (40އ) އެވެ.

އޭނާ ހޯދަމުންދަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައާ ގުޅިގެން ހުޅުމާލެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ, ބަންދުގައި ބަހައްޓައިގެން 2023 ނޮވެމްބަރ 19 ވަނަ ދުވަހުގެ 11:15 އަށް ކްރިމިނަލް އޭނާ ކޯޓަށް ހާޒިރުކޮށް ދިނުމަށެވެ.

ޝަފީޤް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް