"ދަ ރެޒިލިއެންޓް މޯލްޑިވްސް: ޓޫރިޒަމް ރިކަވަރީ ފްރޮމް ކޮވިޑް-19" ވީޑިއޯ ޑޮކިއުމެންޓަރީ މިރޭ ރިލީސް ކުރަނީ

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 ގެ ގޮންޖެހުންތަކުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން އާރާސްތުކުރުމަށް ދިވެހިރާއްޖޭގެ އެންމެން ޝާމިލުވާ ގޮތަށް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން ކުރެވުނު މަސައްކަތްތައް ދައްކުވައިދޭ ”ދަ ރެޒިލިއެންޓް މޯލްޑިވްސް: ޓޫރިޒަމް ރިކަވަރީ ފްރޮމް ކޮވިޑް-19“ ވީޑިއޯ ޑޮކިއުމެންޓަރީ މިރޭ ރިލީސް ކުރަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން މިއަދު ބުނީ މި ވީޑިއޯ ޑޮކިއުމެންޓަރީ އާންމުކުރާނީ މިރޭ 10:15 ގައި ކަމަށެވެ.

މިނިސްޓްރީއިން ބުނީ 45 މިނިޓްގެ ދިގު މި ޑޮކިއުމެންޓަރީގައި ކޮވިޑް ރާއްޖެއަށް ފެތުރެންފެށި ދުވަސްތަކުގެ ހާލަތުން ފެށިގެން ދިވެހިރާއްޖޭގެ ޓޫރިޒަމް އިހު ހުރިވަރު ހަމަކުރަން ކުރެވުނު މަސައްކަތާއި, މަސައްކަތް ކުރެވެނު ގޮތާއި، ހާސިލުވި ނަތީޖާގެ މައްޗައް އަލިއަޅުވާލާފައިވާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކޮވިޑުން އަރައިގަނެ ހޯދި ކާމިޔާބީއަކީ ދުނިޔޭގެ ސަމާލުކަން ލިިބި ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ތައުރީފު ލިބެމުންދާ ކަމެއް ކަމަށެވެ.

މިނިސްޓްރީއިން ބުނީ މި ޑޮކިއުމެންޓަރީ ރާއްޖޭގެ ގިނަ ޓީވީ ޗެނަލްތަކުން އެއްވަގުތެއްގައި ދައްކާނެ ކަމަށާއި އެގޮތުންޑޮކިއުމެންޓަރީ ދެއްކުމަށް މިހާރު ހަމަޖެހިފައިވާ ޗެނަލްތަކަކީ ޓީވީ މޯލްޑިވްސް، ރާއްޖެ ޓީވީ، ވީޓީވީ، އެސްއެސްޓީވީ، ދިވެހި ޗެނަލް އަދި ވަގުތު ޓީވީ ކަމަށެވެ. ޓީވީއިން ދެއްކުމުގެ އިތުރަށް މި ޑޮކިއުމެންޓަރީ، ބައެއް މީޑިއާ ޗެނަލްތަކުންނާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސޯޝަލްމީޑިއާ ހޭންޑްލްތަކުން ލައިވް ސްޓްރީމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ޑޮކިއުމެންޓަރީ މިރޭ އެ ގަޑީގައި ދެއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ގުޅައިގެން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ. މިނިސްޓްރީ އޮފް ޓޫރިޒަމަށް މިޑޮކިއުމެންޓަރީ ތައްޔާރުކޮށް ދީފައިވަނީ ރެޑްލިޓް މީޑިއާއިންނެވެ. ޑޮކިއުމެންޓަރީގެ ޓްރެއިލަރ މިމަހުގެ 12 ވަނަދުވަހު ވަނީ ރިލީސްޒް ކުރެވިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް