ޑރ.މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރައްވައިފި

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ރައްޔިތުން އިންތިޚާބު ކޮށްފައިވާ ޑރ.މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރައްވައިފިއެވެ.

ޑރ.މުޢިއްޒު ހުވާކުރެއްވީ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ޖަލްސާ ފެށީ ގައުމީ ސަލާމުންނެވެ. އެއަށްފަހު ގުރުއާނުގެ ބަރަކާތުންނެވެ.

އެއަށްފަހު މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ މަޖިލީހުގެ ރައީސް މުޙައްްމަދު އަސްލަމް ވަނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި މަޖިލީހުގެ މެންބަރުންގެ އަދަަދު ހާމަކުރައްވައިފައެވެ. އަސްލަމް ވިދާޅުވި ގޮތުން ޖަލްްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 81 މެންބަރުންނެވެ.

ޖަލްސާގައި ދެން އޮތީ ޑރ.މުޢިއްޒާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) މަގާމުގެ ހުވާކުރެއްވުމެވެ. ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ.މުޢުތަޞިމް އަދުނާނެވެ.

މިދިޔަ ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައި, އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މައްޗަށް ޑރ.މުޢިއްޒު ކުރި ހޯއްދެވީ 129,159 ވޯޓާއެކުއެވެ. އެއީ ވޯޓު ދިންް މީހުންގެ 54 އިންސައްތައެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 109,869 ވޯޓެވެ.

ޑރ.މުޢިއްޒު ރައީސްކަމުގެ ހުވާކުރައްވާފައިވާއިރު އެމަނިކުފާނުގެ ކެބިނެޓް އިއުލާނު ކުރެއްްްވުން އޮންނާނީ މިރޭ 19:30 ގައި ރައީސް އޮފީހުގައި ބާއްވާ ރަސްމިއްޔާތުގައެވެ.

ފޮޓޯ: މިހާރު ނޫހުން ނަގާފައި

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް