އީރާނުން އަލަށް އުފެއްދި ހައިޕަރސޯނިކް މިސައިލް ދައްކާލައިފި

މިދިޔަ ޖޫންމަހުގެތެރޭގައި އީރާނުން އުފެއްދި  ގަޑިއަކު 1400 މޭލަށް ދަތުރުކުރާ ފައްތާޙް ހައިޕަރސޯނިކް މިސައިލް އެންޓި އެއަރކްރާފްޓްގެ ޙަމަލާތަކުގެ އަމާޒަކަށް ނުވާނެގޮތުން އިތުރަށް ތަރައްގީ ކުރުމަށްފަހު ފައްތާޙް 2 ދުނިޔެއަށް ދައްކާލައިފިއެވެ. އީރާނުން ހާމަކޮށްފައިވާ ގޮތުގައި މި އުޅަނދުގެ ދުވެލި އަޑަށްވުރެން 15 ގުނަ ބާރުވާނެއެވެ. އޭގެ މާނައަކީ ގަޑިއަކު ގާތްގަނޑަކަށް 9000 މޭލުގެ ބާރު ދުވެއްޔެކެވެ. އަދި އެ އުޅަނދުގައި ހައިޕަރސޯނިކް ގްލައިޑް ހަރުކޮށްފާ ހުރުމުގެ ސަބަބުންނާއި މިސައިލް ވަކިކޮށްލެވި އަދި ވަރަށް އަވަހަށް މިސްރާބު ބަދަލުކުރެވޭނެތީ ކޮންވެންޝަނަލް މިސައިލް ޑިފެންސުގެ ނުރައްކާ ކުރިމަތިވެދާނެ ޙާލަތެއްވެސް ނޯންނާނެއެވެ. އީރާނުގެ […]

ސިޓީ އޮޕްޓިކަލް އިން ހުކުރު ދުވަހު ވެސް ޚިދުމަތް ދޭން ފަށަނީ

ލޯ ޓެސްޓްކޮށް ނަމްބަރު އައިނު ހަދައިދިިނުމުގެ ޚިދުމަތް ދޭ ސިޓީ އޮޕްޓިކަލް އިން ހުކުރު ދުވަހު ވެސް ޚިދުމަތް ދޭން ނިންމައިފިއެވެ. އެ ތަނުން ބުނި ގޮތުގައި ހުކުރުދުވަހު ޚިދުމަތް ދޭން ނިންމީ ގިނަ ކަސްޓަމަރުންތަކެއްގެ އެދުމުގެ މަތިން ކަސްޓަމަރުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުންނެވެ. ސިޓީ އޮޕްޓިކަލް އިން ޚިދުމަތް ދޭނީ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ. އެ ތަނުން ބުނީ ހުކުރު ދުވަހު ލޮލުގެ ނަންބަރު ނެގުމާއި ނަމްބަރު އައިނު ހެއްދުމުގެ ޚިދުމަތާއި […]

އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ބާނީ ހެންރީ ކިސިންޖާ އަވަހާރަވެއްޖެ 

އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ހެންރީ ކިސިންޖާ ޢުމުރުން 100 އަހަރުގައި އިއްޔެ އަވަހާރަވެއްޖެއެވެ. ހެންރީގެ މަޞްލަޙަތު އޮންނަ ކިސިންޖާ އެސޯސިއޭޓްސް، އިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ އަމަންއަމާންކަމާގުޅޭ ދާއިރާއިން ނޯބަލް ޕްރައިޒްގެ އިނާމު ހާސިލު ކުރައްވާފައިވާ ހެންރީ 2023 ނޮވެމްބަރު 29 ވަނަ ދުވަހު އަވަހާރަވެފައިވާ ކަމަށެވެ.  އޭނާ އަވަހާރަވީ ކަނެކްޓިކް ސްޓޭޓްގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުގައެވެ. ހެންރީ ކިސިންޖާއަކީ ރައީސް ރިޗާޑް ނިކްސަން އާއި ޖެރަލްޑް ފޯޑްގެ ވެރިކަމުގައި އެމެރިކާގެ ސެކްރެޓަރީ […]

ހިސްޓޯ ޕީއެންސީ ދޫކުރައްވައި ޕީއެންއެފް އަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ)  ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ކަމުންނާއި ޕާޓީގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ވެރިކަން ކުރާ މައި ޕާޓީ, ޕީއެންސީގެ ރައީސް ޑރ.މުހައްމަދު މުޢިއްޒުއަށް ފޮނުއްވި ސިޓީގައި ހިސްޓޯ ވިދާޅުވީ ޕީއެންސީ މިހާރު ހިނގަނީ ”ހައްދުންމަތިން“ އަންނަ މީހަކު ޕާޓީ އޮފީސްތެރެއިން އަޑަފިކޮޅު ހިއްޕަވައިގެން ނުކުންނަވައި ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެހާ މެންބަރުންގެ މޫނަށް ”ހައްޕުނޑު“ ބުރުވުމުގެ ނޭއްގާނީ އުސޫލުން ކަމުގައެވެ. އެގޮތުން މިފަދަ […]

އެކުވެރި އަރަބި އިމާރާތުގެ ކާމިޔާބީގެ ދަތުރުން ގިނަ ފިލާވަޅުތަކެއް

ކުރިއަށް އޮތީ ދުބާއީއަށް ހަލަބޮލި ދުވަސްކޮޅެކެވެ. އެކުވެރި ދައުލަތުގެ މޫސުމާއި ބެހޭ މަހާސިންތާގައި ބައިވެރިވުމަށް އެތައް ހާސް ޑިޕްލޮމެޓުންނާއި، އެކްޓިވިސްޓުންނާއި، ވިޔަފާރިވެރިން އެގައުމަށް ދިއުމަށްވަނީ ހަމަޖެހިފައެވެ. ތަފާތު ފިކުރުތަކާއި، މަސްލަހަތުތަކަށް ތަބައަވާ ފަރާތްތައް އެއްކޮށް، ޒުވާބުކޮށްގެންނަމަވެސް މޫސުމާއިބެހޭ މައްސަލަތަކަށް ހައްލުހޯދުމަށް އެފަރާތްތައް ގުޅިގެން މަސައްކަތްކުރުވުމުގައި ޔޫއޭއީގެ ހުނަރުވެރިކަން މުޅި ދުނިޔެއަށް ފެނިގެންދާނެއެވެ. އޔޫއޭއީއަށް ސަމާލުކަން ދޭންވީ ހަމައެކަނި މިހެން ވެގެނެއް ނޫނެވެ. ވަރުގަދަ ބާރުތަކެއްގެ މައްޗަށް އެކުލެވޭ ދުނިޔެއެއްގައި ކުރިއަރައިދާނެ ގޮތުގެ މަގުޗާޓެއް ދައްކުވައިދޭ ގައުމަކަށްވެސް ވާތީއެވެ. […]

މަންޑޭގެ 7 މިލިއަންގެ އަގުބޮޑު އެޕާޓްމަންޓުން 7 މިލިއަންގެ މުދާ ފެނުނު, 225 ދައުވާއެއް އުފުލަނީ

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި މަކަރާއި ހީލަތް ހަދާފައިވާ މައްސަލާގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ޙަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 225 ދައުުވާ އުފުލޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ. ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ މަމްދޫޙު އިސްކޮށް ހުރެ ކޭޕާކުގެ 41 ފުލެޓު 107 މީހަކަށް ވިއްކާފައިވާ ކަމަށެވެ. ޝަމީމް ވިދާޅުވީ […]

ރާއްޖެ-ތުރުކީ ގެ ގުޅުމުގެ އާ ބާބެއް ވަނީ ފެށިފައި: ރައީސް

ތުރުކީއަށް ކުރެއްވި ދަތުރުފުޅާއެކު ރާއްޖެ-ތުރުކީ ގެ ގުޅުމުގެ އާ ބާބެއް ފެށިފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މި މަހުގެ 26 ގައި ތުރުކީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ކޮޕް 28 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ފުރާވަޑައިގަންނަވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުުރުފުޅާ ގުޅިގެން އެކްސްގައި ރައީސް ވިދާޅުވީ މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. މި […]

ކޮޕް 28 އަށް ރައީސް މުޢިއްޒު ދުބާއީއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ދުބާއީއަށް ވަޑައިގެންފިއެވެ. ރައީސް މުޢިއްޒު ދުބާއީއަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކޮޕް 28 ގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ މަތީ ފަންތީގެ ވަފްދުވެސް ވަޑައިގެންނެވިއެވެ. ސަރުކާރުން ބުނީ ކޮޕް 28 ބައްދަލުވުން ވެގެންދާނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ […]

އިސްރާއީލުން ސީރިއާގެ ޑަމަސްކަސް އެއާޕޯޓަށް ދިން ހަމަލާ ރަޝިއާއިން ކުށްވެރިކޮށްފި

ސީރިއާގެ ޑަމަސްކަސް އިންޓަނޭޝަނަލް އެއަރޕޯޓަށް އިސްރާއީލުން ދިން ވައިގެ ހަމަލާ އެކުވެރި ރަޝިއާއިން ކުށްވެރިކޮށްފިއެވެ.  ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ އާދީއްތަ ދުވަހު ބުނީ، މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހަނގުރާމައިގެ ސަބަބުން ހަލަބޮލިވެފައިވާ އެ ސަރަހައްދު އިތުރަށް ހަލަބޮލިވެދާނެކަމުގެ ބިރު އޮތްކަމަށެވެ.  ”ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން އިސްރާއީލުން ސީރިއާގެ އާންމުން އަސާސީ ބޭނުމަކަށް ބޭނުންކުރާ މުހިންމު އިމާރާތަކަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން.“ ޒަޚަރޯވާ ދިން ބަޔާނެއްގައި ބުނެފައިވެއެވެ.  […]

އޮސްޓްރޭލިއާގެ ކުއީންސްލޭންޑަށް ހޮނުގުގުރި އެޅުމާއެކު ފެންބޮޑުވާނެކަމުގެ އިންޒާރުދީފި

އޮސްޓްރޭލިއާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ސްޓޭޓްތަކަށް ބޯވާރެއާއެކު ވައިގަދަވެ ހޮނުއަޅަމުން އަންނައިރު، ނިއު ސައުތު ވޭލްސް (އެންއެސްޑަބްލިއު) ސަރަހައްދުގައި ފެންބޮޑުވާނެކަމުގެ އިންޒާރު ދީފިއެވެ. އެންއެސްޑަބްލިއުގެ ސައުތު ކޯސްޓުގައި 300 މިލިމީޓަރަށް ފެންބޮޑުވާނެކަމަށް ލަފާކޮށްފައިވާއިރު، އެސަރަހައްދުގެ އަވަށްތަކަށްވެސް ވިއްސާރައިގެ އަސަރުކުރާނެކަމަށް މޫސުމާއި ބެހޭ ވުޒާރާތަކުން ލަފާކުރެއެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އޮސްޓްރޭލިއާގެ ސަސަފްރަސްއަށް 231 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އަލަޑަލަ އަށް 196 މިލިމީޓަރު އަދި ޖާވިސް ބޭ އެއަރފީލްޑަށް 225 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން ވަނީ […]