ނާޒިމަށް ދިން އަދަބު ކުޑަވެގެން ހައި ކޯޓަށް

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއ ނާޒިމް ސައްތާރަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ތިން މަހާއި 26 ދުވަހުގެ ގޭ ބަންދު ހުކުމް ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. ނާޒިމަށް ދިން އަދަބު ކުޑަވެގެން ޕީޖީ އޮފީހުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ މިއަދުއެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ބަންގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރާއެކު […]
ހުޅުމާލޭ ބީޗް ފްރަންޓުން ބިން ގަތުމަށް ހުށަހެޅި މީހުންނާއި އަގުތައް އާންމުކޮށްފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބީޗު ފްރަންޓުން ވިއްކަން ހައުސިން އެޗްޑީސީން އިއުލާނު ބިންތައް ގަތުމަށް ހުށަހެޅި ފަރާތްތަކާއި އެ ފަރާތްތަކުން ހުށަހެޅި އަގުތައް އެކުންފުނިން އާއްމުކޮށްފިއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓުގެ ޖުމްލަ 74 ބިމެއް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިއުލާނުކުރީ މިދިޔަ އޮގަސްޓު 18 ވަނަ ދުވަހުއެވެ. އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައި އޮތީ އަތިރިމަތީ ފަރާތުން ބީލަމަށް ހުޅުވާލި 22 ބިމަށް އަގު ކިޔާފައި ވަނީ […]
ދުބާއީން ރާއްޖެ އައި މީހެއްގެ ލަގެޖުގައި 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 12 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން މިއަދު ބުނީ، އެތަކެތި އަތުލައިގެންފައިވަނީ މިމަހުގެ އެއްވަނަ ދުވަހު ވައިގެ މަގުން ދުބާއީ އިން ރާއްޖެ އައި ޕާކިސްތާނުގެ ފިރިހެން ރައްޔިތެއްގެ ލަގެޖުން ކަމަށެވެ. ޕާކިސްތާނުގެ 48 އަހަރުގެ މީހާގެ ލަގެޖުން ފެނުނު ތަކެތި ތަހުލީލު ކުރިއިރު ހެރޮއިންއަށް ވަނީ ޕޮޒިޓިވްވެފައެވެ. އެތަކެތީގެ ބަރުދަނުގައި 10 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު […]
ވެލިދޫގައި ބޮޑު މާރާމާރީއެއް: އެކަކުގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަަހަމްކޮށްލައިފި

ނ. ވެލިދޫގައި ޒުވާނުންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކަކުގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. މި މާރާމާރީ ހިންގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ”ސަންދާނަށް“ އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ އެކުގައި އުޅޭ ބައެއްގެ މެދުގައި ޖެހުނު މައްސަލައެއް ހޫނުވުމުންނެވެ. މި މާރާމާރީގައި، އެކަކުގެ ބޮލަށާއި ބުރަކަށްޓަށް ހަމަލާދީ ޒަހަމްކޮށްލައިފައިވެއެވެ. ”ބުރަކަށްޓަށް ހުރީ ތޫނު އެއްޗަކުން ހަމަލާދީފައި. އެކަމުގެ ސަބަބުން ހިނގައި ނުހެނދޭ“ މައުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ. މާރާމާރީގައި ޒަހަމްވި މީހާ އިތުރު […]
ޑެންގޫ ޖެހިގެން ތޮއްޑޫ ޒުވާނަކު މަރުވެއްޖެ

ޑެންގީ ހުން ޖެހިގެން ފަރުވާ ދެމުން ދިޔަ ޒުވާނަކު މެރުވެއްޖެއެވެ. އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެފައި ވަނީ އއ. ތޮއްޑޫ، ރަންމުތް، އާދަމް ވިޔާމު (19 އ)އެވެ. ވިޔާމުގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދުގެ އަސުރު ނަމާދަށްފަހު އާ ސަހަރާގައެވެ. އިއްޔެވެސް ވަނީ ޑެންގީ ގުން ޖެހިގެން އަސް އަހަރުގެ ކުއްޖަކު މަރުވެފައެވެ. އެ ކުއްޖާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ. ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރު […]
ކޮންމެ ދެ ހަފްތާއަކުން އައިފޯން 13 ޕްރޯއެއް ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލުން ފަށައިފި

ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް އެ ބެންކުން މިއަދު ފަށައިފި އެވެ. މިޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ ޑިސެންބަރުމަހުގެ ނިޔަލަށެވެ. މިމުއްދަތުގެ ތެރޭގައި ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނެއް މިޕްރޮމޯޝަންގެ ދަށުން ގުރުއަތުގައި ބައިވެރި ކުރާނެއެވެ. އަދި ކޮންމެ ދެ ހަފްތާއަކުން ހޮވޭ ނަސިބުވެރި އެއް ފަރާތަކަށް އައިފޯން 13 ޕޮރޯއެއް ލިބޭނެ އެވެ. މީގެ އިތުރުން […]
އޮޅުމަކާ ހުރެ ނެގުން މެދުކެނޑިފައި އޮތް ގްރީން ޓެކްސް މިއަދުން ފެށިގެން ނެގޭ ގޮތް ހަދައިފި

ސަރުކާރަށް އެރި އޮޅުމަކާއި ގުޅިގެން ނެގުން ހުއްޓިފައި އޮތް ގްރީން ޓެކްސް މިހާރުން ފެށިގެން ނެގޭނެ ގޮތަށް ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު އަށް 12 ވަނަ އިސްލާހް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ. ގްރީން ޓެކްސް ނެގުން ހުއްޓިފައިވަނީ ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، އެ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް ޖަހާފައި އޮތުމުންނެވެ. އެ އިސްލާހު […]
މަހަށް ނުކުމެ އުޅުނު ދިވެހި ފިރިހެނަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ގއ. ގެމަނަފުއްޓާއި 50 މޭލު ދުރުން މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. ”ސަންދާނަށް“ އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ގއ.ގެމަނަފުށީގައި ދުއްވާ ”ދޮންދީދީީ“ މަސް ދޯނިން މަހަށް ގޮސް އުޅުނު އެރަށު މުހައްމަދު ވަސީމެވެ. އުމުރުން 53 އަހަރުގެ ވަސީމް މަރުވެފައިވަނީ މިއަދު މެންދުރު ފަހު 2:30 ހާއިރުއެވެ. ކޯސްޓްގާޑުން މިހާރު އަންނަނީ ވަސީމްގެ ހަށިގަނޑު ގއ. ގެމަނަފުއްޓަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ
ފުލުހުންނަށް ނަން އޮޅުވާލި މީހަކު ދެ މަހަށް ގޭ ބަންދަށް

ޝަހުސު އޮޅުވާލުމުގެ ކުށް ސާބިތުވި މީހަކު ދެ މަހާއި 12 ދުވަހަށް ގޭބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. ޝަަހްސު އޮޅުވާލުމުގެ ކުށް ސާބިތުވެ، ހުކުމްކޮށްފައިވަނީ މ.ވައިޓްފިޝް އިބްރާހިމް ޝަރީފްގެ މައްޗަށެވެ. މި މައްސައަކީ، 14 އޮގަސްޓް 2020 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ނިކަގަސްމަގުގައި ހުންނަ އިލެކްޝަން ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު ކައިރިން ފެނިގެން ހުއްޓުވައި މައުލޫމާތު ސާފުކުރުމުން ނުބައި ނަމަކާއި އައިޑީކާޑު ނަންބަރެއް […]
ކޯރާޑިއަކުން ޖަހައި މީހެއްގެ ބޯފަޅާލި ”ވަގު“ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މިދިޔަ މަހުގެ ތެރޭގައި މާލޭގައި ހިންގި މާރާމާރީއެެއްގައި ކޯރާޑިއަކުން ޖަހައި މީހެއްގެ ބޯ ފަޅައިލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައާގުޅިގެން އިއްޔެގެ ވަގުތެއްގައި 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މާފަންނު ސަހަރާ ކުރިމަތީގައި ހުންނަ ސްޓީލް ހާޑްވެއާގެ އިމާރާތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ހިންގި […]