ނާޒިމަށް ދިން އަދަބު ކުޑަވެގެން ހައި ކޯޓަށް

Loading

Facebook
Twitter
WhatsApp

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއ ނާޒިމް ސައްތާރަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ތިން މަހާއި 26 ދުވަހުގެ ގޭ ބަންދު ހުކުމް ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ނާޒިމަށް ދިން އަދަބު ކުޑަވެގެން ޕީޖީ އޮފީހުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ މިއަދުއެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

ބަންގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ކުށަށް އިއުތިރާފުވެ، އެކަމަށް މައާފަށް އެދުމުން ހުކުމުގެ އަސާސީ އަދަބުން ދެދަރަޖަ ދަށްކޮށް ނާޒިމަށް ހުކުމް ކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ނާޒިމަށް އިއްވީ، އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ވަނީ ނާޒިމްގެ އެދުމުގެ މަތީން، ތިން މަހާއި 26 ދުވަހުގެ ގޭ ބަންދުގެ އަދަބަކަށް ބަދަލުކޮށްދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް