ދުބާއީން ރާއްޖެ އައި މީހެއްގެ ލަގެޖުގައި 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި

Loading

Facebook
Twitter
WhatsApp

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 12 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ، އެތަކެތި އަތުލައިގެންފައިވަނީ މިމަހުގެ އެއްވަނަ ދުވަހު ވައިގެ މަގުން ދުބާއީ އިން ރާއްޖެ އައި ޕާކިސްތާނުގެ ފިރިހެން ރައްޔިތެއްގެ ލަގެޖުން ކަމަށެވެ.

ޕާކިސްތާނުގެ 48 އަހަރުގެ މީހާގެ ލަގެޖުން ފެނުނު ތަކެތި ތަހުލީލު ކުރިއިރު ހެރޮއިންއަށް ވަނީ ޕޮޒިޓިވްވެފައެވެ. އެތަކެތީގެ ބަރުދަނުގައި 10 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 12 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާނެ ކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ. އެތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް