ހުޅުމާލޭ ބީޗް ފްރަންޓުން ބިން ގަތުމަށް ހުށަހެޅި މީހުންނާއި އަގުތައް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބީޗު ފްރަންޓުން ވިއްކަން ހައުސިން އެޗްޑީސީން އިއުލާނު ބިންތައް ގަތުމަށް ހުށަހެޅި ފަރާތްތަކާއި އެ ފަރާތްތަކުން ހުށަހެޅި އަގުތައް އެކުންފުނިން އާއްމުކޮށްފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓުގެ ޖުމްލަ 74 ބިމެއް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިއުލާނުކުރީ މިދިޔަ އޮގަސްޓު 18 ވަނަ ދުވަހުއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައި އޮތީ އަތިރިމަތީ ފަރާތުން ބީލަމަށް ހުޅުވާލި 22 ބިމަށް އަގު ކިޔާފައި ވަނީ 18 މީހުން ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން އެންމެ ބޮޑުކޮށް ހުށަހެޅި އަގަކީ އަކަފޫޓަކަށް 8251 ރުފިޔާއެވެ. އެ ބިމަށް ހުށަހެޅޭ އެންމެ ކުޑަ އަގަކީ 5500 ރުފިޔާ އެވެ.

ހުޅުމާލެ އަތިރިމަތިން ބިން ގަތުމަށް ހުށަހެޅި ފަރާތްތައް:

ހަސީނާ އިބްރާހިމް – އަކަފޫޓަކަށް 8251ރ.
އާދަމް ނަސީރު ހުސެއިން – އަކަފޫޓަކަށް 8141ރ.
ފަރިޔާލް ގާސިމް – އަކަފޫޓަކަށް 7852ރ.
އައިޝަތު އުމައިމާ – އަކަފޫޓަކަށް 7585ރ.
ރިސްމާ އަލީ ނަސީރު – އަކަފޫޓަކަށް 7500ރ.
ރާޔާ ރިޔާޒް – އަކަފޫޓަކަށް 7500ރ.
ތައުނީސް ހުސެއިން – އަކަފޫޓަކަށް 7350ރ.
އަލީ އައިމަން – އަކަފޫޓަކަށް 7333ރ.
ހުސެއިން ޝާމް – އަކަފޫޓަކަށް 7300ރ.
މަލްވިން އަލީ ނޫރައްދީން – އަކަފޫޓަކަށް 7100ރ.
އައިމިނަތު އުމާނާ އަލީ ނޫރައްދީން – އަކަފޫޓަކަށް 6725ރ.
އެލީނާ ނޫރައްދީން – އަކަފޫޓަކަށް 6620ރ.
އިބްރާހިމް ރީމާޒް ވަހީދު – އަކަފޫޓަކަށް 7002ރ.
އަމީރް ޝާހް – އަކަފޫޓަކަށް 7000ރ.
އަބްދުލް އަޒީޒް މޫސާ – އަކަފޫޓަކަށް 6850ރ.
ހަސަން ޒުހޫރު – އަކަފޫޓަކަށް 6789ރ.
ނާދިރާ ޖަމީލް އަކަފޫޓަކަށް 6501ރ.

Loading

2 Responses

  1. މީގެކުރިން މާލޭގެ މޫދުން މީސްމީހުންނަށް ގޯތިދީފައި އެމީހުންގެ ޚަރަދުގައި ހިއްކީމާ ދެބައިކުޅަ އެއްބައި މިލްކުވެފާއެބަހުރި. މިހާރު ރައްޔިތު އެންމެންގެ ފައިސާއިން ބިންހިއްކާފައި މުއްސަނދިންނަށް މި ވިއްކަނީ. މީއީ ކޮންކަހަލަ އިންސާފެއް ؟

  2. ތިއީ އެމްޑީޕީގެ އިންސާފަށް ކުރި ދަތުރުގެ ނަތީޖާ. ހުޅުމާލެ މައުމޫނާއި މައުރޫފް ޖަމީލު ގެ ވިސްނުމާއި މަސައްކަތުން ހިއްގައި ރައްޔަތުންނަށް ބޯހިޔާވެހިކަން ދެމުން ގެންދަނިކޮށް ހަދާލިގޮތް ތިއީ. ރައްޔަތުންގެ އެބިން އަތުލާފައި ރައީސްގެ ބޭގަރާރަކުން އެތަން ކުންފުންޏަކަށް ދީ އެބިންތައް ބޮޑު އަގުގައި ފައިސާވެރީނަށް ވިއްކާއި އެވެރީ ކަޓްނަގައި ރައްޔަތުންނަށް އެކަޓުން ފައިސާދީ ވޯޓްގަނެ ވެރިކަމުގައި ބަގުޑި ލުން. މިއީ އެމީހުންގެ ކެހިވެރި ފަތީސްގެ ދަށުން ހިންގާ ބިންފޭރުމުގެ ޢަމަލެކެވެ. މިފަހަރު 2018 ގައި ބާރު ލިބުނީމޭ ދަރަނިވެރި ވެފައިވާ ކުރިން އެ އުފެއްދި ކުންފުނި (އެޗްޑިސީ) ސަލާމަތްކޮށްދީ އިތުރު ކަޓްހޯދުމަށް ގްރޭޓާ މާލޭ އޭރިއާ އެ ކާލީއެވެ. މެޖޯރިޓީ ގަމާރު ރައްޔަތުންނަށް އޯކޭއެވެ. އަދި އެތަނުން ފައިދާހޯދޭ ފައިސާވެރިންނަށް އޯކޭއެވެ. އެހެނީ އެކަޓްލާފައި ރައްޔަތުންނަށް ފްލެޓްތައް ވިއްކޭތީއެވެ. އިންސާފު މިއޮތީ ބޮލާފޮށާ އެޅިފާނޫންތޯއެވެ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް