ވެލިދޫގައި ބޮޑު މާރާމާރީއެއް: އެކަކުގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަަހަމްކޮށްލައިފި

Loading

Facebook
Twitter
WhatsApp

ނ. ވެލިދޫގައި ޒުވާނުންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކަކުގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މި މާރާމާރީ ހިންގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

”ސަންދާނަށް“ އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ އެކުގައި އުޅޭ ބައެއްގެ މެދުގައި ޖެހުނު މައްސަލައެއް ހޫނުވުމުންނެވެ.

މި މާރާމާރީގައި، އެކަކުގެ ބޮލަށާއި ބުރަކަށްޓަށް ހަމަލާދީ ޒަހަމްކޮށްލައިފައިވެއެވެ.

”ބުރަކަށްޓަށް ހުރީ ތޫނު އެއްޗަކުން ހަމަލާދީފައި. އެކަމުގެ ސަބަބުން ހިނގައި ނުހެނދޭ“ މައުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ.

މާރާމާރީގައި ޒަހަމްވި މީހާ އިތުރު ފަރުވާއަށް މިއަދުގެ ވަގުތެއްގައިވަނީ މާލެ ގެނެސްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް