ބަރުލަމާނީ ބަޣާވާތް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އެމްޑީޕީގެ ރައީސްކަން ކުރައްވަމުން ގެންދަވާ ކެނެރީގޭ މުޙައްމަދު ނަޝީދު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް މެސެޖެއް ކުރައްވައި ރާއްޖޭގެ ޖުމްހޫރީ ވެރިކަން ބަރުލަމާނީ ވެރިކަމަކަށް ބަދަލުކޮށް، ބޮޑު ވަޒީރުކަން ހޯއްދަވަން އުޅުއްވި ގޮތުން ރައީސް ނަޝީދަށް ވުރެ ވެރިކަމުގެ ދަހިވެތިކަން ބޮޑު އަމިއްލަ އެދުންފުޅުން ފުރިގެންވާ ސިޔާސީ ބޭފުޅަކު މި ދިވެހި ފަސްގަނޑުގައި ނެތްކަން ސާބިތުވެގެން ހިގައްޖެއެވެ. ރާއްޖޭގެ ސިޔާސީ އަދި ގާނޫނީ ދާއިރާގެ ބައެއް […]

އެންމެ ދުވަހެއްގެ ތެރޭގައި އިންޑިއާގެ ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެ

އެންމެ ދުވަހެއްގެ ތެރޭގައި ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސްޖެހި އެ ބަލީގައި ދެ ހާހަށްވުރެ ގިނަ މީހުން ބުދަދުވަހު މަރުވީ ޚަބަރު ލިބުމުން ހާސްވެ ކަންބޮޑުވީ ހަމައެކަނި އިންޑިއާގެ 1.4 ބިލިއަން މީހުންނެއް ނޫނެވެ. މުޅިދުނިޔެއަށް ވެސް ވަރަށް ބޮޑު ނުތަނަވަސްކަމާއި ބިރުވެރިކަމެއް ފެތުރިގެންދިޔައެވެ. ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން ދުނިޔޭގެ އެއްވެސް ގައުމެއްގެ ބަޔަކަށް އެއްދުވަހުގެ ތެރޭގައި މިހާގިނަ އަދަދަކަށް ކޮރޯނާ ވައިރަސް ޖެހިފައެއްނުވެއެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ. އެންމެ 24 ގަޑިއިރުގެ […]

ކޮރޯނާ ވައިރަހުގެ ސަބަބުން އިނގިރޭސި ބޮޑު ވަޒީރުގެ އިންޑިއާ ދަތުރުފުޅު ކެންސަލް ކުރައްވައިފި

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އިންޑިއާއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރައްވައިފިއެވެ. ބައިނަލް އަގުވާމީ މީޑިއާތަކުން ޚަބަރު ދިން ގޮތުގައި ބޮރިސް ޖޯންސަންގެ ދަތުރުފުޅު ފަސްކުރެއްވީ އިންޑިއާގައި އާދަޔާ ޚިލާފަށް ބާރަށް ކޮރޯނާ ވައިރަސް ފެތުރެމުން ދިއުމުގެ ސަބަބުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބޮރިސް ޖޯންސަން ދެން އިންޑިއާއަށް ވަޑައިގަންނަވާނީ މިއަހަރުގެ ފަހުކޮޅުގައެވެ. އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ބޮރިސް ޖޯންސަން ޖެނުއަރީ މަހުގެ ފަހުކޮޅު އިންޑިއާއަށް ކުރައްވަން […]

ރައީސް ނަޝީދަކީ އިސްލާމީ ގައުމެއްގެ ވެރިޔަކަށް ކުފޫ ހަމަވާ ބޭފުޅެއްނޫން: ޝައިޚް ޒައިދު

ރައީސް ނަޝީދަކީ އިސްލާމީ ގައުމެއްގެ ވެރިޔަކަށް ކުފޫ ހަމަވާ ބޭފުޅެއްނޫން ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. އިސްލާމް ދީނާއި ކީރިތި ރަސޫލާއާ ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކާ ގުޅިގެން މީގެ ކުރިން ވެސް ދީނީ ޢިލްމުވެރިން ވަނީ ކުރީގެ ރައީސް ކެރެފާ މުޙައްމަދު ނަޝީދު (އައްނި)އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝައިޚް ޒައިދު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައި ވަނީ ލާދީނީ ޖަމްއިއްޔާ، އެމްޑީއެންއިން އިސްލާމްދީނަށް ފުރައްސާރަ ކުރުމުން […]

އަހަރަކު ތިން ފަހަރު ވެސް ވެކްސިން ޖަހަންޖެހިދާނެ

ކޮރޯނާ ވައިރަސްއިން ރައްކާތެރިވާން އަހަރަކު ތިން ފަހަރުވެސް ވެކްސިން ޖަހަން ޖެހިދާނެކަމަށް އެމެރިކާގެ ފައިޒަރ ކުންފުނިން ބުނެފިއެވެ. ފައިޒަރ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްބަޓް ބޯރިއާ ވިދާޅުވިގޮތުގައި ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ދެޑޯޒު ޖަހައިގެން ތިބޭ މީސް މީހުން ހަ މަހާއި 12 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އިތުރު ޑޯޒެއްވެސް ޖަހަން ޖެހިދާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަހުން އެންމެ ފުރިހަމައަށް ރައްކާތެރިވާން ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމާ ގުޅޭ ގޮތުން […]

އިންޑިއާއަށް ކޮރޯނާ ވައިރަސްގެ ބިރުވެރިކަމާއި ވެކްސިންގެ އީދެއް!

މިއީ ކޮރޯނާ ވައިރަސްގެ ވަބާގައި އިންޑިއާއަށް ވަރަށް ހިތްދަތި ދުވަސްވަރެކެވެ. ވިދިވިދިގެން އިންޑިއާގައި ހަ ދުވަހު، ކޮންމެ ދުވަހަކު ލައްކައަކަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައި ވެއެވެ. ފާއިތުވި ތިން ދުވަހަށް ބަލާއިރު، ކޮންމެ ދުވަހަކު ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ދެ ލައްކައިން މައްޗަށް ގޮސްފައިވެއެވެ. ދުވާލަކު މަރުވާ މީހުންގެ އަދަދު ހާހަކަށް ވުރެ އިތުރު ވެއްޖެއެވެ. ހުކުރުދުވަހުގެ ރޭގެ ހިސާބުތަކަށް ބަލާއިރުވެސް 2،33،728 މީހުންނަށް ކޮރޯނާ ވައިރަސް އަލަށް ޖެހިފައިވެއެވެ. ހަމަ […]

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކޮވިޑް-19 އަށް ފައްސިވެ ވަޑައިގެންފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން މަހާރެހެންދި ފަޒުނާ އަޙްމަދު، ކޮވިޑް-19 އަށް ޕޮޒިޓިވް (ފައްސި)ވެ ވަޑައިގެންފިކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ. ރައީސް އޮފީހުން ޚަބަރު ދިން ގޮތުގައި މަހާރެހެންދި ފަޒުނާ މިހާރު ހުންނެވީ އާއިލާއާއި އެކަހެރިވެވަޑައިގެންނެވެ. އަދި، އެކަމަނާ ކޮވިޑަށް ފައްސިވެވަޑައިގެންނެވިކަމަށްވިޔަސް ޙާލުކޮޅު ރަނގަޅެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ފަޒުނާއަށް ލިބިވަޑައިގެންފައިވާ، ދެބޭފުޅުން ކޮވިޑް-19 އަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ވަނީ ނައްސިވެފައެވެ. މަހާރެހެންދި ފަޒުނާގެ އެއްބަނޑު އެއްބަފާފުޅު ކޮއްކޮއާ ކައިވެނިބައްލަވައިގެން އުޅުއްވާ ޅިއަނު، […]

އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިވާ ކަޝްމީރު: މި މަހު އެކަނިވެސް 15 މުސްލިމުން މަރާލައިފި

އިންޑިއާގެ ސިފައިން ކަޝްމީރަށް އަރައި އެތަން އަޅުވެތިކޮށްގެން ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގައި މި މަހުގެ މިހާތަނަށް ކަޝްމީރުގެ 15 މުސްލިމުން ޝަހީދުކޮށްފިއެވެ. އޭގެތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެ ސޯސިއޭޓެޑް ޕްރެސްއިން ޚަބަރުދިން ގޮތުގައި ކަޝްމީރުގެ ދެ އަވަށެއްގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ބަޔަކު ތިބިކަމަށް ބުނެ ލިބުނު ސިއްރު ރިޕޯޓަކާ ގުޅިގެން ސިފައިން ވަނީ ކަޝްމީރުގެ ދެ އަވަށެއް ޙިޞާރުކޮށް ބަންދުކޮށްފައެވެ. އިނިސްޕެކްޓަރ ޖެނެރަލް ވިޖޭ ކުމާރު ނޫސްވެރިންނަށް މައުލޫމާތު ދެއްވި ގޮތުގައި މަރުވި މީހުންނަކީ […]

އިންޑިއާގައި އެއްދުވަހުގެތެރޭގައި އެއްލައްކަ 85 ހާސް މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެ.

ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ގައުމުކަމަށްވާ އިންޑިއާގެ 185000އަށް ވުރެ ގިނަ މީހުންނަށް އެއްދުވަހުގެ ތެރޭގައި ކޮރޯނާ ވައިރަސް ޖެހިއްޖެއެވެ. އިންޑިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮރޯނާ ވައިރަސް ފެތުރެމުންދަނީ މަހާރާޝްޓްރާ ސްޓޭޓުގައެވެ. އަންގާރަ ދުވަހު އެކަނިވެސް އެ ސްޓޭޓުގެ 60،212 މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައި ވެއެވެ. އެހެންވެ މިއަދުން ފެށިގެން 15 ދުވަސް ވާނދެން ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ހަރުކަށިފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ކިޔަވައިދޭ ތަންތަނާއި އަޅުކަންކުރާ […]

ކީރިތި ޤުރުއާނުން 26 އާޔަތް އުނިކުރަން ހުށަހެޅުމުން އިންޑިއާގެ ސްޕްރީމް ކޯޓުން އެކަމާ ދެކޮޅު ހަދައިފި

ކީރިތި ޤުރުއާނުން 26 އާޔަތް އުނިކުރަން ހުށަހެޅުމުން އިންޑިއާގެ ސްޕްރީމް ކޯޓުން އެކަމާ އިންކާރުކޮށް ދެކޮޅު ހަދައި މައްސަލަ ކޯޓަށް ހުށަހެޅި މީހާ 50 ހާސް ރުފިޔާއިން ޖުރިމަނާ ކުރުމަށް ހުކުމް ކޮށްފިއެވެ. ވަސީމް ރިޟްވީ އޭ ނަމަކަށް ކިޔާ މީހަކު ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ޓެރަރިޒަމް ފެތުރުމަށް ބާރުލިބޭ 26 އާޔަތެއް ޤުރުއާނުގައި ވާކަމަށް ބުނެ އެ އާޔަތްތައް ކީރިތި ޤުރުއާނުން އުނިކުރުމަށް އެދިފައެވެ. ވަސީމް ރިޟްވީ ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން […]