ރައްޔިތުންގެ އިހުސާސްތައް ފުރިހަމައަށް ބަލައިގަންނަކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފި

ރައްޔިތުންގެ އިހުސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަންނަކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ ގޮތުން ރައީސުލްޖުމް ހޫރިއްޔާގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އިންތިޚާބުގައި ރައްޔިތުން ލީ ވޯޓާއި، ރައްޔިތުންގެ އިޙްސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަންނަ ކަމަށެވެ. އަދި އެ ބަޔާނުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދިވެހިރައްޔިތުންނަށް ދެއްވާފައިވެއެވެ. […]

މާލޭގެ މޭޔަރުކަން ޑރ. މުޢިއްޒަށް! އެމްޑީޕީއަށް ބޮޑު ޝޮކެއް! ހުތުރު ބޮޑު ބައްޔެއް!

އެމްޑީޕީގެ ބޮޑުންނާއި ކުދި ބޭކަލުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުންފުނިތަކުގެ ވެރިން ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ވަރަށް ވަރުގަދައަށް ވަރަށް ލަދުހަޔާތްކުޑަ އިބާރާތްތަކުން އެންޓިކެމްޕޭން ކުރައްވަމުން ގެންދެވިކަމަށް ވިޔަސް، އަދި އެކަމަށް އެލެކްޝަންސް ކޮމިޝަނުން ބީރުކަންފަތެއް ދީގެން ތިއްބަސް، ރައްޔިތުން ނިކުމެ މާލޭގެ މޭޔަރުކަމަށް ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުޢިއްޒު، ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބު ކޮށްފިއެވެ. މާލޭގައި އަލިފާން ބޯޅަ ނުއުކައި ތަންތަނުގައި ބޮޑުހުޅު ނުޖަހައި ދަގަނޑު ބުރުރިތައް ހިފައިގެން ކޮޅުކޮޅަށް ނުދުވައި މާލޭގެ […]

ކައުންސިލް އިންތިޚާބު: މެންދުރު ކުރިން ހާމަވެގެން ދިޔައީ ވޯޓުލާން ރައްޔިތުންގެ ޝައުގުވެރިކަމެއް ނެތްކަން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓްލުން ހެނދުނު 7.00 އިން ފެށިގެން ކުރިއަށްދާއިރު މެންދުރު ކުރިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ވޯޓުލާން ނިކުތް މީހުންގެ އަދަދު އާދަޔާ ޚިލާފަށް މަދުކަމެވެ. އެލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފު މެންދުރު ކުރިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ވޯޓުލާފައިވަނީ އެންމެ 17 ޕަސެންޓު މީހުންކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހެނދުނު ވޯޓުލެއްވުމަށްފަހު މީޑިއާގެ ބޭފުޅުންނާ […]

ރޯދަމަހު ހުއްދަ ނެތި ޢުމްރާ ކުރާ މީހުން 10 ހާސް ރިޔާލުން ޖުރިމަނާ ކުރާނެ

Maldives News

ރޯދަ މަހު ހުއްދަ ނުހޯދައި ޢުމްރާއަށް ދާ މީހުން 10 ހާސް ރިޔާލުން ޖުރިމަނާ ކުރަން ސައުދީ ސަރުކަރުން ނިންމައިފިއެވެ. ސައުދީ އަރަބިޔާގެ ހައްޖާއި ޢުމްރާގެ ކަންތަކާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ރޯދަމަހު ޢުމުރާ ކުރުމުގެ ހުއްދަ ދޭނީ ކޮރޯނާ ވައިރަހުން ދިފާއުވާން ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންނަށެވެ. އެފަދަ މީހުންނަށް ވެސް ޢުމްރާ ފުރިހަމަ ކުރަން ދެވޭނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެންނެވެ. ސައުދީ އަރަބިޔާގެ ދާޚިލީ ވުޒާރާއިން ބުނިގޮތުގައި ރޯދަ […]

ޑރ. މުޢިއްޒު ވިދާޅުވަނީ ހިޔާ ފްލެޓެއް 3800ރ އަށް ދެވޭނެ ކަމަށް. އަސްލަމް ވިދާޅުވީ ފްލެޓެއްގެ މަހު ކުއްޔަކީ 7500 ރުފިޔާ ކަމަށް

ހިޔާ ފުލެޓުގެ ކުއްޔަކީ މަހަކު 7500 ރުފިޔާ ކަމަށް ސަރުކާރުން ކަނޑައަޅައި އެކަން ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް އިއުލާނު ކުރައްވާފައިވަނިކޮށް، ހިޔާ މަޝްރޫޢުގެ ފުލެޓެއް 3800ރ އަށް ދެވޭނެކަމުގައި، ކުރީގެ ހައުސިން މިނިސްޓަރ އަދި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު ވިދާޅުވީ ހިޔާ މަޝްރޫޢުގެ ފްލެޓަކަށް މަހަކު ދައްކަން ޖެހޭ އަގަށް 5600 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ކަނޑައެޅުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތިކަމެއް ކަމަށެވެ. ”ދޮރުތަކުގެ ކަންތައް […]

ޑޮކްޓަރ މުޢިއްޒަކީ މިވަގުތު މިރާއްޖޭގައި މޭޔަރުކަމަށް ހުންނެވި އެންމެ ޤާބިލު ބޭފުޅާ: އާދަމް ޝަރީފު

ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ އުއްމީދީ ކެންޑިޑޭޓު، ޑޮކްޓަރ މުޙައްމަދު މުޢިއްޒަކީ މިވަގުތު މިރާއްޖޭގައި މޭޔަރުކަމަށް ހުންނެވި އެންމެ ޤާބިލު ބޭފުޅާ ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ”އެހެންވީމާ އެމަނިކުފާނުގެ ގާބިލުކަމާ ހުރެ މިތަނުގައި ކޮންމެވެސް ވަރަކަށް ގަޅި އުކަނީ. އެހެންކަމަށް ވިޔަސް އަޅުގަނޑު ދަންނަވާނީ އެ މޭވާ އަޅާ ގަހުންނޭ ރަނގަޅު މޭވާއެއް ރައްޔިތުންނަށް ލިބޭނީ.“ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފު މިއަދު ވިދާޅުވިއެވެ. ”މިފަހަރުގެ […]

އެއްދުވަހުގެ ތެރޭގައި އިންޑިއާގެ ލައްކައަކަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެ

އެއްދުވަހުގެ ތެރޭގައި އިންޑިއާގެ ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެއެވެ. ކޮރޯނާ ވައިރަހަށް އިންޑިއާއިން ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ތަރިންކަމަށްވާ އަކްޝޭ ކުމާރާއި ގޯވިންދާ ފަދަ އެތައްއެތައް ބަޔަކު ވެސް ހިމެނެއެވެ. އިންޑިއާގައި އާދަޔާ ޚިލާފަށް ކޮރޯނާ ވައިރަސް އިތުރުވާން ފެށީ ހަމަސް ދުވަސް ފަހުންނެވެ. މި ހަފުތާ ފެށުނުއިރު އިވުނީ އެއްދުވަހުގެ ތެރޭގައި އިންޑިއާގެ 93 ހާސް މީހުންނަށް ކޮރޯނާ ވައިރަސް ޖެހުނު ޚަބަރެވެ. މުޅިގައުމުގައި ކަންބޮޑުވުމާއި […]

”އިޒުރޭލާ ރާއްޖެއާ ސިޔާސީ ގުޅުން ގާއިމުކުރެވުނީ އެމްޑީޕީ ވެރިކަމުގައެވެ.“

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ރަންރީނދޫ ފަތިހަކަށް އަލިވިލެމުން ގޮސް ދުނިޔޭގައި އޮތް އެންމެ ބޮޑު ޔަހޫދީ ދައުލާތާ ދިވެހިރާއްޖެ، ސިޔާސީ ގުޅުން ބަދަހިކުރުމުގެ ވަގުތު ކުޑަތަން ވަނީހެން ހީވާން ފަށައިފިއެވެ. އެކަން ކުރަންވީ ގައުމަށް ފައިދާ ބޮޑު ވާނެ ކަމެއްކަމަށް ބުނެއެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކުރުމުގައި ޢަރަބި މުސްލިމު ގައުމުތަކުގެ ސިޔާސަތު ރާއްޖެއިން ނަމޫނާއަކަށް ބަލާފައިވެއެވެ. މުސްލިމު ގައުމުތަކޭ ބުނެ ޢަރަބި ގައުމުތަކުން ކަންތައް ކުރާގޮތަށް އެ ފިޔަވަޅު މަތީގައި ހިނގަން މަސައްކަތްކޮށްފައި ވެއެވެ. އަރަބި […]

ރައްޔިތުންގެ މަޖިލިސް:ޑރ. މުޢިއްޒާ ދެކޮޅަށް ކެމްޕޭނު ކުރާ ޖަގަހައެއްހެން ހީވީ

މާޗު މަހުގެ އެންމެ ފަހު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ބައެއް އަޑުއަހާލުމުން ހީވީ އެދުވަހުގެ ޖަލްސާއަކީ މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް އެމްޑީޕީގެ ޖަގަހައެއްގައި ބޭއްވި އެންޓި ކެމްޕޭނު ޖަލަސާއެއް ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓުތައް ދިނުމާ ގުޅޭ ގޮތުން، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށް ކުރިއަށް ގެންދިޔަ ޖަލްސާއެކެވެ. އެޖަލްސާގައި ވާހަކަފުޅުދެއްކެވި […]

ވެންޓިލޭޓަރުތަކުގެ ވައްކަން: ޕީޖީ ނިންމެވީ ދައުވާ ނުކުރަން، އޭޖީ ލަފާދެއްވީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން

ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއަށް ކޮންމެހެން ވެސް ބޭނުންވި، ވެންޓިލޭޓަރުތައް ގަންނަން ކުރި މަސައްކަތުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި ކަމާ ގުޅޭ މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމު ނިންމަވާފައިވަނިކޮށް، އިންޓަނޭޝަނަލް އާބިޓްރޭޝަނަށް އެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަން، އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިފްޢަތު ލަފާދެއްވާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު މިއަދު ވިދާޅުވެއްޖެ އެވެ. ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނިން 75 ވެންޓިލޭޓަރ […]