ރައްޔިތުންގެ އިހުސާސްތައް ފުރިހަމައަށް ބަލައިގަންނަކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފި

132

ރައްޔިތުންގެ އިހުސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަންނަކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ ގޮތުން ރައީސުލްޖުމް ހޫރިއްޔާގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އިންތިޚާބުގައި ރައްޔިތުން ލީ ވޯޓާއި، ރައްޔިތުންގެ އިޙްސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަންނަ ކަމަށެވެ. އަދި އެ ބަޔާނުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދިވެހިރައްޔިތުންނަށް ދެއްވާފައިވެއެވެ.

އާދީއްތަ ދުވަހު ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި އިންތިޚާބުގައި ގޮނޑިތަކަށް ވާދަކުރައްވައި، ކާމިޔާބީ ހޯއްދެވި ހުރިހާ ކެނޑިޑޭޓުންނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ދަންނަވާފައިވެއެވެ. އަދި އިންތިޚާބުން ހޮވިވަޑައިގެންނެވި އެންމެހައި ފަރާތްތަކާއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމަށް ރައީސް، އުންމީދުކުރައްވާކަމަށް ވެސް ވެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްގިއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް އުއްމީދުކުރި ވަރުގެ ފޮނި ނަތީޖާއެއް ނުލިބެއެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި އެހެން ވާންޖެހުނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރަށް ކަންތައްތައް ނުކުރެވުމުގެ ސަބަބުންނެވެ.

 

1 ހިޔާލު

  1. އެމްޑީޕީގެ ހަރުކަށިފިކުރުގެ ރައީސް ނަޝީދުއާއި ގައުމު ޙަވާލުކުރަށްފައިފާ އޭނަޔަ މާރީގެ ބޮޑުބެރަށް ނުނަށާ ވެރިކަން ރައްޔަތުންނަށް ކޮށްދެއްވީމާ ހުންނާނީ ރަނގަޅަށެވެ. ދެން ބަލަން ތީބޭނަމެވެ. ގިނައިން ހަދަނީ ދޮގެވެ. ވީމާ ތެދެއް ހެއްދެވި؛ޔަސް ގަބޫލުކުރަން އުނދަގުވަނީއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ