ޑރ. މުޢިއްޒު ވިދާޅުވަނީ ހިޔާ ފްލެޓެއް 3800ރ އަށް ދެވޭނެ ކަމަށް. އަސްލަމް ވިދާޅުވީ ފްލެޓެއްގެ މަހު ކުއްޔަކީ 7500 ރުފިޔާ ކަމަށް

Loading

Facebook
Twitter
WhatsApp

ހިޔާ ފުލެޓުގެ ކުއްޔަކީ މަހަކު 7500 ރުފިޔާ ކަމަށް ސަރުކާރުން ކަނޑައަޅައި އެކަން ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް އިއުލާނު ކުރައްވާފައިވަނިކޮށް، ހިޔާ މަޝްރޫޢުގެ ފުލެޓެއް 3800ރ އަށް ދެވޭނެކަމުގައި، ކުރީގެ ހައުސިން މިނިސްޓަރ އަދި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ހިޔާ މަޝްރޫޢުގެ ފްލެޓަކަށް މަހަކު ދައްކަން ޖެހޭ އަގަށް 5600 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ކަނޑައެޅުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތިކަމެއް ކަމަށެވެ.

”ދޮރުތަކުގެ ކަންތައް ނިންމައި ޓައިލްސް ޖަހައި ނިންމައި 5600 ރުފިޔާއަށް ދެވޭނެ. އަދި 25 އަހަރަށް ބަހާލާނަމަ 3800 ރުފިޔާއަށް ދެވޭނެ.“ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ހިޔާ ފުލެޓުގެ މަޝްރޫޢަކީ ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދަން ފެށި އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. އެ މަޝްރޫޢު ކުރިއަށް ގެންދިޔައީ އޭރުގެ ހައުސިން މިނިސްޓަރ ޑރ. މުޢިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ ފްލެޓެއްގެ މަހު ކުއްޔަކީ 7500 ރުފިޔާ ކަމަށް ކަނޑައެޅީ ސަރުކާރުން ވަރަށް ބޮޑަށް ސަބްސިޑައިސް ކުރުމަށް ފަހު ގައި ކަމަށެވެ. އެކަން އެގޮތަށް ކުރެއްވިކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއިރު، ހިޔާ ފްލެޓްތައް ސަރުކާރުން އާއްމުންނާއި ހަވާލު ކުރަނީ ފްލެޓްތަކުގެ އެތެރޭގެ ވަރަށް ގިނަ މަސައްކަތް ނުނިންމައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހިއްކި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީނުގެ ވެރިކަމުގައި އިމާރާތް ކުރަންފެށި، ހިޔާ ފުލެޓުތަކަކީ އިޖުތިމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތް ކޮށްފައިވާ ފްލެޓްތަކެކެވެ. އެހެންކަމުން ފްލެޓްތައް އަޅަން ނެގި ލޯނަށް ފައިސާ ދައްކަން ޖެހޭނީ ރައްޔިތުންގެ އަތުން ލާރި ނަގައިގެން ނޫންކަމަށް ފްލެޓްތަކުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރާ އާއްމުންގެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

ހިޔާ ފުލެޓެއްގެ މަހު ކުއްޔަކީ 7500 ރުފިޔާ ކަމަށް ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވުމުން ފްލެޓްތަކުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރާ އާއްމުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ފްލެޓްތަކަކީ ވިޔަފާރި މަޝްރޫޢެއް ނޫންކަމަށާއި އިޖުތިމާއީ ބޯހިޔާވަހިކަމުގެ ލޯނު ދައްކަން ޖެހެނީ އާންމުން އަތުން އެލާރި ނަގައިގެން ނޫން ކަމަށެވެ. އަދި އިޖުތިމާއީ ބޯހިޔާވަކިމުގެ އަސާސަކީވެސް ވިޔަފާރި އުސޫލުން ބޭރުން، ސަރުކާރަކުން ރައްޔިތުންނަށް ދޭ ޚިދުމަތެއް ކަމަށެވެ.

ރަޢިސް ޔާމީނުގެ ވެރިކަމުގައި އަޅަންފެށި ފުލެޓުތައް ބޭނުންވެގެން ކުރިމަތިލީ މީހުންގެ ތެރޭން ފުލެޓު ހައްގުވީ މީހުންނަށް ފުލެޓު ދިނުމުގެ ލިއުން ހަވާލުކޮށްފައިވަނިކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަނީ އެތައް ސަތޭކަ ބައެއްގެ ފުލެޓު ކަޓުވާލުމަށްފަހު އެ ފުލެޓުތައް އެހެން މީސް މީހުންނަށް ދީފައެވެ. އެކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން ކުރިމަތިވެފައި ވަނިކޮށް އެ ފުލެޓުތަކުގެ އަގު ސަރުކާރުން ކަނޑައެޅީ ކުރީގެ ސަރުކާރުން ފުލެޓު ދިނުމަށް ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށެވެ. އެކަމުގެ ސަބަބުން ވެސް ސަރުކާރަށް ފާޑުކިއުންތައް ވަނީ ކުރިމަތިވެފައެވެ.

 

Loading

3 Responses

  1. ޝުއޭބު ކައިރިން އަހާލަ. ދޮގެއް ހެދެންނެތިގެންނޫނީ އަސްލަމްޓޭ ތެދެއްނުހަދާނެޔޯ. ގޯތި ދޭނަމޭ ކިޔާފަ ވެރިކަން ހޯދީ ދެން ރޯންފެށީމާ އެޖެންޑާ19 ލިބުނީމާ ގޯތިދޭނަމޯ. އެހެންކިޔާފަ ގްރޭޓަރ މާލޭ އޭރިއާ އެއްކޮށް އެޗްޑީސީ އެމީހުންގެ ވިޔާފާރި ކުންފުޏަށް ގަނޑުކޮށް ބަދަލުނުދީ ނެގީ. މިހާރު ދެން މި ކައުންސިލް އިލެކްޝަންއަށް ފުލެޓް ދޮންބެގެ ފުލެޓް މާއަގުހެޔޮވީއޯ. ވުޖޭދުގައި ނެތް. ވެރިކަމަށް ދެން އޮތީ 2 އަހަރު. ދެއަހަރުން މިވެރިންނަށް ކޮންފުލެޓެއް އެޅޭނީ. ގޯތީވާހަކަ އެދިޔައީ ޝުއޭބާއި އެކު ދެން ފުލެޓޯ. އަޅެ ބޯހަލާކެއްނުވޭތަ އެގޮވާ ގޮވެލިފަތިން؟

  2. 7500 އަށްވެސް ދީބަލަ. މީހަކު އަޅާފާ ދޭން ނިންމައިފަ ހުރި ފުލެޓްތައް އިންސާފުން ބަހަންބުނެ ކުރިއަށްވުރެވެސް ބޮޑަށް އޮޅުވާލީ. ދެން މިހާރު އަލުން ފުލެޓް ބޮޑުކުރަނީއޯ. ހަމަ ހަރާމް އެއްކަމެއްވެސް ނުވާނެ ހަސަންޓޭމެންހެން ފެލުންނޫންކަމެއް ނުވާނެ. ގޮތެއްނެތް ލަދެއްނެތް ދޮގުހެދުމަށް އެވަރެއް ނެތް. މިކޮންމެން ޖަހާތި. ކުރީދުވަހު ލިޔުނު ކޮމެންޓްވެސް އަންނިދެކެބިރުންދޯ ނުޖެހީ؟

  3. މުއިއްޒު ދޭން ބޭނުންވިޔަސް އަދި އެކަމެއް ނުވާނެއެވެ. ސަބަބަކީ އޭނާއަކީ ހަމަ އެންމެ ވޯޓެކެވެ. މެޖޯރިޓީ ލިބުނީމާ ދެންވާގޮތްވެސް އެނގިދާނެއެވެ. ކޮންމެމީހަކުވެސް ކުރިމަތިލައިގެން އުޅެނީ ރައްޔިތުންނަށްޓަކައެވެ. އެކަމަކު މުއިއްޒުގެ ތެދުވެރިކަން އަޖުމަ ކޮށްލެވިދާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް