ޑޮކްޓަރ މުޢިއްޒަކީ މިވަގުތު މިރާއްޖޭގައި މޭޔަރުކަމަށް ހުންނެވި އެންމެ ޤާބިލު ބޭފުޅާ: އާދަމް ޝަރީފު

Loading

Facebook
Twitter
WhatsApp

ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ އުއްމީދީ ކެންޑިޑޭޓު، ޑޮކްޓަރ މުޙައްމަދު މުޢިއްޒަކީ މިވަގުތު މިރާއްޖޭގައި މޭޔަރުކަމަށް ހުންނެވި އެންމެ ޤާބިލު ބޭފުޅާ ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

”އެހެންވީމާ އެމަނިކުފާނުގެ ގާބިލުކަމާ ހުރެ މިތަނުގައި ކޮންމެވެސް ވަރަކަށް ގަޅި އުކަނީ. އެހެންކަމަށް ވިޔަސް އަޅުގަނޑު ދަންނަވާނީ އެ މޭވާ އަޅާ ގަހުންނޭ ރަނގަޅު މޭވާއެއް ރައްޔިތުންނަށް ލިބޭނީ.“ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފު މިއަދު ވިދާޅުވިއެވެ. ”މިފަހަރުގެ އިންތިޚާބުގައި އެބަޖެހޭ ހަމަ ކޮންމެ ގޮތަކުން ވެސް ޑޮކްޓަރ މުޢިއްޒު ހޮވަން. މާލޭން މިފަހަރު ވަރަށް ރަނގަޅަށް ފެނިގެންދާނެ އެމްޑީޕީއަށް ނޫނެކޭ ބުނާތަން. ޕީޕީއެމް ކާމިޔާބު ކުރާތަން.“

އާދަމް ޝަރީފުގެ ވާހަކަފުޅުގައި ސަރުކާރުން ކޮރަޕްޝަންގެ އެތައް ޢަމަލެއް ހިންގަވައިފިކަމަށާއި ސަރުކާރުން އޮޅުވާލައިގެން މަކަރު ހަދައިފިކަމަށް ވިދާޅުވިއެވެ.

”ރައްޔިތުން މިއަދު ތިބީ މާޔޫސްވެފައި. ﷲގެ ވާގިފުޅާއެކީގައި ޕީޕީއެމްގެ ރީތި ކުލަ މުޅި ރާއްޖޭގައި ފެތުރޭތަން (މިފަހަރު) ފެނިގެންދާނީ.“ އާދަމް ޝަރީފު ވިދާޅުވިއެވެ. ”އެހެންވީމާ ދެން މިއަދު ޕީޕީއެމް ފިޔަވައި ދެވަނަ ޗޮއިސްއެއް އޮތްކަމަކަށް ދިވެހި ރައްޔިތުންނަށް ގަބޫލެއް ނުކުރެވޭ.“

އާދަމް ޝަރީފު ވިދާޅުވިގޮތުގައި ޕީޕީއެމުން މިފަހަރު އިންތިޚާބުގައި ވާދަކުރަނީ ވަރަށް ޒިންމާދާރު ވަރަށް ގާބިލު ވަރަށް ހަރުދަނާ އަދި ވަރަށް ތަޖުރިބާއާ އެކީގައި އެކަމަށް ކުރިމަތިލައްވަވާފައި ތިއްބެވި ބޭފުޅުންނެވެ.

ޑރ. މުޢިއްޒާ ދެކޮޅަށް އެމްޑީޕީގެ ބައެއް ބޭފުޅުން ”އެންޓި ކެމްޕޭން“ ކުރައްވަމުން ގެންދަވާއިރު އެކަމުގައި އެންމެ ކުރީގައި ތިއްބެވީ، ޕާޓީގެ ރައީސް ކެނެރީގޭ މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަޠީފާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ޢަލީ ޢާޡިމްއެވެ.

ޑޮކްޓަރ މުޢިއްޒަކީ ފަހަކަށް އައިސް މާލެއާއި މާލެ ސަރަހައްދުގެ އިތުރަށް ރާއްޖޭގައި ހިންގި ޒަމާނީ ތަރައްގީގެ ހުރިހާ މަޝްރޫޢެއް ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި ފަރާތެވެ. ޑރ. މުޢިއްޒުގެ ޢިލްމީ ގާބިލުކަމާއި ތަޖުރިބާއާއި މުރާލިކަމުގެ އެހީގައި މާލެއާއި މާލެ ސަރަހައްދަށް ވަނީ ފާއިތުވެދިޔަ ހަތް އަހަރުދުވަހުގެ ތެރޭގައި އާދަޔާ ޚިލާފު ބޮޑު ކުރިއެރުމެއް ހޯއްދަވައި ދެއްވާފައެވެ.

 

Loading

3 Responses

  1. އެމްޑީޕީގެ ހެޑް ވަރަށް ފޫހިވާނެ އެނަޔަށްވުރެ ކިޔަވައިގެން ހުރި ފޯރުންތެރި ކެރޭ މީހަކަށް ސިޔާސީގޮތުންވެސް ފުރުސަތެއްދޭން. އޭރުން ޔޭސް މޭން ގެ ގޮތުގައި އޭނާގެ ފައިގަ ދޫލާން ނުތިބޭނެތީ. އޭނާ ބޭނުންވާނީ ގައުމަށް ގައްދާރުވާންވެސް ކެރޭ، ލަދުހަޔާތްކުޑަ، މިގުމަތީން ޖައްސާއި މީހުންގެ އަބުރުކަތިލުމުގެ ޖައްބާރު ގޮތް އަށްގަނެފައިވާ މީހުން މަގާމުތަކަށް ހޮވަން. އޭތުން އެމްޑީޕީގެ ނަމުގައި އޭނާ ބޭނުން ސަކަރާތެއް ބޭނުން ގޮތަކަށް ޖެހޭނީ.
    އާއެކެވެ. ޑރ. މުއިއްޒު އެއީ މިވަގު މާލެ މޭޔަރުކަމަށް ކުރިމަތި ލައްވައިފަވާ ކެންޑިޑޭޓުންގެ ތެރެއިން ހުރިހާގޮތަކުންވެސް ހަމަ ބެސްޓެވެ. ދެން އޮތީ 2 ދުވަސްނޫންތޯއެވެ. ވޯޓުގެ ނަތީއާއި ޝަރީފޫ އެވަރަށް ކުޅެ ޑރ. މުއިއްޒު ކަޓުވާލާނެ ނުވަތަ ލެވޭނެހެނެއް ހިއެއްނުވެއެވެ. ބަލަމާ؟

  2. މާލޭގެ ރައްޔަތުންނަށް މަކަރާ ޙީލަތްހަދާ ގޯތިދޭނަމޭ ކޮތަރުކޮށިން ނެރޭނަމޭ ކިޔާފަ އެއްކަލަ އެމްޑީޕީއިން 2009 ގައި އުފެއްދި ވިޔާފާރި ކުންފުނި އެޗްޑީސީ އިން އެކާލީ ގްރޭޓަރ މާލޭ އޭރިއާ އެއްކޮށް. ހުޅުމާލެ ކާލައިފި 2009 ގަައި ނަޝީދުގެ ގަރާރަކުން. މިއީ މިމީހުންގެ މައިންބަފައިންގެ މުދާތޯއޭ މަހިތައްއަރަނީ ހަމަ ބޭނުންވާއިރަށް ދައުލަތުގެ (ޔައުނީ ރައްޔަތުންގެ( މުދާ ހަމަ ގަނޑުކޮށް މިނުމެއްނެތި ނަގާފަ ބޭނުން ބަޔަކަށް ދިނުން. މިފަދަ ރައްޔަތުންނަށް ޚިޔާނާތްތެރި މާލެމީހުނަށްވެސް ހަރާންކޯރު ބައިގަނޑަކަށް ކިހިނެއްތޯއޭ ޝުއެއިބު އެބުނާހެން މަމެން ވޯޓްދޭނީ.
    ވީމާ މިފަހަރު ހަމަ ޑރ. މުޢިއްޒު

  3. މުއިއްޒުއަށް ވޯޓް ދެނީއަކީ ޕޕމ މީހަކަށްވީމައެއް ނޫނެވެ. ކުރިމަތި ލައިގެން އުޅޭ މީހުންގެ ތެރެއިން ތަޢުލީމާއި އަޚުލާގައި މީހުންނާދޭތެރޭ މުޢާމަލާތު ކުރަށްވާލެއް ރިވެތިވީމައެވެ. މިފަހަރު މަވެސް #މުއިއްޒު

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް