އަހަރަކު ތިން ފަހަރު ވެސް ވެކްސިން ޖަހަންޖެހިދާނެ

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަސްއިން ރައްކާތެރިވާން އަހަރަކު ތިން ފަހަރުވެސް ވެކްސިން ޖަހަން ޖެހިދާނެކަމަށް އެމެރިކާގެ ފައިޒަރ ކުންފުނިން ބުނެފިއެވެ.

ފައިޒަރ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްބަޓް ބޯރިއާ ވިދާޅުވިގޮތުގައި ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ދެޑޯޒު ޖަހައިގެން ތިބޭ މީސް މީހުން ހަ މަހާއި 12 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އިތުރު ޑޯޒެއްވެސް ޖަހަން ޖެހިދާނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަހުން އެންމެ ފުރިހަމައަށް ރައްކާތެރިވާން ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމާ ގުޅޭ ގޮތުން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ. ވެކްސިންގެ ކަންތައް ދިރާސާ ކުރާ މީހުން ބުނާ ގޮތުގައި ތިންވަނަ ޑޯޒެއް ޖެހުމުން އިތުރު ރައްކާތެރިކަމެއް ލިބިގެން ދާނެއެވެ.

ކޮރޯނާއިން ރައްކާތެރިވުމަށް ފައިޒާގެ ދެ ޑޯޒު ޖެހުމުން ވައިރަހުން ރައްކާތެރިކޮށްދެނީ ކިތައް މަސްދުވަހަށްކަން އަދި މިހާތަނަށް ދިރާސާ ކުރާމީހުންނަށް އިތުބާރާއެކު ހޯދިފައެއް ނުވެއެވެ.

އެމެރިކާގެ ފައިޒަރ ކުންފުންޏާއި ޖަރުމަންވިލާތުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ވެކްސިނަކީ ކޮރޯނާ ވައިރަހުން ދިފާއުވުމަށް މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އިތުބާރު ބޮޑު އެންމެ ޝަކުވާ ކުޑަ ވެކްސިންއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކޮރޯނާ ވައިރަހުގެ އަސަރު ފެނިފައިވާ މީހުންނަށް ފައިޒާ ވެކްސިން ދިނުމުން 97 ޕަސެންޓު އަދި އަދި ބަލީގެ އަލާމާތެއް ނުފެންނަ މީހުންނަށް 92 ޕަސެންޓުގެ ރައްކާތެރިކަން ލިބެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް