ކީރިތި ޤުރުއާނުން 26 އާޔަތް އުނިކުރަން ހުށަހެޅުމުން އިންޑިއާގެ ސްޕްރީމް ކޯޓުން އެކަމާ ދެކޮޅު ހަދައިފި

Loading

Facebook
Twitter
WhatsApp

ކީރިތި ޤުރުއާނުން 26 އާޔަތް އުނިކުރަން ހުށަހެޅުމުން އިންޑިއާގެ ސްޕްރީމް ކޯޓުން އެކަމާ އިންކާރުކޮށް ދެކޮޅު ހަދައި މައްސަލަ ކޯޓަށް ހުށަހެޅި މީހާ 50 ހާސް ރުފިޔާއިން ޖުރިމަނާ ކުރުމަށް ހުކުމް ކޮށްފިއެވެ.

ވަސީމް ރިޟްވީ އޭ ނަމަކަށް ކިޔާ މީހަކު ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ޓެރަރިޒަމް ފެތުރުމަށް ބާރުލިބޭ 26 އާޔަތެއް ޤުރުއާނުގައި ވާކަމަށް ބުނެ އެ އާޔަތްތައް ކީރިތި ޤުރުއާނުން އުނިކުރުމަށް އެދިފައެވެ.

ވަސީމް ރިޟްވީ ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އިންޑިއާގެ މުސްލިމުން އެކަމާ ވަރަށް ބޮޑަށް ދެކޮޅުހަދައި މުޒާހަރާކޮށް ބަޔާން ނެރެ ވަސީމް ރިޟުވީ ހައްޔަރުކުރުމަށް ގޮވާލާފައިވެއެވެ. އަދި ޝަރުޠެއް ނެތި އޭނާ މަޢާފަށް އެދެންވެސް ގޮވާލާފައިވެއެވެ.

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ)އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަސީމް ރިޟުވީގެ ހުށަހެޅުމާ އެޕާޓީއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ. އަދި ސްޕްރީމް ކޯޓުން އިއްވި ނިޔާއަށް މަރުހަބާ ކިޔާފައިވެއެވެ. ބީޖޭޕީގެ އިތުރަށް އިންޑިއާގެ މުލިސްމު ޖަމާޢަތްތަކާއި އެހެނިހެން ސިޔާސީ ޕާޓީތަކުން ވެސް ސްޕްރީމް ކޯޓުގެ ނިޔާއަށް މަރުހަބާ ކިޔާފައި ވެއެވެ.

އިންޑިއާގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއްކަމުގައިވާ މުފުތީ އަބޫ އަލް ޤާސިމް ވިދާޅުވީ ސްޕްރީމް ކޯޓުގެ ނިޔާއަކީއުއްމީދުން ފުރިގެންވާ ނިންމުމެއް ކަމަށާއި ކީރިތިޤުރުއާނަކީ މާތް ﷲ ބާވައިލެއްވިފޮތެއްކަމަށާއި އޭގައި އުނިކުރަންޖެހޭ އެންމެ އަކުރެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީގެ އިސްބޭފުޅެއްކަމުގައިވާ ނަސީމް ޚާނު ވިދާޅުވީ ވަސީމް ރިޟުވީ ދީނީ ގޮތުން ބައިބައި ކުރުމަށާއި ފިތުނަ އުފެއްދުމަށް މަސައްކަތްކޮށްފައިވާތީ ވަގުތުން ހައްޔަރުކުރަންޖެހޭ ކަމަށެވެ.

ނަސީމް ޚާން ވިދާޅުވި ގޮތުގައި ވަސީމް ރިޟުވީ ގެންދަނީ މެދުކެނޑުމެއްނެތި މުސްލިމުންނާ ދެކޮޅަށް ބަޔާންތައް ދެމުންނެވެ. އަދި މުސްލިމުންނާ ދެކޮޅު މީހުން ގެންދަނީ ހަތިޔާރެއްގެ ގޮތުގައި އޭނާ ބޭނުން ކުރަމުންނެވެ.

ވަސީމް ރިޟުވީއަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތީން ސިޔާސީ ވަޒީފާ އަދާކޮށްފައިވާ މީކެވެ. ވަގަށް ބިން ވިއްކުމާއި ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނެގުމުގައި ވަރަށް ތޫނުފިލި މީކެވެ. އޭނާ ހިންގާފައިވާ ކޮރަޕްޝަންގެ އެތައް މައްސަލައެއް ތަހުގީގުކުރަމުން އެބަގެންދެއެވެ.

މިހާރު ވަސީމް ރިޟުވީ ގުޅިގެން ސަނާ ކިޔަމުން ގެންދަނީ އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަ ޔޯގީ އަދިތިޔަނާތުއާއެވެ. އޭނާއަކީ ހައްދުފަހަނަޅާފައިވާ ހިންދޫއެކެވެ. މުސްލިމުންނާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އެހެންވެ ވަސީމް ރިޒުވީ ގެންދަނީ މުސްލިމުންނާ ދެކޮޅަށް ތަފާތު ބަޔާންތައް ދެމުންނެވެ.

މުސްލިމުންނާ ދެކޮޅަށް ވަސީމް ރިޟުވީ ދައްކަމުންދާ ވާހަކަތަކުގެ އިތުރަށް ކީރިތި ޤުރުއާނުން 26 އާޔަތް އުނިކުރުމަށް އޭނާ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އޭނާއަކީ އިސްލާމް ދީނުގެ ދުޝްމަނެއްކަމަށް ބުނެ ފިތުނަ އުފެއްދުމަށާއި ގައުމީ އެއްބައިވަންތަކަން ނަގާލުމަށް އޭނާ ކުރަމުންދާ މަސައްކަތުގެ ސަބަބުން އޭނާއާ މެދު ހަރުކަށި ފިޔަވަޅުއެޅުމަށް އިންޑިއާގެ ވަރަށް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް