އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިވާ ކަޝްމީރު: މި މަހު އެކަނިވެސް 15 މުސްލިމުން މަރާލައިފި

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ސިފައިން ކަޝްމީރަށް އަރައި އެތަން އަޅުވެތިކޮށްގެން ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގައި މި މަހުގެ މިހާތަނަށް ކަޝްމީރުގެ 15 މުސްލިމުން ޝަހީދުކޮށްފިއެވެ. އޭގެތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކުވެސް ހިމެނެއެވެ.

އެ ސޯސިއޭޓެޑް ޕްރެސްއިން ޚަބަރުދިން ގޮތުގައި ކަޝްމީރުގެ ދެ އަވަށެއްގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ބަޔަކު ތިބިކަމަށް ބުނެ ލިބުނު ސިއްރު ރިޕޯޓަކާ ގުޅިގެން ސިފައިން ވަނީ ކަޝްމީރުގެ ދެ އަވަށެއް ޙިޞާރުކޮށް ބަންދުކޮށްފައެވެ.

އިނިސްޕެކްޓަރ ޖެނެރަލް ވިޖޭ ކުމާރު ނޫސްވެރިންނަށް މައުލޫމާތު ދެއްވި ގޮތުގައި މަރުވި މީހުންނަކީ ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި މަރުވި މީހުންނެވެ. އަދި އެމީހުން ފުލުހުންނަށް ހަމަލާ ދިންކަމަށާއި އެމީހުގެ އަތުގައި ހަތިޔާރު ހުރިކަމަށްވެސް ވިޖޭ ޖުމާރު ވިދާޅުވިއެވެ.

ފުލުހުން ބުނިގޮތުގައި ފުލުހުންގެ ހަމަލާގައި މަރުވި ކުޑަކުއްޖާއަކީ އިންޑިއާގެ އަތްދަށުން ކަޝްމީރު މިނިވަންކުރުމަށް ހަނގުރާމަކުރަމުންދާ މީހުންނާ ދާދިފަހުން ގުޅިގެން އުޅޭ ކުއްޖެކެވެ.

ފުލުހުން މައުލޫމާތުދިންގޮތުގައި ހަމަލާދިނުމުގެ ކުރިން އެތައްފަހަރަކު ހަތިޔާރު އުކާލުމަށް އެމީހުންނަށް ނަސޭހަތްތެރިވުމުގެ އިތުރަށް އިންޒާރު ދިނެވެ. ނަމަވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން އެމީހުންނަށް ހަމަލާ ދިނީއެވެ.

ފުލުހުން ހާމަކުރިގޮތުގައި ކަޝްމީރު މިނިވަން ކުރުމަށް މަސައްކަތް ކުރަމުންދާ މީހުންނާ ދެކޮޅަށް ހިންގި ތަފާތު ހަރަކާތްތަކުގައި 15 މީހުން ވަނީ މަރާލެވިފައެވެ. އަދި ފުލުންގެ އެކަކު މަރުވެ އެތައްބަޔަކު ޒަޚަމްވެފައި ވެއެވެ.

ކުރިން ކަޝްމީރުގެ ރައްޔިތުންނަށް ލިބިފައިއޮތް މިނިވަންކަން ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި ނިގުޅައިގަނެ ކަޝްމީރުގެ ރައްޔިތުންނަށް ބޮޑެތި އަނިޔާ ލިބެމުންދާ އަހަރުތަކެއް ވެއްޖެއެވެ.

 

Loading

One Response

  1. އިންޑިއާއިން އެ ގެންގުޅެނީ އިޒްރޭލުން ފަލަސްތީނާއި މެދު ގެންގުޅޭ ހަރުކަށި އަނީޔާވެރި ގޮތްގަނޑު. މި މެރުންތަކުން ނުކުންނާނެ އެއްވެސް ހެވެއް އިންޑިއާއަކަށްވެސް ނެތެވެ. ނަމަވެސް ބާރުގަދަ ފަރާތްތަކުން ނިކަމެތީންނަށް އަނިޔާދެނީ އެމީހުންގެ ބާރުދެއްކުމުން އެބަޔަކު ބޭނުންގޮތަކަށް އެކަމެއް ވެދާނެކަމަށެވެ. ހަމަ އެމެރިކާވެސް އެހެންނޫންތޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް