ޒަހާ ރޭގަނޑު ދަންވަރު ކެބިނެޓުން ވަކިކުރައްވައި ”އަށިމައްޗަށް“

މިނިސްޓަރ އޮފް ފިޝަރީޒު އެންޑް އެގްރިކަލްޗަރގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު ހޯމަދުވަހުގެ ރޭ ދަންވަރު މަގާމުން ވަކިކުރައްވައި ”އަށިމައްޗަށް“ ލައްވައިފިއެވެ. ދެން ޒަހާ ހުންނަވާނީ ރައީސް އޮފީހުގެ މިނިސްޓަރގެ ނަމުގައި ރައީސް އޮފީހުގެ ކުޑަ ގޮޅިއެއްގައެވެ. ކެބިނެޓް މިނިސްޓަރެއްގެ މަގާމުން އިންސާނަކު ވަކިކޮށް ރައީސް އޮފީހުގެ ކުޑަ ގޮޅިއަކަށް ލުން ވެގެންދާނީ، ނަފުސާނީ ގޮތުން ލިބޭ ވަރަށް ބޮޑު ވޭނަކަށެވެ. ޒަހާ މިނިސްޓަރކަމުން ވަކިކުރެއްވީ ކީއްވެގެން ބާވައެވެ! އަސްލު ސަބަބު އެނގޭނީ ރައީސް އެކަން ހާމަކުރެއްވުމުންނެވެ. […]

އަބުރު ރައްކާތެރި ކުރުމުގެ ޙައްޤަށް ޙުރުމަތްތެރި ވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއް: ރައީސް ޞާލިޙު

ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރި ކުރުމުގެ ޙައްޤަށް ޙުރުމަތްތެރި ވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަންވާނެ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ”އެ ޒިންމާ އަދާކުރުމަކީ، މީސްމީހުންނާ ބެހޭގޮތުން، ޙަޤީޤަތެއް ނެތް ވާހަކަތައް ނުފެތުރުމާއި، ޔޯލަ ވާހަކަ ފެތުރުން ހުއްޓައިލުމެވެ.“ ބައިނަލްއަޤްވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ، މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސް ޞާލިޙު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ. “ ނޫސްވެރިންގެ އެންމެ މަތީ […]

މިސްޓަރ އިންޑިއާގެ މަގާމު ހޯދާފައިވާ ބޮޑީ ބިލްޑަރ ޖަގްދީޝް ކޮވިޑް-19ގައި މަރުވެއްޖެ

މިސްޓަރ އިންޑިއާގެ މަގާމު ހޯދާފައިވާ ބޮޑީ ބިލްޑަރ ޖަގްދީޝް ކޮވިޑް-19ގައި މަރުވެއްޖެއެވެ. އޭނާ ހުކުރު ދުވަހު މަރުވި އިރު އުމުރަކީ 34 އަހަރެވެ. ޖަގްދީޝްއަށް ކޮރޯނާ ވައިރަސް ޖެހުމުން އެނދުމަތި ކުރީ ގުޖުރާތުގެ އަވަށެއްކަމުގައިވާ ބަރޯޑާގެ ހޮސްޕިޓަލެއްގައެވެ. އޭނާ މަރުވީ އެތަނުން ފަރުވާދެމުން ދަނިކޮށެވެ. މަރުވި އިރު އޭނާގެ ނޭވާލުމުގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރުމާ ގުޅިގެން އޭނާ ނޭވާލަމުން ދިޔައީ ވެޓިލޭޓަރ ގެ އެހީގައެވެ. އޭނާ މަރުވީ ވެންޓިލޭޓަރާ ގުޅައިގެން ފަރުވާދެމުންދާތާ ހަތަރުދުވަސް ފަހުންނެވެ. ޖަގްދީޝްއަކީ […]

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު، އެމީހުންގެ ޙައްޤުތައް އަދިވެސް ފުރިހަމަ ނުކުރެވޭ: ރައީސް

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު، އެމީހުންގެ ޙައްޤުތައް އަދިވެސް ފުރިހަމަނުކުރެވޭކަން ފާހަގަކުރަންޖެހޭ ކަމުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ”ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުމާއި، މަސައްކަތް ކުރުވުމަށްފަހު، އެމީހުންގެ ޙައްޤު އުޖޫރަ ނުދިނުމާއި، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ފަދަ ޙާލަތްތަކުގައި، މަސައްކަތްތެރިން ގެންގުޅުން ފަދަ މައްސަލަތައް، މިހާރުވެސް ހިނގަމުންދޭ“ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ޚިޠާބުގައި ވިދާޅުވެފައިވެއެވެ. ”މަސައްކަތްތެރިންނާ ގުޅިފައިވާ މިފަދަ މައްސަލަތައް […]

ހުކުރު ދުވަހު އިންޑިއާގެ ހަތަރު ލައްކަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެ

ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން އިންތިހާއަށް ބޮޑުވެފައިވާ އިންޑިއާއިން ހުކުރު ދުވަހު އެކަނި ވެސް ހަތަރު ލައްކައަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެއެވެ. މިއީ ކޮރޯނާ ވައިރަސް ފެތުރެންފެށިފަހުން އެއްދުވަހުގެ ތެރޭގައި އެއްވެސް ގައުމެއްގެ ބަޔަކަށް ހަތަރު ލައްކައަށްވުރެ ގިނައިން ބަލި ޖެހުނުކަމަށް ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ. ހުކުރު ދުވަހުގެ ހިސާބުތައް ދައްކާގޮތުގައި އިންޑިއާގެ 4،01،993 މީހުންނަށް ވައިރަސް ޖެހިފައިވާއިރު، ހަމަ އެ ދުވަހު 3،523 މީހުން ބަލީގައި މަރުވެފައިވެއެވެ. އެއީ ދުނިޔޭގެ ރެކޯޑެކެވެ. ދުވާލަކު […]

މުޅި ރާއްޖޭގައި ކޮވިޑް-19ގެ ނުރައްކާ! ބޭނުމީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް!

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބުރާސްފަތިދުވަހު މެންދުރުފަހުން ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހު ޢަބްދުﷲ މާހިރު ކުޅުއްވީ ދިފާއީ ކުޅުއްވުމެކެވެ. ވެކްސިން ހުސްނުވާ ވާހަކަ އެ ބައްދަލުވުމުގައި ޑރ. ޝާހު ވިދާޅުވިއެވެ. ކޮންމެހެން ވެކްސިން ގެނެސް ފިނިކުރި ތަނެއްގައި ގުދަންކޮށްފައި ބެހެއްޓުމުގެ ބޭނުމެއް ނެތް ވާހަކަ ހާމަކުރެއްވިއެވެ. ވެކްސިން ހުސްނުވެ ލިބެން ހުންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނޫސްވެރިންނަށް ބޭއްވި ކުއްލި ބައްދަލުވުމަކީ އަންގާރަ ދުވަހާއި ބުދަ ދުވަހު […]

އިންޑިއާގައި މިސްކިތެއް ވަގުތީ ގޮތުން ހޮސްޕިޓަލަކަށް ބަދަލުކޮށްފި

ބަލި މީހުންނަށް ފަރުވާ ދޭން ނުކުޅަދާނަވާ ވަރަށް އިންޑިއާގައި ކޮރޯނާ ވައިރަސް ފެތުރި ބަލި މީހުން އެނދުމަތިކޮށްފައި ބައިތިއްބާނެ ތަނެއް ނެތި ފަރުވާދޭނެ މަގު ބަންދުވުމުން އިންޑިއާގެ މުސްލިމުން މިސްކިތެއް ހޮސްޕިޓަލަކަށް ބަދަލުކޮށްފިއެވެ. އިންޑިއާގެ ހައްދު ފަހަނަޅާފައިވާ ހިންދޫން މުސްލިމުންނަށް އިންތިހާއަށް އަނިޔާކޮށް ދުއްތުރާކޮށް ހެދިކަމަށްވިޔަސް ކޮރޯނާ ވައިރަހުން ގައުމުގެ ސިއްހީ ހާލަތު ފުނޑުފުނޑުކޮށްލުމުން މުސްލިމުން ވަނީ އިންސާނިއްޔަތުކަން ކުރިއަށް ނެރެ، ވަކި މަޒުހަބެއް ދީނަކަށް ބެލުމެއްނެތި އެހީތެރިކަމާއި އޯގާތެރިކަން ކުރިއަށް ނެރެފައެވެ. ގުޖުރާތުގެ މިސްކިތެއް މިހާރު […]

އެމްއެމްޕީއާރުސީގެ މައްސަލަ ބެލީމާ މަޖިލިސް ރައީސް އަންނިގެ ގޮނޑި ގެއްލޭނެ: ފުރަހަނި ޝުޢައިބު

އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމުން މަޖިލިސްގެ ރައީސް އަންނި (ކެނެރީގޭ މުޙައްމަދު ނަޝީދު) ގެ ގޮނޑި ގެއްލޭނެކަމަށް އެމްޑީޕީގެ ކުރީގެ އިސްބޭފުޅެއްކަމުގައިވާ ފުރަހަނި ޝުޢައިބު ޢަލީ ވިދާޅުވެއްޖެއެވެ. ”އެކަމާ އަޅުގަނޑު ޝައްކު ނުކުރަން.“ ޝުޢައިބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. ޝުޢައިބު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ އެންމެ ބޮޑު މަންފާ ނެންގެވީ މަޖިލީހުގެ ރައީސް އަންނި ބުރޯ އެވެ. އެމްއެމްޕީއާރުސީގެ އެންމެ ބޮޑު މަންފާ ނެންގެވީ މަޖިލީހުގެ ރައީސް އަންނި ބުރޯ ކަމަށް ޝުޢައިބު ވިދާޅުވީ، މަރަދޫ ދާއިރާގެ މެންބަރު […]

ރާޅެއް ނޫން އިންޑިއާއަށް އެރީ ކޮރޯނާގެ ޠޫފާނެއް: ބޮޑުވަޒީރު މޯދީ

އިންޑިއާއަށް އައިސްގެން އުޅެނީ ކޮރޯނާގެ ރާޅެއް ނޫން ކަމަށާއި ކޮރޯނާގެ ޠޫފާނެއްކަމުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. ގައުމާ މުޚާޠަބު ކުރައްވައި މޯދީ ދެއްވާ ރޭޑިއޯ ޚިޠާބުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ކޮރޯނާ ޠޫފާނުން މުޅި ގައުމު ސިއްސުވާލައިފި ކަމަށެވެ. މޯދީ ވިދާޅުވީ ގިނަ އަދަދެއްގެ އިންޑިއާ މީހުން ކޮރޯނާގެ ސަބަބުން ވަގުތު ޖެހުމުގެ ކުރިން މަރުވެފައިވާކަމަށެވެ. އެންމެ ފަހުގެ ރިޕޯޓުތަކަށް ބަލާއިރުވެސް ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު ތިން […]

އިންޑިއާ ކޮވިޑް-19ގައި ބަރުބާދު ވަނީ. އެއްދުވަހުގެ ތެރޭގައި އަނެއްކާވެސް ތިން ލައްކައަށްވުރެ ގިނަ މަރު

މިހާރު ފެންނަމުން ދަނީ އިންޑިއާ ކޮވިޑް-19 ގައި ބަރުވަމުންދާތަނެވެ. ހުކުރު ދުވަހުވެސް 332،730 މީހުން ބައްޔަށް ފައްސިވިއެވެ. އަދި ދެހާހަށްވުރެ މީހުން މަރުވިއެވެ. އޭގެ ކުރީ ތިން ދުވަހަށް ބަލާއިރު ކޮންމެ ދުވަހަކު ވެސް ގައުމުގެ ތިންލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި އަދި ކޮންމެ ދުވަހަކު ދެހާހަށް ވުރެ ގިނައިން މަރުވެފައި ވެއެވެ. އިންޑިއާގައި ކޮވިޑް-19 ހުއްޓުމެއްނެތި ފެތުރި މުޅި ގައުމު ބަރުބާދުވަމުންދާތީ އެކި ގައުމުތަކުން ދަނީ އިންޑިއާއަށް އޯގާތެރިކަމުގެ އަތެއް އެހީތެރިވުމަށް ހުށަހަޅަމުންނެވެ. އިންޑިއާއިން […]