ހުރިހާ ވަގުންނަށް ވެސް އީދު ވެދުން

ލޯބިވާ ޒިޔަތަށް ފިޠުރު އީދުގެ ހެއުއެދުމާއި ތަހުނިޔާ ދަންނަވަމެވެ. ޒިޔަތުއެވެ! ތިބާގެ އިސްތިއުފާއިން ދޭހަވީ ތިބާގެ ނަން ވަގުކަލޭގެ ލާރިބެހި ލިސްޓުގައި އޮތަސް، މިގައުމުގައި ތެދުވެރިކަމާއި ޑިމޮކްރަސީގެ ހުޅުކޮޅު އަދި މުޅިން ނުނިވޭކަމެވެ. ކަލާންގެ އިރާދަފުޅާއެކު މި ގައުމުގައި އަދި ހައްގަށް ނަސްރު ލިބޭނެއެވެ. ޒިޔަތުއެވެ! ތިބާ އޮޑިޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެންޖެހޭ ފައިސާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އެތައް ބަޔަކަށް ބައްސަވާލެއްވިއިރު އޭގެތެރެއިން ފައިސާތަކެއް ތިބާއަށް […]

ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތް ކަމަށް ރައީސް ވިދާޅުވެއްޖެ

ރާއްޖެއަށް ބޭނުންވާ މިންވަރަށް، ބޭސްފަރުވާގެ ވަސީލަތްތަކާއި ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ޤައުމާ މުޚާޠަބު ކުރައްވައި ބުދަދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޤައުމީ ޚިދުމަތެއްގެ ގޮތުގައި، ޢާއިލާތަކާ ވަކިން، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ، ޞިއްޙީ ޚިދުމަތްތެރިންނާއި، ސަލާމަތީ ބާރުތަކުން، އަދި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް، ކޯވިޑް ކޮންޓްރޯލް ކުރުމުގައި، ވެވަޑައިގަންނަވަނީ […]

އެމްއެމްޕީއާރުސީގެ މައްސަލަ: އެމްޑީޕީގެ ނަގޫ ފިތެނީ

ރައީސް ޔާމީނުގެ ސިޔާސީހަޔާތްޕުޅަށް ކުރިމަތިވި ސިޔާސީ ސުނާމީއަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕްރޭޝަން (އެމްއެމްޕީއާރުސީ)ގެ އިސްވެރިއަކަށް އަޙުމަދު އަދީބު ހުންނަވައިގެން ހިންގަވާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލަ ވީ ގޮތަށް އެމްޑީޕީގެ ކޯލިޝަންގެ ވެރިކަމަށް ވެސް އެމްއެމްޕީއާރުސީގެ މައްސަލަ މިހާރު ބޮޑު ސުނާމީއަކަށް ވެއްޖެއެވެ. އެމްއެމްޕީއާރުސީގެ ވައްކަމާއި ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަގަށް ގޮވާލެއްވުމުގެ އިތުރަށް އިންޒާރު ދެއްވަމުން އެބަގެންދެއެވެ. ”ދުލުގައި […]

ޓެރަރިސްޓުންގެ ބޭނުމަކީ، އަޅުގަނޑުމެންގެ މެދުގައި ބިރުވެރިކަން އުފެއްދުން: ރައީސް ޞާލިޙު

ޓެރަރިސްޓުންގެ ބޭނުމަކީ، އަޅުގަނޑުމެންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި އަމުނުއަމާންކަން ނަގާލުމާއި ސުލްހަވެރިކަން ނެތިކޮށްލުންކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ”ޓެރަރިސްޓުންގެ ބޭނުމަކީ ޝައްކު އުފައްދައި ގައުމު ފިތުނަ ފަސާދައިގެ ތެރެއަށް ވައްޓާލުން. އަދި މުޖުތަމައުގެ ތެރޭގައިވެސް ބަދަހި ސަފުތައް ރޫޅާލުން. މި ޕާޓީއަކުން އެކަން އެގޮތަކަށް ވިޔަކަ ނުދޭނަން.“ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އާދީއްތަ ދުވަހުގެ ރޭ ވިދާޅުވިއެވެ. ”މިޕާޓީއަކުން އެކަން އެގޮތައް ކުރަން ފުރުސަތެއްވެސް ނުދޭނަން. […]

ސައުދީ އަރަބިއާގެ 23 މިސްކިތެއް ވަގުތީ ގޮތުން ބަންދުކޮށްފި

ސައުދީ އަރަބިޔާގެ ހަ ސަރަހައްދެއްގެ 23 މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ. އެ މިސްކިތްތައް ބަންދުކުރީ ނަމާދަށް ދިޔަ ބައެއް މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަން ޔަގީން ވުމާ ގުޅިގެންނެވެ. ސައުދީ އަރަބިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ބުނިގޮތުގައި ނަމާދު ނުކުރެވޭ ގޮތަށް ވަގުތީ ގޮތުން މިސްކިތްތައް ބަންދު ކުރީ އެ މިސްކިތްތަކަށް ނަމާދަށް ދިޔަ ބައެއް މީސްމީހުންގެ ކިބައިގައި ކޮރޯނާ ވައިރަސްގެ އަސަރު ހުރިކަން ޔަގީން ވެފައިވާތީ އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އިސްލާމީކަންތައްތަކާ […]

ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ޓެގް ޓީމުން ބުނެފި!

ކޮވިޑް19ގެ ​ހާލަތު ރަނގަޅު ނުވާނަމަ މާލެ ސަރަޙައްދު ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޓެގް ޓީމުން ވިދާޅުވެއްޖެއެވެ. ​މިރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި މި ބައްޔަށް ފައްސިވާ މީހުންނާއި ހާލު ބޮޑުވެގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. ހަފްތާއެއްގެ ތެރޭގައި 3،000 […]

އިޒުރޭލަކީ ގައުމެއް ނޫން، ޓެރަރިޒަމްގެ ޖަގަހައެއް!: އީރާނުގެ ލީޑަރ އާޔަތުއްލާ ޚާމަނާއީ

އިޒުރޭލަކީ ގައުމެއް ނޫންކަމަށާއި ޓެރަރިޒަމްގެ ޖަގަހެއް ކަމުގައި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުއްލާ ޚާމަނާއީ ވިދާޅުވެއްޖެއެވެ. އަލް ޤުދުސް ރެލީއާ މުޚާޠަބު ކުރައްވައި އާޔަތުއްލާ ޚާމަނާއީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިޒުރޭލަކީ ފަލަސްތީނާއި އެހެނިހެން މުސްލިމް ގައުމުތަކާ ދެކޮޅަށް ޓެރަރިޒަމް ހިންގާ ޖަގަހެއް ކަމަށެވެ. އޭނާގެ ވާހަކަފުޅުގައި މުސްލިމު ގައުމުތަކުން ފަލަސްތީނު ހިމާޔަތް ކުރުމަށް ވެސް ގޮވާލެއްވިއެވެ. އާޔަތުއްލާ ޚާމަނާއީގެ ވާހަކަފުޅުގައި އިޒުރޭލު ބަލިކަށިވެ އެ ގައުމުގެ ނިމުން ގާތްވެފައިވާކަމަށް ވެސް ވިދާޅުވިއެވެ. ފަލަސްތީނުގެ މުސްލިމުންނާއި […]

ރައީސް ނަޝީދަށް ދިން ޙަމަލާ: ތަހުގީގުގައި ބައިވެރިވުމަށް ހޮނިހިރު ދުވަހު އޮސްޓްރޭލިޔާގެ ފުލުހުން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި

ރައީސް ނަޝީދަށް ބުރާސްފަތިދުވަހުގެ ރޭ ދިން ހަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށްޓަކައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުންދާކަމަށާއި އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް މި ތަޙްޤީގުގައި ބައިވެރިވުމަށް، އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވާކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވި ގޮތުގައި ޙަމަލާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި، ޤައުމީ ދިފާޢީ ބާރުން މިކަން މިހާރު އަންނަނީ ތަޙުޤީޤުކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް، ބުރާސްފަތި ދުވަހުގެ […]

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ނަޝީދާއި އިތުރު ބަޔަކަށް އަނިޔާވެއްޖެ

މާލޭ ނީލޯފަރު މަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް ލިބުނު އަނިޔާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށާއި އެ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ކުރެއްވި ޓްވީޓުގައި އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން ދާކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ކުރީގެ ރައީސް ނަޝީދު އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގައި ހުންނަވާފައި މަޖީދީ މަގުގައި އޮތް އެމަނިކުފާނު ދަތުރުކުރައްވާ […]

ކެބިނެޓަށް ބަދަލުތަކެއް، ފިޝަރީޒަށް ޑރ. ޙުސޭން އެންވަޔަރަންމަންޓަށް ޝިއުނާ

ރައީސުލްޖުމްހޫރިއްޔާ، މިއަދު މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ހުޅުމާލެ. 10095 ޑރ. ޙުސައިން ރަޝީދު ޙަސަން އަދި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް، އައްޑޫސިޓީ ހުޅުދޫ، ޓްރައިސްޓަރ، އާމިނަތު ޝައުނާ ޢައްޔަންކުރައްވައިފިއެވެ. ޑރ. ޙުސޭންއަށް ފިޝަރީޒް މިނިސްޓަރ ކަން ދެއްވުމާ ހަމައަށް ގެންދެވީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓްގެ މަޤާމު ފުރުއްވަމުންނެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް، އާމިނަތު ޝައުނާ ޢައްޔަން […]